Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚަތީބުންނާއި އިމާމުންގެ ތަމްރީން ޕްރޮގްރާމް

ހދ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތަމްރީންކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

3 ސެޕްޓެމްބަރު 2022 | ހޮނިހިރު 05:20

މި ޕްރޮގްރާމްގައި ހދ އަތޮޅުގެ އެކި ރައްރަށުން ޖުމްލަ 50 ފަރާތަކުން ބައިވެރިވެފައިވޭ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 05:20
ހދ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތަމްރީންކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލުން

ހދ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތަމްރީންކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލުން

ހދ އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައި، ބައިވެެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ހދ އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމް ނިންމުމުގެގޮތުން އަފީފުއްދީން ސްކޫލްގައި ހުކުރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރ ޑޮކްޓަރު އަޙްމަދު ޒާހިރު ޢަލީއެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފާއި ކައުންސިލަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މިދިޔަ އޯގަސްޓް މަހުގެ 31ން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ރާއްޖޭގެ ފުންނާބުއުސް 3 އިލްމުވެރިންނާއި 2 ގާރީއެކެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ނަމާދުގެ ހުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި، މަސައްކަތުގެ އަޚުލާގާއި، އެހެން މީހުންނާއި މުއާމަލާތުކުރުން ފަދަ މައުޟޫތަކާއި، ތަޖުވީދާއި، ޚުތުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާގުޅޭ ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތަކާއި، ހުކުރު ގަވާއިދާއި އުސޫލުތަކެވެ. މި ޕްރޮގްރާމްގައި ޖުމްލަ 50 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެތެރޭގައި ހިމެނެނީ 36 ޚަތީބުންނާއި 14 އިމާމުންނެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ އާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ އެފަރާތްތަކަށް އިތުރު ތަމްރީނުދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާދާއިރާއެއްގައި އެބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް