Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގެ ތިންބައިކުޅައެއްބައި ފެނު އަޑީގައި

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިއަނަށް އަރާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 އޯގަސްޓު 2022 | އަންގާރަ 11:19
ޕާކިސްތާނުގައި ފެންބޮޑުވެފައިވާ މަގެއް

ޕާކިސްތާނުގައި ފެންބޮޑުވެފައިވާ މަގެއް

ޕާކިސްތާނަށް މިވަގުތު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި އެގައުމުގެ ތިންބައިކުޅަ އެއްބައި ވަނީ ފެނުއަޑީގައިކަމަށް، އެގައުމުގެ ކްލައިމެޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ. ކޯރުތައް ފުރި، ބާރު އޮޔާއެކު ފެންގަނޑު ދެމިގެން ދިއުމުގެތެރޭގައި ވަނީ އެތައް ބްރިޖްތަކާއި އިމާރާތްތައް ވެއްޓި، ދަނޑު ބިންތަކާއި މަގުތަކަށްވެސް ބޮޑެތި ގެއްލުންތައްލިބިފައެވެ.

އޭ އެފްޕީ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކްލައިމެޓް މިނިސްޓަރ ޝެރީ ރަހްމާން ވިދާޅުވީ، ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ވަނީ ފެނުއަޑީގައި ކަމަށާއި މުޅި ރަށުތެރެ ފެންނަނީ މާސިންގާ ކަނޑެއް ފަދައިން ކަމަށެވެ. އަދި ފެންތައް ބޭރަށް ޕަންޕްކުރާނެ އެއްވެސް ގޮތެއް ފެންނަން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ ކާރިސާއަކީ ޚިޔާލަށްވެސް ގެންނަން އުނދަގޫވަރުގެ ބޮޑު ކާރިސާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެކި ހާދިސާތަކުގައި މަރުވި މީހުންނަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 75 މީހުން މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޯ ޒަރްދާރީ ވިދާޅުވީ، މަރުވި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ބެލެވޭކަމަށެވެ. އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ހަގީގީ އަންދާޒާއެއް އަދިވެސް މުޅިން ނުނެގޭކަމަށެވެ.

އެގައުމުގެ ޕްލޭނިންގ މިނިސްޓަރ އަހުސަން އިގުބާލް ކުރިން ވިދާޅުވެފައިވާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިން އެމެރިކާ ޑޮލަރަށް އަރާނެއެވެ. އަދި މިކާރިސާގައި 33 މިލިއަނަށްވުރެ ގިނަ މީހުންގެ މުދަލާއި ގެދޮރަށް ގެއްލުންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ އިގުބާލް ވިދާޅުވީ 10 ބިލިއަން ޑޮލަރަކީ މިވަގުތަށް އަންދާޒާކުރެވޭ އަދަދެއް ކަމަށެވެ. އެހެންކަމުން މި ކާރިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަސްލު އަގު އެއަށްވުރެ އިތުރުވާނެކަމަށް ލަފާ ކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ. އަސްލު އަގު އެނގޭނީ ފުރިހަމަ ދިރާސާއަކަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަންނަން ފަސް އަހަރުގެ މުއްދަތެއް ނަގާނެކަމަށް އޮފިޝަލުން ލަފާކުރައްވައެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ތަރުކާރީއާއި މޭވާއާއި ހަނޑޫ ދަނޑުތައް އެއްކޮށްހެން ހަލާކުވެފައިވާއިރު އެކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެ ގައުމުގައި ކާނާގެ ދަތިކަން ދިމާވާނެކަން އެއީ ޔަގީންވާކަމެކެވެ. އަދި ދަނޑު ހައްދައިގެން އުޅެމުން އައި ފަރާތްތައް ފަގީރުކަމުގެ ހާލަތަށް ދާނެއެވެ.

ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ވަނީ، ފެންބޮޑުވި ސަރަހައްދުތައް ބައްލަވާލެއްވުމަށް ހެލިކޮޕްޓަރުގައި ވަޑައިގެންފައެވެ. އެއަށްފަހު މީޑިޔާތަކަށް ވިދާޅުވިގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން އެތައް އަވަށްތަކެއް ވަނީ "ދޮވެވިގެން" ގޮސް އަދި އެތައްހާސް ގެ ވަނީ ހަލާކުވެގެން ގޮސްފައެވެ.

ހާލުގައިޖެހިފައިވާ މީހުންނަށް ސަރުކާރުން މިހާރު ވަނީ ވަގުތީ ހިޔާތައް ހަމަޖައްސައިދޭން ފަށާފައެވެ. މިގޮތުން ޚައިބަރު ޕަޚްތުން ޚުވާ ޕްރޮވިންސްގައި ސްކޫލަކުން 2500 މީހުންނަށް ހިޔާވަހިކަން ދީފައިވެއެވެ.

ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސިންދު އަދި ބަލޮޗިސްތާން ޕްރޮވިންސަށް ކަމަށްވާއިރު، ފަރުބަދަމަތީގެ ސަރަހައްދެއްކަމަށްވާ ޚައިބަރު ޕަޚްތުން ޚުވާއަށް ވަނީ ވަރަށް ބޮޑަށް ފެނުގެ އަސަރު ކޮށްފައެވެ.

ޕާކިސްތާން ޓުޑޭ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2023

އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!

03 އޮކްޓޯބަރު 2023
އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!
30 އޯގަސްޓު 2022

ޕާކިސްތާނަށް އެހީ ވުމަށް އދ.ން 160 މިލިއަން ޑޮލަރުގެ އެހީގެ އެޕީލްއެއް ލޯންޗްކޮށްފި

30 އޯގަސްޓު 2022
ޕާކިސްތާނަށް އެހީ ވުމަށް އދ.ން 160 މިލިއަން ޑޮލަރުގެ އެހީގެ އެޕީލްއެއް ލޯންޗްކޮށްފި
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
01 އޯގަސްޓު 2017

ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ވަޑައިގަންނަވަނީ

01 އޯގަސްޓު 2017
ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ވަޑައިގަންނަވަނީ
31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
28 ޖުލައި 2017

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި
25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
18 ޖޫން 2017

އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!

18 ޖޫން 2017
އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު