Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ

ޗައިނާގައި ކަތިލަން ތައްޔާރުކޮށްފައި ތިބި 150 ބުޅާ ސަލާމަތްކޮށްފި

ޗައިނާގައި އާއްމުކޮށް ބުޅަލާއި ކުއްތާ މަސް ކައިއުޅޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 އޯގަސްޓު 2022 | ބުދަ 14:36
ވަގަށް ނަގާފައިވާ ބުޅާތައް

ވަގަށް ނަގާފައިވާ ބުޅާތައް

ޗައިނާގެ ފުލުހުން، އެ ގައުމުގައި ބަޔަކު ކާންވެގެން ކަތިލަން އުޅުނު 150އެއްހާ ބުޅާ ސަލާމަތްކޮށްފިއެވެ.

ބައިނަލްއަގުވާމީ އެނިމަލް ވެލްފެއަރ ޖަމްއިއްޔާއެއްކަމަށްވާ ހިޔުމޭން ސޮސައިޓީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ވަނީ، އެ ބުޅާތައް ބަންދުކޮށްފައި ތިބީ ކޮޮށިތަކަކަށް ލާފައިކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އިރުމަތީ ޗައިނާގެ އަވަށެއްކަމަށްވާ ޝަންޑޮންގ ޕްރޮވިންސުގެ ޖިނާންގައެވެ.

އެ ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ބުޅާތައް ހައްޔަރުކުރުމަށް ކޮށިތައް ހަދައިގެން އުޅުނީ އެ ސަރަހައްދުގެ ގޭންގަކުން ކަމަށެވެ. އެގޮތުން، ކޮށީގައި ގުރާ ބަހައްޓައިގެން ބުޅާތައް ހައްޔަރުކުރާކަމަށް ވަނީ ބުނެފައެވެ. މިކަމަށް ގިނަ އަދަދެއްގެ ދޫނިވެސް ބަންދުކޮށްގެން އެ ގޭންގުން ގެންގުޅޭކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް 31 ދޫނި ހޯދައި އެ ދޫނިތައް މިހާރު ވަނީ މިނިވަން ކޮށްފައެވެ.

ޗައިނާގައި ޖަނަވާރުތަކަށް އަނިޔާކުރުމާ ގުޅޭ އެއްވެސް ގާނޫނެއް ހަދާފައެއްނުވެއެވެ. ނަމަވެސް ބުޅާތައް ވަގަށް ނަގައި ބަންދުކޮށްގެން ގެންގުޅުނު މައްސަައިގައި އެ ގޭންގުގެ މީހުންނަށް ހުކުމެއް އަތުވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ހިޔުމޭން ސޮސައިޓީ އިންޓަނޭޝަނަލްއިން ބުނެފައިވާގޮތުގައި، އަހަރެއްގެ މައްޗަށް ޗައިނާގައި 10 މިލިއަން ކުއްތާއާއި ހަތަރު މިލިއަން ބުޅާ، ކެއުމަށްޓަކައި މަރާލައެވެ. ބުޅަލާއި ކުއްތާގެ މަހަކީ ޗައިނާގެ ބައެއް ސަރަހައްދުތަކުގައި "ޑެލިކަސީ"އެކެވެ.

ޗައިނާގައި ތަފާތު ބާވަތްތަކުގެ ޖަނަވާރުގެ މަސް ކެއުމަކީ އާއްމު ކަމަކަށްވާއިރު، ކޮވިޑް-19އާއެކު އެ ގައުމުގައި އެކަންކަން ވަނީ މަދުވެފައެވެ. އެއީ ކޮވިޑް-19 ފެތުރިފައިވަނީ އެ ގައުމުގެ މާރުކޭޓެއްގެ ތެރެއިން ކަމަށް ބުނެ، އެ ގައުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ. އެ ގައުމުގެ ބައެއް ސިޓީތަކުން ވަނީ މިފަދަ މަސްތައް ކެއުމާއި ވިއްކުން މަނާ ކޮށްފައެވެ.

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު