Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރު

ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރަކީ މިހާރަށްވުރެ ސްކޯޕް ބޮޑުކޮށް ތަރައްޤީ ކުރެވެން ޖެހޭ ބަނދަރެއް: މޭޔަރު އާތިފް

މި މަޝްރޫއު ނިމުމުން މިހާރަށްވުރެން ބޮޑަށް ރައްޔިތުންނަށް އެ ބަނދަރުގެ ފައިދާ ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2022 | ހުކުރު 07:29
ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް ދޯންޏަކުން މުދާ ބާލަނީ

ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް ދޯންޏަކުން މުދާ ބާލަނީ

ހދ. ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރަކީ މިހާރަށްވުރެ ސްކޯޕް ބޮޑުކޮށް ތަރައްޤީ ކުރެވެން ޖެހޭ ބަނދަރެއް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ބޮޑެތި ބޯޓު ފަހަރުތައް އެ ބަނދަރަށް ގާތް ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ބަނދަރުގެ އިތުރު ވަސީލަތްތައް ވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫއު ނިމުމުން މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އެ ބަނދަރުގެ ފައިދާ ލިބިގެންދާނެ ކަމަށާއި އެ ސިޓީއަކީ އެ ސަރަހައްދުގެ މައި ވިޔަފާރި ސިޓީ ކަމަށް ވެސް މޭޔަރު އާތިފް ވިދާޅުވިއެވެ.

މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ އެކި ރަށްތަކުގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރި-ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އޮފީސް އިމާރާތެއް އެޅުމާއި ވޯރކްޝޮޕް އިމާރާތެއް އެޅުމާއި އެންވަރަންމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނޭކަމަށް އެމްޕީއެލުން ބުނެއެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕޯޓް އޮފީހުން އިމާރާތެއް އެޅުމާއި، ގާޑް ހައުސް އިމާރާތަކާއި ވެއަރ ހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ. އެމްޕީއެލުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 138.9 މިލިއަން ރުފިޔާއަށް ކަމަށެވެ. މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ 495 ދުވަހުގެތެރޭގައެވެ.

އަދި ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 17.8 މިލިއަން ރުފިޔާއަށެވެ. މަސަައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 330 ދުވަހުންނެވެ.

ކުޅުދުއްފުށި ސިޓީއެމްޕީއެލްއެމްޓީސީސީކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު