Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުން

ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ކުށަކަށް ހެދުން: މެމްބަރުންގެ މެދުގައި ޚިޔާލުތަފާތު ބިލެއް!

31 އޯގަސްޓު 2022 | ބުދަ 09:47

މި ބިލުގައި ބުނާގޮތުން ރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކާއި ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ގެއްލުން ދިނުމާއި، އެ ރައްޔިތުންނަށް ގެއްލުން ދިނުމަކީ ކުށެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޯގަސްޓު 2022 | ބުދަ 09:47
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރިއަށްގެންދިޔަ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހަކީ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތު މައްސަލައެކެވެ.

ނިހާދު ވަނީ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑާއި ގުޅޭ ކުށްތަކުގެ ތެރޭގައި ދިވެހިރާއްޖޭ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ހިމެނުމަށް ހުށަހަޅުއްވާފައެވެ. މި އިސްލާހުގެ ދަށުން ރާއްޖެ އިން ޚާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކާއި ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ގެއްލުން ދިނުމާއި، އެ ރައްޔިތުންނަށް ނިސްބަތްކޮށް، އެ ގައުމެއްގެ ދިދައަކަށް ނުވަތަ ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުމާއި، ރާއްޖޭގައި ހުރި އެހެން ގައުމެއްގެ މުއައްސަސާއަކަށް ގެއްލުންދިނުމަކީ ކުށެއް ކަމަށް ވަނީ ބުނެފައެވެ. އަދި ވަކި ގައުމެއްގެ މީހެއް ކަމަށްވީތީ ފުރައްސާރަ ކުރުމާއި އަނިޔާއެއް ދިނުމަށް ގޮވާލުމުގެ އިތުރުން އޭނާގެ ދީނީ އަދި ސަޤާފީ އާދަކާދަތަކާއި މެދު ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ވަކި ގައުމެއްގެ މީހަކަށް ވީތީ ރާއްޖެ ދިއުމަށް ގޮވާލުން ވެސް ކަނޑައަޅާފައި ވަނީ ކުށެއްގެ ގޮތުގައެވެ. މިއީ ޖިނާއަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިފަދަ ކުށަކަށް އެންމެ ބޮޑު އަދަބަކީ 2 އަަހަރު ދުވަހުގެ ޖަލުހުކުމެއް ކަަމަށާއި އަސާސީ މިންގަނޑުން ނަމަ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުމަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ.

Advertisement - newsAdvertisement

ނިހާދު ވަނީ މިފަދަ ބިލެއްގެ މުހިންމުކަން މިއަދު ބޮޑުވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.

މި ބިލަށް ވާހަކަދެއްކެވި ގިނަ މެމްބަރުން ވާހަކަދެއްކެވީ ބިލަށް ތާއީދުކޮށެވެ. އެހެންނަމަވެސް ބައެއް މެމްބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބިލަށް ތާއީދު ކުރެއްވި ފަރާތްތަކުން ވަނީ ރާއްޖޭގެ ހަމަޖެހުމަށްޓަކާ ޚާރިޖީ ގުޅުންތައް މުހިންމުވާ އިރު އެއްވެސް ގައުމަކާއި މެދު ނުވަތަ އެ ގައުމެއްގެ ރައްޔިތުންނާއި މެދު ނަފްރަތު އުފެއްދުމަކީ ރާއްޖޭގެ ސަލާމަތަށް އޮތް ހުރަހެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ވިޔަސް ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކޮށްގެން ނުވާނެކަން އެފަދަ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ އަކީ ބޭރުގެ ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާއިރު އެފަދަ އަމަލުތަކުން ރާއްޖޭގެ އިގްތިސޯދަށް ވެސް އޮތް ގޮންޖެހުމަކަށް ވެދާނެ ކަމަށް އެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް އެ ބިލަށް ވާހަކަދެއްކެވި ބައެއް މެމްބަރުން ވަނީ މި ބިލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ބިލެއް ކަމަށާއި މިއީ ވަކި ގައުމެއްގެ ނުފޫޒު އޮވެގެން، އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މިއަދު އެ ބިލް ފާސްކޮށްފި ނަމަ ފަހުން ޤައުމަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެފަދަ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ގައުމުގެ ސިޔާދަތަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ކުރާ ކަންކަމަށް ބާރު ލިބޭ ބިލެއް ކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްޚާރިޖީ ވުޒާރާއިންޑިއާ އިން މޯލްޑިވްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް