Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެސްޓުގެ މައްޗަށް ކުރާ ދައުވާ

ޕެސްޓާއި ދެކޮޅަށް 3 ހެއްކަކު ހެކިބަސް ދީފި

އެކަމާ ގުޅޭ މައުލޫމާތު ލިބުނީ ފުލުހުންގެ އިންޓެލިޖެންސްގެ ފަރާތުން ކަމަށް ހެކިވެރިޔަކު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޯގަސްޓު 2022 | ބުދަ 06:16
މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން ފަށައިފިއެވެ.

ބުދަ ދުވަހު ވަނީ މި މައްސަލައިގެޝަރީއަތް ފަށައިއިފްތިތާޙީ ބަޔާން އިއްވާފައެވެ. އެއަށްފަހު ދެން ކުރިއަށްދިޔައީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ. މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ އަޑުއެހުމަށް ހާޒިރު ކުރެވިފައިވަނީ ހަމައެކަނި ޕެސްޓާއި ދެކޮޅަށް ދައުލަތުން ހުށައަޅާފައިވާ ހެކިންތަކެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ސާމީ ޝަރީފެވެ. އޭނާ ވިދާޅުވީ، އިފްހާމްއާއި އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ އިންޓެލިޖެންސްގެ ފަރާތުން ކަމަށެވެ.

އެ މައުލޫމާތު ލިބުމުން، މއ ވީވާ ގެއަށް ދިޔަ ފުލުހުންގެ ޓީމުގައި އޭނާވެސް ހިމެނެއެވެ. އޭނާ ވިދާޅުވީ، މއ ވީވާގެއަކީ ޕެސްޓް ދިރިއުޅޭ ގެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީވެސް އެތަނުންނެވެ.

އެނާގެ އަތުގައި އޮތް ތަޅުދަނޑިން މއ ވީވާގޭގެ ފުރަތަަމަ ފްލޯ ހުޅުވުނުކަމަށާއި، އޭރު ގޭތެރޭގައި ތިބީ މުހައްމަދު ސުއައިދުގެ އިތުރުން 3 އަންހެނެއްކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، ޕެސްޓު ލައިގެން ހުރި އަންނައުނު ބަލައި ފާސްކުރިއިރު އޭނާގެ ޖީބުން ނެގި ސިނގިރޭޓު ފޮށި ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށާއި، އެއީ އޭނާ ބޭނުން ކުރަން ބަހައްޓާފައި ހުރި އެއްޗެހިކަމަށް ބުނެފައިވާ ކަމަށެވެ.

އޭނަގެ ވޮލެޓުން އެގަޑީގައި 24،000 ރުފިޔާވެސް ފެނުނުކަަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ދެން ހާޒިރުކުރީ މުޙައްމަދު ސިނާންއެވެ. އޭނާއަކީވެސް ފުރަތަމަ ހެކިވެރިޔާ ވިދާޅުވި އޮޕަރޭޝަންގައި ބައިވެރިވި ފުލުހެކެވެ. އޭނާ ވަނީ ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރުމުގައި ބައިވެރިވެފައެވެ. އެގޮތުން އެ ސީންއިން އިފްހާމްއާއި ސުއައިދު ހައްޔަރުކުރިއެވެ.

ދެން ހާޒިރުކޮށްފައިވަނީ މުޙައްމަދު އާސިފެވެ. އޭނާއަކީވެސް ހަމަ ކުރިން ހާޒިރުކުރި ދެ ހެކިން ހާޒިރުކުރި ސަބަބުތައް ސާބިތު ކުރުމަށް ދައުލަތުން ހުށައެޅި ހެއްކެކެވެ.

ބާކީ ތިބި ހެކިންނަކީވެސް ހަމަ އެއް ކަންތައްތަކެއް ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިންތަކެއްކަން ފާހަގަކޮށް ދައުލަތުން މި އަޑުއެހުމުގައި ވަނީ ބާކީ ތިބި ހެކިންގެ ހެކިބަސް ނަގަން ބޭނުންނުވާކަމަށް ބުނެފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު