Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނިވާ ޒާތުގެ ކުނި

ކުނިވާ ޒާތުގެ ކުނީގެ ގޮތުގައި ދުވާލަކު 250 ޓަނުގެ ކުނި ނަގާ: ވެމްކޯ

ކުނި ނުވާޒާތުގެ ކުނީގެ ގޮތުގައި 700 ޓަނުގެ ކުނި ކޮންމެ ދުވަހަކު ވެސް ނަގާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 17:30
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

ކުނިވާ ޒާތުގެ ކުނީގެ ގޮތުގައި ދުވާލަކު 250 ޓަނުގެ ކުނި ވެމްކޯ އިން ނަގަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިރާޖު ވިދާޅުވީ ތިލަފުށީގައި ކުނީގެ ބަރުދަން ބެލޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ތަފާސްހިސާބުތަކަށް ބަލާއިރު ކުނި ނުވާޒާތުގެ ކުނީގެ ގޮތުގައި 700 ޓަނުގެ ކުނި ކޮންމެ ދުވަހަކު ވެސް ނަގާ ކަމަށާއި ދެ ޓަނާއި ގާތަށް ޕްލާސްޓިކް ފުޅި ކަލެކްޓް ކުރެވޭ ކަމަށެވެ.

މަގުމަތީގައި ޖަންބޯ ބޭގްގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ ވެމްކޯ އިން އެންމެ ފުރަތަމަ ގެންދަނީ ކުނިވާ ޒާތުގެ ކުނިތައް ކަމަށެވެ. މިވަގުތު ދެ ގަޑިއެއްގައި ދެ ބާވަތެއްގެ ކުނި ނަގަމުންދާ ކަމަށް ވިދާޅުވިއެވެ.

ދެ ގަޑިއެއްގައި ދެ ބާވަތެއްގެ ކުނި ނަގަން ޖެހެނީ ވެމްކޯގައި އެވަރަށް ވެހިކަލް ނެގުމުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކަސްޓަމަރުންގެ 15 އިންސައްތަ އާއި 18 އިންސައްތަ މީހުން މުޅި މާލެ ސަރަހައްދުން ކުނި ވަކި ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ކުނިވާ ޒާތުގެ ކުނި ކޮންމެ ގޭބީސީއަކުން ވެސް ނެރޭކަން ފާހަގަކުރެވޭ ކަމަށާއި މާލޭ މަގުމައްޗަށް ކުނި އެޅުން ހުއްޓޭނެ ދުވަހަކީ ހުރިހާ ގޭބީސީތަކުން ޚިދުމަތަށް ރަޖިސްޓަރީ ކުރުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

މަގުމައްޗަށް މީހުން ކުނި އެޅުން ނުހުއްޓުވޭނެ ކަމަށާއި އެހެންނަމަވެސް ވެމްކޯ އިން ކުނި ނަގަމުންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ކޮންމެ މީހަކު ވެސް ކުންޏަށް ޒިންމާވާން ޖެހޭނެ ކަމަށާއި އެކަން ކުރުމަށްޓަކައި އެހެން ޔުޓިލިޓީ ކުންފުނިތަކާއެކު މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ. ކުންޏާއި ބެހޭ ބިލް މަޖިލީހުން ފާސްވެގެން އަންނައިރު މިކަމަށް ޤާނޫނީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ކުނިން އާމްދަނީ ހޯދުމަށް މިވަގުތު ހުރަހެއް ނެތް ކަމަށެވެ.

އުކާލަން ނެރޭ ކުނި ވަކިކުރަން ވެމްކޯއިން އެންގީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި، އުކާލަން ނެރޭ ކުނި، ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރަން އަންގާފައިވާތީއެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު، ވަކިކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅިއާއި މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުންވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކިކުރަން ވަނީ އަންގާފައެވެ.

ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކިކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި، މެނޭޖުކުރަންޖެހޭ ކުނި ނިސްބަތުން މަދުވެފައި، ކުނި ނައްތާލަން ފަސޭހަވާނެތީއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު