Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ އަސްކަރިއްޔާ

ތައިފޫން ފައިޓަރ ޖެޓް ގަތުމަށް ގަތަރުން އިނގިރޭސިންނާއެކު 8 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް

ޓައިފޫން މަރުކާގެ ހަނގުރާމަމަތީ 24 ބޯޓް ގަންނާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 ޑިސެމްބަރު 2017 | ހޯމަ 06:01
ގަތަރުގެ ޑިފެންސް މިނިސްޓަރ ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ އަދި އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓަރ ގޭވިން ވިލިއަމްސަން

ގަތަރުގެ ޑިފެންސް މިނިސްޓަރ ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ އަދި އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓަރ ގޭވިން ވިލިއަމްސަން

ގަލްފުގެ ގައުމުތަކުން މަތީ ފަންތީގެ ޓެކްނޮލޮޖީގެ ހަތިޔާރު ގަނެ އެއްކުރަމުންދާއިރު، 8 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ޓައިފޫން މަރުކާގެ ހަނގުރާމަމަތީ 24 ބޯޓް ގަތުމަށް ގަތަރުން ނިންމައިފިއެވެ.

އިނގިރޭސި ވިލާތާއެކު ވެވުނު އެއްބަސްވުމުގައި ގަތަރުގެ ފަރާތުން އެ ގައުމުގެ ޑިފެންސް މިނިސްޓަރ ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ ސޮއިކުރެއްވިއިރު އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރ ގޭވިން ވިލިއަމްސަންއެވެ.

މިއީ ނިމިދިޔަ ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޓައިފޫން ޖެޓް ގަތުމަށް ދެވުނު އެންމެ ބޮޑު އޯޑަރެވެ.

ވިލިއަމްސަން ވިދާޅުވީ މި ބޯޓްތަކުގެ ސަބަބުން، ދެ ގައުމުންވެސް ބޭނުންވާ ގޮތަށް ސަރަހައްދުގެ ހަމަޖެހުމާ އަދި ގަތަރުގެ ސަލާމަތަށް އަސްކަރިއްޔާއިން ހިންގާ މިޝަންތަކުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި އަސްކަރިއްޔާއަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ޓައިފޫން ޖެޓްގެ އެއްބަސްވުމުގެ ތެރޭގައި ގަތަރުގެ ވައިގެ ސިފައިންނަށް ތަމްރީނު ދިނުން ވެސް ހިމެނޭ ކަމަށް އެގައުމުން ނެރުނު ބަޔާނެއްގައިވެއެވެ.

މީގެ އިތުރުން ގަތަރުގެ ވައިގެ ސިފައިންނާ އިނގިރޭސި ވިލާތުގެ ރޯޔަލް އެއަރ ފޯސް ގުޅިގެން ޖޮއިންޓް އޮޕަރޭޝަން ސްކޮޑްރަން އެއް ފެށުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ޖޮއިންޓް އޮޕަރޭޝަން ސްކޮޑްރަންގެ ތެރެއިން 2022 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި އޮޕަރޭޝަނަލް ކަވަރޭޖް އަދި ވައިގެ މަގުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާނެކަމަށް ބުނެއެވެ.

އިނގިރޭސި ވިލާތާއެކު ވެވުނު އެއްބަސްވުމުގެ އިތުރުން އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ވައިގެ ދަތުރުފަތުރާ ބެހޭ ކުންފުންޏަކުން ޑަސަލްޓް ރަފައެލް ހަނގުރާމަމަތީ މަތިންދާ ބޯޓްގެ 12 ބޯޓް ގަތުމަށް ނިންމާފައިވާކަމަށް ވެސް ބުރާސްފަތި ދުވަހު ޤަތަރުންވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

25 އޯގަސްޓު 2017
ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި
27 ޖުލައި 2017

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

27 ޖުލައި 2017
ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި
12 ޖުލައި 2017

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
23 ޖޫން 2017

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު