Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ ލުކޮއިލް އޮއިލްގެ ޗެއާމަން އަވަހާރަވުން

ރަޝިޔާގެ ލުކޮއިލް އޮއިލް ކުންފުނީގެ ޗެއާމަން ހޮސްޕިޓަލްގެ ކުޑަދޮރުން ވެއްޓިވަޑައިގެން އަވަހާރަވެއްޖެ

2 ސެޕްޓެމްބަރު 2022 | ހުކުރު 03:16

އުމުރުފުޅުން 67 އަހަރުގެ ރެވިލް މެގްނޯވް އަވަހާރަވި ސަބަބެއްކަމަށް ކުންފުނިން ބުނެފައިވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2022 | ހުކުރު 03:16
ލުކޮއިލް އޮއިލް ޖައަންޓްގެ ޗެއާމަން ރެވިލް މެގްނޯވް އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ލުކޮއިލް އޮއިލް ޖައަންޓްގެ ޗެއާމަން ރެވިލް މެގްނޯވް އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ލުކޮއިލް ޖައަންޓްގެ ޗެއާމަން ރެވިލް މެގްނޯވް މޮސްކޯގެ ހޮސްޕިޓަލެއްގެ ކުޑަދޮރުން ވެއްޓިވަޑައިގެން އަވަހާރަވެއްޖެއެވެ.

އެކުންފުނިން ވަނީ ރެވިލް އަވަހާރަވިކަން ޔަގީންކޮށްދީފައެވެ. އުމުރުފުޅުން 67 އަހަރުގެ ރެވިލް މެގްނޯވް އަވަހާރަވި ސަބަބެއްކަމަށް ކުންފުނިން ބުނެފައިވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވީކަމަށެވެ.

ރަޝިޔާގެ މީޑިޔާއިން ރިޕޯޓްކޮށްފައިވަނީ ރެވިލް އަށް ފަރުވާދީފައިވަނީ މޮސްކޯގެ ސެންޓްރަލް ކްލިނިކަލް ހޮސްޕިޓަލުން ކަމަށެވެ. އަދި އަވަހާރަވީ ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

ރެވިލް އަކީ މިފަހުން ވާނުވާ ނޭންގޭ ގޮތަށް އަވަހާރަވި އެފަދަ ހައި ޕްރޮފައިލް ރަޝިޔާގެ ވިޔަފާރިވެރިޔާއެވެ. ތަހުގީގުކުރާ އިދާރާތަކުން ބުނެފައިވަނީ ރެވިލް އަވަހާރަވީ ކޮންސަބަބަކާ ހުރެތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންމަ ކަމަށެވެ.

ޓެސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެވިލް ވެއްޓިފައިވަނީ ހަވަނަ ބުރީގައި ހުރި ކުޑަދޮރަކުންނެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު އޭނާ ވެއްޓިފައިވާއިރު މިއީ އަމިއްލަފުޅަށް މަރުވާންވެގެން ކުރެއްވި ކަމެއްކަމަށް ޓެސް ނިއުސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު ލުކްއޮއިލް އިން ވަނީ ވީއެންމެ އަވަހަކަށް ހަމަނުޖެހުން ނިމުމަކަށް ގެނެސް ހާލުގައި ޖެހިފައިވާ މީހުންނަށް ހަމްދަރުދީފާޅުކޮށްފައެވެ.

ކުންފުނީގެ ބިލިއަނަރ ރައީސް ވަގިތް އަލިކްޕިއަރަވް ވަނީ މިއަހަރުގެ އޭޕްރީލް މަހު މަގާމުން އިސްތިއުފާދެއްވާފައެވެ. އެއީ އިނގިރޭސިވިލާތުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ. ރަޝިޔާގެ ހަކަތައާ ގުޅޭ ބައެއް އޮލިގާކުން ވަނީ ފާއިތުވި މަސްތަކުގައި ވާނުވާނޭންގޭ ގޮތަށް މަރުވެފައެވެ.

ލުކޮއިލް އަކީ ރަޝިޔާގެ އެންމެ ބޮޑު ޕްރައިވެޓް ކުންފުންޏެވެ. ރެވިލް މެގްނޯވް އަމިއްލަ ތެޔޮ ކުންފުނިތަކުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1993 ވަނަ އަހަރުއެވެ. އޭނާ ލުކޮއިލްގެ ޗެއާމަން ކަމަށް ވަޑައިގެންނެވީ މީގެ ދެއަހަރުކުރިންނެވެ.

ރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
11 ޖުލައި 2025

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

11 ޖުލައި 2025
ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި
08 ޖުލައި 2025

ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި

08 ޖުލައި 2025
ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
02 ޖުލައި 2025

ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް

02 ޖުލައި 2025
ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް
29 ޖޫން 2025

ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި

29 ޖޫން 2025
ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް