Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ލާޒިއޯ ބަލިކޮށް ނަޕޯލީ އެއްވަނައަށް، އޭސީ މިލާނުން އިންޓަ މިލާން ބަލިކޮށްފި

ނަޕޯލީ އާއި އޭސީ މިލާނަށް ލިބެނީ 11 ޕޮއިންޓު، ނަމަވެސް ފައިދާ ގޯލުން ކުރި ލިބެނީ ނަޕޯލީއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 03:44
ނަޕޯލީ އިން ކުޅުނު މެޗުގެ ތެރެއިން

ނަޕޯލީ އިން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ލާޒިއޯގެ މައްޗަށް ކުރި ހޯދައި ނަޕޯލީ އެއްވަނަ މަގާމަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން އިންޓަ މިލާން ބަލިކޮށްފިއެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލާޒިއޯ އިންނެވެ. ނަމަވެސް ނަޕޯލީން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާފައެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލާޒިއޯ އަށް ލީޑު ނަގައިދިނީ މަޓިއާ ޒަގާނީއެވެ. އޭނާ މި ލަނޑު ޖެހީ ފެލިޕޭ އެންޑަސަން ތަނަވަަސްކޮށްދިން ފުރުސަތެއްގައެވެ. ނަޕޯލީން ނަތީޖާ ހަމަހަމަކުރީ މެޗުގެ 38 ވަނަ މިނެޓުގައި ކިމް ޖައެ އުން ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުން ނަޕޯލީ މޮޅުކޮށްދިން ލަނޑު ޖެހީ 61 ވަނަ މިނެޓުގައި ކްވިޗާ ކްރަވަޝްކޭލިއާއެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އިންޓަ މިލާންގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓައިންނެވެ. އެއީ 21 ވަނަ މިނެޓުގައި މާސެލޯ ބްރޮޒޮވިޗް ޖެހި ލަނޑުންނެވެ. އޭގެ ހަތް މިނެޓު ފަހުން އޭސީ މިލާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފައެލް ލެއާއޯއެވެ.

އޭސީ މިލާނުން ލީޑު ނެގީ ދެ ވަނަ ހާފުގައެވެ. 54 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލެއާއޯގެ އެހީތެރިކަމާއެކު އޮލިވިއޭ ޖިރޫޑްއެވެ. އޭގެ ހަ މިނެޓު ފަހުން އޭސީ މިލާނުން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ޖިރޫޑްގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ ލެއާއޯއެވެ. އިންޓަ މިލާންގެ ދެ ވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ޖެހީ އެޑިން ޖެކޯއެވެ.

ލީގުގައި ކުޅުނު ފަސްް މެޗުން 11 ޕޮއިންޓު ހޯދައިގެން ނަޕޯލީ އޮތީ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް އޭސީ މިލާނަށް ވެސް ލިބެނީ 11 ޕޮއިންޓެވެ. ނަމަވެސް ނަޕޯލީން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. އިންޓަ މިލާން އޮތީ ނުވަ ޕޮއިންޓާއެކު ހަ ވަނަ މާގަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު