Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އާރްޓީއެލް މިނީ ބަސް

އަންނަ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަނީ

ފުރަތަމަ ދެ ހަފްތާ ކުރާ ދަތުރުތަކަށް ފީއެއް ނުނަގާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2022 | ހުކުރު 11:37
މިނީ ބަހުގެ ޓެސްޓް ބުރުތައް

މިނީ ބަހުގެ ޓެސްޓް ބުރުތައް

އަންނަ ހޯމަ ދުވަހު މާލޭގައި އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންމުގެ ދަށުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ ހޯމަ ދުވަހު މިނީ ބަހުގެ ޚިދުމަތް ފަށައި، ފުރަތަމަ ދެ ހަފްތާ ވަންދެން ކުރިއަށްދާނީ ޓެސްޓު ދަތުރުތައް ކަމަށެވެ. މި ދެ ހަފްތާ ކުރާ ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

Advertisement - businessAdvertisement

މާލެ ތެރޭގައި މިނީ ބަހުގެ ދަތުރުތައް ކުރެވިގެންދާއިރު ދަތުރަކަށް ނަގަން ނިންމާފައިވަނީ 7 ރުފިޔާއެވެ. ކިއުއާރު ޓިކެޓިން މެދުވެރިކޮށް ޓިކެޓު ނަގައި، ކިއުއާރުކޯޑު ދައްކާލުމުން ބަހުގައި ދަތުރުކުރެވޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ކޮންމެ 2 ބަސް ސްޓޮޕެއްގެ ދޭތެރޭގައި ނަގާނީ 5 ވަރަކަށް މިނެޓު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބަސް ސްޓޮޕުން އެމީހަކު ދާން ބޭނުންވާ ތަނަކަށް ދިއުމަށް ގިނަވެގެން ނަގާނީ 10 މިނެޓު ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމަށް ގާއިމްކުރާ ބަސް ސްޓޮޕްތަކުގެ މަސައްކަތް އަދިވެސް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި، މަސައްކަތް ނިމޭއިރު 42 ތަނެއްގައި ބަސް ސްޓޮޕްތައް ބެހެއްޓިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މި ޚިދުމަތް ފެށިގެންދާނީ 18 ބަހާއެކު ކަމަށާއި އެއީ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިނީ ބަސްތައް ފެށުމާއެކު މާލޭގެ މަގުތަކުގައި ދުއްވާ ކާރުތަކާއި، ސައިކަލުތައް މަދުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިނީ ބަސް ދުއްވާ މަގުތަކުގައި އާންމުނަށް ޕާކް ކުރުން މަނާކޮށް ދަތުރުތައް ފެށިގެންދިއުމަކީ އެއްވެސް ދައްޗަކާނުލާ ބަސް ދުއްވޭނެ މަގު ފަހިވާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މަޖީދީ މަގުގައި ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް، މަގުގެ ދެ ފަރާތުގައި ވެސް ރޮނގު ދަމާފައެވެ. ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ޖަހާފައެވެ.

އަދި މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.

މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކެއްގައި ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ ރަށްތަކެވެ.

އާރްޓީއެލް މިނީ ބަސްއެމްޓީސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު