Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލްގެ ޓެސްޓް ދަތުރުތައް

ށ. އަތޮޅަށް ފެށި އާރްޓީއެލްގެ ޓެސްޓް ދަތުރުތައް: ގިނަ ބަޔަކު ހިތްހަމަޖެހޭ

3 ސެޕްޓެމްބަރު 2022 | ހޮނިހިރު 12:30

ޓެސްޓް ދަތުރުތަކަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 12:30
ށ. އަތޮޅަށް ފެށި އާރްޓީއެލްގެ ޓެސްޓް ދަތުރުތަކުގެ ތެރެއިން

ށ. އަތޮޅަށް ފެށި އާރްޓީއެލްގެ ޓެސްޓް ދަތުރުތަކުގެ ތެރެއިން

ހައި ސްޕީޑު ފެރީގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ށ. އަތޮޅުގައި އެ ޚިދުމަތް ފެށުމަށް ނުރަސްމީ ދަތުރުތައް އަންގާރަ ދުވަހު ފަށާފައިވާއިރު ވޭތުވެދިޔަ ހަތަރު ދުވަހު 646 ފަސިންޖަރުން ށ. އަތޮޅުގެ ހަތް ރޫޓަކުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ށ. ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވިދާޅުވީ ސަރުކާރުން ފަށާފައިވާ މި ޓެސްޓް ދަތުރުތަކަށް އާންމުންގެ ތަރުހީބު ބޮޑު ކަމަށެވެ. އަދި މިކަމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ޤަބޫލުކުރާއިރު މިއީ އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

ޝިނާން އިތުރަށް ވިދާޅުވީ ޓެސްޓް ދަތުރުތައް މިހާރު ހިލޭ ކުރަމުންދާތީ ވަރަށް ޖާގަ ފުލްކޮށް އުޅޭ ކަމަށެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ށ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ ޓެސްޓް ދަތުރުތަކަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އަދި އަތޮޅުތަކުން ފުނަދޫއަށް މީހުން ވަރަށް ގިނައިން ޑޮކްޓަރަކަށް ދައްކަން އަންނަ ކަމަށާއި ގިނަ ރައްޔިތުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މިހާރު ޓެސްޓް ދަތުރުތައް ކުރަމުންދާ ޝެޑިއުލް ވެސް ރަނގަޅުކަން ފާހަގަކުރައްވާ އަހްމަދު އިބްރާހިމް ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ. ޓެސްޓް ދަތުރުތައް ކުރާއިރު ޖާގަ ނުލިބޭ ވާހަކަ ބައެއް ރައްޔިތުން ފާހަގަކުރާ ކަމަށާއި އެހެންނަމަވެސް ދަތުރުތައް ފެށުމުން ޕޯޓަލް މެދުވެރިކޮށް އެމީހަކު ބޭނުން ދުވަހަކަށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ. އޭރު މި މައްސަލަ ވެސް ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ރޫޓު ޓެސްޓު ކުރަން ކުރާ ދަތުރުތައް ފެށުމުން ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ. ނަމަވެސް ޚިދުމަތް ރަސްމީކޮށް ފެށުމުން ޓިކެޓް ނަގަން ޖެހޭނީ އާރުޓީއެލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެމްޓީސީސީ އިން މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ހއ. އަދި ހދ. އަތޮޅުގައެވެ. ށ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ޒޯން އެކެއްގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފެށުނީއެވެ.

މިއީ އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، 2020-2040 އަށް ކަނޑައަޅަފައިވާ ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯރކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލެވޭނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބް ގުޅުވައިދޭނެ ޚިދުމަތެކެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި ނ، ރ، ބ، ޅ، ގއ، ގދ، ޏ، އަދި ސ ގުޅާލާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރުގެ އޮގަސްޓް މަހުގައި އިތުރު 5 އަތޮޅު ފެރީގެ ނިޒާމުން ގުޅާލެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް