Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ހެދުމުގެ މަޝްރޫއު

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް، މުއްދަތުގެ ކުރިން ނިންމަން މަސައްކަތްކުރާނަން: މޫސާ ޢަލީ މަނިކު

މި މަޝްރޫއާގުޅޭގޮތުން މީގެ ކުރިން އޮތީ ހުސް ޝަކުވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 އޯގަސްޓު 2022 | ބުދަ 15:48
އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ މަޝްރޫއު މުއްދަތުގެ ކުރިން ނިންމަން މަސައްކަތްކުރައްވާނެކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫކޭ ވިދާޅުވީ، މި މަޝްރޫއާ ގުޅޭގޮތުން އޮތީ ހުސް ޝަކުވާކަމަށެވެ. މަގާ ގުޅޭގޮތުން ޝަކުވާ ނޫން އިތުރު އަޑެއް އިވިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވުންތައް އެއްގޮތްކޮށް، ދެބަސްވުންތައް ހައްލުކުރިފަދައިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއްޖެކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ، ހަތް މަސް ދުވަހުގެ ތެރޭގައި، ނުވަތަ އެއަށްވުރެ އަވަހަށް މަޝްރޫއުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މޫކޭ އިތުރަށް ވިދާޅުވީ އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެގޮތަށް ދުވާރުގައި ބްރައިލް ބްލޮކްސް ޖެހުމާއި، ވީލްޗެއަރ އެކްސަސް ގާއިމުކޮށް، ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޓް ކުރެވޭނެކަމަށެވެ. ހަމަ އެއާއެކު ސްޓޭކް ހޯލްޑަރުން ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގްޝަންތަކެއް ބެހެއްޓިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށްދާއިރު އަސާސީ ޚިދުމަތްތަކަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިގެންދާއިރު، މަގުގެ ފެން ހިންދާ ނިޒާމު ޑިޒައިންކުރެވިގެންދާނީ އަމީނީމަގުގެ ދެފާރާތުންވެސް މަގުގެ އެއްކޮޅުން އަނެއްކޮޅަށް ކާނުއަޅާގޮތަށެވެ. އަދި ޑިޒައިނަށް ރިއާޔަތްކޮށް، މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބެހެއްޓޭނެއެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިން ނެޓްވޯކް އެޅިގެންދާނެއެވެ. މީގެ ސަބަބުން ދުވާރުމަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.

މޫކޭއާރްޑީސީއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
07 އޯގަސްޓު 2025

ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި

07 އޯގަސްޓު 2025
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
17 މާރިޗު 2025

ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕާޓީތައް އުވާލަން މަސައްކަތްކުރައްވާތަން ފެނޭ: މޫކޭ

17 މާރިޗު 2025
ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕާޓީތައް އުވާލަން މަސައްކަތްކުރައްވާތަން ފެނޭ: މޫކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު