Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ސިނާއަތް

ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތް ހިންގުމަށް ތިބުމަށް އެދެން، އެކަން ކޮށްދެވޭނީ ޒުވާން ޖީލަށް: ނާހިދް

30 އޯގަސްޓު 2022 | އަންގާރަ 18:10

ދިވެހިން ދިވެހިންގެ ތާރީހާއި ވާހަކަތައް ހިއްސާކުރަން ރިސޯޓުތަކުގައި ނެތްނަމަ ހަޤީޤީ ދިވެހިރާއްޖެއަކީ ކޮބައިކަން ފަތުރުވެރިންނަށް ނޭނގޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އޯގަސްޓު 2022 | އަންގާރަ 18:10
ޓޫރިޒަމް އަޕްބީޓް – މެނޭޖަރސް ސްޓޯރީ ޝޯގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާހިދް

ޓޫރިޒަމް އަޕްބީޓް – މެނޭޖަރސް ސްޓޯރީ ޝޯގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާހިދް

ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތް ހިންގުމަށް ތިބުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަން ކޮށްދެވޭނީ އަދުގެ ޒުވާން ޖީލަށް ކަމަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާހިދް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ އެކި ހަރަކާތްތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޓޫރިޒަމް އަޕްބީޓް – މެނޭޖަރސް ސްޓޯރީގެ ޝޯގައި ވާހަކަ ދައްކަވަމުން ނާހިދް ވިދާޅުވީ މީގެ 26 އަހަރު ކުރިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރި ހާލަތު ވަރަށް ތަފާތު ކަމަށެވެ. މިހާރު މި ދާއިރާއަށް މީހުން ވަޒީފާއަށް ނަގާއިރު ވަރަށް ރަނގަޅަށް ބަލާ ކަމަށާއި  އެމީހަކު އެންމެ ބޮޑަށް ރަނގަޅީ ކޮން ދާއިރާއަކަށް ތޯ ވެސް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.  

Advertisement - newsAdvertisement

އޭރު ޓްރެއިނިންގ ދޭނެ ފަރާތްތަކާއި މަސައްކަތުގެ މާހައުލުގައި އެހީތެރިވެދޭނެ މީހުން ނެތް ނަމަވެސް މިހާރު ހާލަތު ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ އަބަދުވެސް ޓްރެއިނިންގ ފޯރުކޮށްދޭ ދާއިރާއެއް ކަމަށް ނާހިދް ވިދާޅުވިއެވެ.

ނާހިދް އިތުރަށް ވިދާޅުވީ ދިވެހިން ދިވެހިންގެ ތާރީހާއި ވާހަކަތައް ހިއްސާކުރަން ރިސޯޓުތަކުގައި ނެތްނަމަ ހަޤީޤީ ދިވެހިރާއްޖެއަކީ ކޮބައިކަން ފަތުރުވެރިންނަށް ނޭނގޭނެ ކަމަށެވެ. ރާއްޖޭގެ ތާރީހާއި ރާއްޖޭގެ ވާހަކަތައް ދިވެހިންނަށްވުރެން ބޮޑަށް އެނގޭނެ މީހެއް ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސިނާއަތަކީ މުހިންމު ސިނާއަތެއްކަން ފާހަގަކުރައްވާ ނާހިދް ވިދާޅުވީ މި ސިނާއަތް ހިންގުމަށް ދިވެހިން ތިބުން މުހިންމު ކަމަށެވެ. އަދި ކުރިއަތް އޮތްތާނގައި އެ މަންޒަރު ފެންނަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް އަޕްބީޓް – މެނޭޖަރސް ސްޓޯރީގެ ޝޯ ބާއްވާފައިވާއިރު ، މި އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ރޮނގުތަކުން ރާއްޖެއާ ރާއްޖޭގެ ރިސޯޓުތަކަށް އެންމެމަތީ ވަނަތައް 1990ގެ އަހަރުތަކުން ފެށިގެން އަންނަނީ ލިބެމުންނެވެ. މީގެ 20 އަހަރު ކުރިން 2000ގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެމަތީ ދަރަޖައަށް އަރާފައެވެ.

ފަތުރުވެރިކަން މިހާރު ރާއްޖޭގެ އިގުތިސާދުގެ 40 އިންސައްތަ ހިއްސާކުރެއެވެ. ދެންހުރި ސިނާއަތްތައް ކުރިއެރުމުގައިވެސް ފަތުރުވެރިކަމުގެ ހިއްސާ ބޮޑެވެ.

ޓޫރިޒަމް އަޕްބީޓް މެނޭޖަރސް ސްޓޯރީމިނިސްޓްރީ އޮފް ޓުއަރިޒަމްޮޕެރެޑައިސް އައިލެންޑް ރިސޯޓް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް