Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ

މިޞްރުން އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވަގު ވިޔަފާރި ކުރިކަން ފަޅާ އަރައިފި

30 ހާހަށްވުރެ ގިނަ ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް އަތުލައިގެންފައިވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 11:29
މުދާ އުފުލާ ބޯޓެއް މިޞްރުގެ ސުއޭޒް ކެނަލް ހުރަސް ކުރާއިރު، ސިފައިންގެ މީހަކު ފޯރިމަރަނީ

މުދާ އުފުލާ ބޯޓެއް މިޞްރުގެ ސުއޭޒް ކެނަލް ހުރަސް ކުރާއިރު، ސިފައިންގެ މީހަކު ފޯރިމަރަނީ

އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވިޔަފާރި ކުރުން މަނާ ކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާ އާއި މިޞްރުން ޚިލާފްވެފައިވާކަން އދ.ގެ ތަޙުޤީޤުން ހާމަވެއްޖެ އެވެ.

މިކަން ފަޅާ އަރާފައި ވަނީ، ކެމްބޯޑިއާގެ ދިދައިގެ ދަށުގައި ދަތުރު ކުރަމުންދިޔަ އުތުރު ކޮރެއާގެ އާގުބޯޓު "ޖިއެ ޝުން" ބަލައި ފާސް ކުރުމުގެ ތެރޭގައި އެވެ. މިޞްރަށް ދަތުރު ކުރި މިބޯޓު ބަލާ ފާސްކުރިއިރު، ބޯޓުގެ ފަލްކާގެ ތެރޭގައި ފޮރުވާފައިވަނިކޮށް 30 ހާހަށް ވުރެ ގިނަ ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިތަކެތީގެ ޖުމްލަ އަގު 23 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި މިޞްރުުގެ އިސްމާޢިލިއްޔާގައި ހުންނަ ސުވޭޒް ކެނަލް އަށް ދަތުރު ކުރަމުންދިޔަ ޖިއެ ޝުންގެ މަޢުލޫމާތު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ އެމެރިކާގެ ޖާސޫސީ އިދާރާއިންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ވަނީ އުތުރު ކޮރެއާ އިން ފުރައިގެން، އެޤައުމުގެ ފަޅުވެރިން ތިބި ބޯޓަކާއި މެދު ޝައްކު އުފައްދައި، އެކަން މިޞްރުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. އެބޯޓު މިޞްރަށް ބަނދަރު ކުރުމާއެކު ކަސްޓަމްސްގެ އޮފިޝަލުން އެބޯޓު ބަލާ ފާސްކުރިއިރު ހަތިޔާރުތައް ފެނިފައިވަނީ ދަގަނޑުގެ ބާވަތްތައް ފައްކާ ކުރުމަށް ބޭނުން ކުރާ މަޢުދަނެއް ކަމަށްވާ އަޔަން ޝިޕްމަންޓެއްގެ އަޑީގައި ފޮރުވާފައިވަނިކޮށެވެ.

މިމައްސަލަ އާއި ގުޅުމެއް ނެތް ކަމަށް މިޞްރުން ފުރަތަމަ ބުނި ނަމަވެސް، އދ.ގެ ތަޙުޤީޤު ޓީމުން ވަނީ ބޯޓުން ފެނުނު ހަތިޔާރަކީ މިޞްރުގެ ވިޔަފާރިވެރިންގެ އޯޑަރަކަށް، އެޤައުމުގެ އަސްކަރިއްޔާ އަށް ހޯދައިދިން ހަތިޔާރުކަން ތަޙުޤީޤަށް ހާމަވެފައިވާ ކަމަށް ބުނެފައެވެ.

އދ. ބުނާ ގޮތުގައި މިއީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިފަހުން، އުތުރު ކޮރެއާ އިން ކުރާ ހަތިޔާރުގެ ވަގު ވިޔަފާރީގެ ތެރެއިން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.

އެމެރިކާގެ ވޮޝިންގޓަންގައި ހުންނަ މިޞްރުގެ އެމްބަސީން ވަނީ، ހަތިޔާރުތައް ނައްތާލުމަށް އަދި އދ.ގެ ތަޙުޤީޤަށް މިޞްރުން ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި މިސްރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ހުރިހާ ޤަރާރަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް މިޞްރުގެ އެމްބަސީން ނެރުނު ބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް އެމެރިކާ އިން ވަނީ، އެމެރިކާގެ ޖާސޫސީ އޮފިޝަލުން އެބޯޓުގެ ކަންކަން މިޞްރުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމާއި ހަމައަށް، މިޞްރުން އުތުރު ކޮރެއާ އާއެކު ހިންގި ހަތިޔާރުގެ މުޢާމަލާތް ސިއްރުކޮށްފައިވާ ކަން ހާމަކޮށްފަ އެވެ.

އުތުރު ކޮރެއާ އާއެކު މިޞްރުން އަސްކަރީ ގުޅުން ބާއްވާ ކަމުގެ ތުޙުމަތުގައި އެމެރިކާ އިން މިދިޔަ ޖުލައި މަހު ވަނީ، މިޞްރަށް ދޭން ކަނޑައަޅާފައިވާ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފަހައްޓާފައެވެ.

އދ. އާއި އެމެރިކާގެ މާހިރުން ވަނީ، ބައިނަލްއަޤްވާމީ މުޢާޙަދާ އާއި ޚިލާފަށް ބޭރު ޤައުމުތަކަށް ހެޔޮ އަގުގައި ހަތިޔާރު ވިއްކުމަށް، އުތުރު ކޮރެއާ އިން ބޮޑު ނެޓްވޯކެއް އެކުލަވާލާފައިވާ ކަމަށެވެ.

އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެޤައުމުގެ އިޤްތިޞާދަށް ފައިސާ ވެއްދުމަށް ހަތިޔާރުގެ ވަގު ވިޔަފާރި ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އުތުރު ކޮރެއާ އާއެކު ހަތިޔާރުގެ ވިޔަފާރި ކުރާ ކަމަށް ތުޙުމަތު ކުރެވޭ ޤައުމުތަކުގެ ތެރޭގައި އީރާން، ބަރުމާ، ކިއުބާ، ސީރިއާ، މިޞްރު އަދި އެރިޓްރިއާގެ އިތުރުން ޓެރަރިސްޓުންގެ ދެ ގްރޫޕެއް ހިމެނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު