Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޓައިމިންތައް އެސޯސިއޭޝަނުން ވެރިފައިކުރާނެ

އެސޯސިއޭޝަންގެ ފަސް އޮފިޝަލުން މި މުބާރާތުގައި ހަރަކާތްތެރިވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:25
23 ވަނަ އިންޓަރ-ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން

23 ވަނަ އިންޓަރ-ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޓައިމިންތައް ވެރިފައިކުރުމަށް ނިންމައިފިއެވެ.

މިއާއެކު މުބާރާތުގެ އެއްވެސް ޤައުމީ ރެކޯޑެއް ހަދައިފިނަމަ އެއީ ރެކޯޑެއްގެ ގޮތުގައި ރަސްމީކޮށް އެސޯސިއޭޝަނުން ބަލައިގަންނާނެއެވެ.

މި މުބާރާތް ހިންގުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. އެހެންކަމުން މުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނީ ކްލަބުން އެކުލަވާލާ ޓީމެކެވެ. ނަމަވެސް މީގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަސް އޮފިޝަލުން މި މުބާރާތުގައި ހަރަކާތްތެރިވުމަށްވެސް މިހާރު ވަނީ ނިންމާފައެވެ. އެސޯސިއޭޝަނުންގެ އޮފިޝަލުންނާއެކު ޖުމްލަ 35 އޮފިޝަލުން މި މުބާރާތުގައި ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން، މުބާރާތުގެ ޓެކްނިކަލް އޮފިޝަލުން ތަމްރީނުކުރާނީވެސް އެސޯސިއޭޝަނުންނެވެ.

މުބާރާތް ހިންގުމާއި ހަވާލުވި ރައުހަތު ސްޕޯޓްސް ކްލަބުން ވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން، މުބާރާތް ހިންގުމަށް ލިބޭ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކާ ޝުކުރުއަދާކޮށްފައެވެ.

ގދ ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ މި މަހުގެ 11ން 15ގެ ނިޔަލަށެވެ. މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 24 ސްކޫލެއް ބައިވެރިވެފައިވެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު