Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުން

ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިން އެގާނޫނުން އިސްތިސްނާކުރުމަށް ހުށަހަޅައިފި

ގާނޫނީ ފަންނުގެ ގާނޫނަށް މިއިސްލާހު ގެނައުމަށް ބިލް ހުށަހަޅުއްވީ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަހުމަދު އުޝާމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2022 | އަންގާރަ 09:34
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ގާނޫނީ ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިން އެގާނޫނުގައި އަމަލުކުރަން ބުނެފައިވާ ކަންކަމުން އިސްތިސްނާކުރާ ގޮތަށް އެގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް މިއިސްލާހު ގެނައުމަށް ބިލް ހުށަހަޅުއްވީ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމްއެވެ. ބިލް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނު އުފަންވުމާއެކު ވަކީލުންގެ ހުރި ގިނަ ކަންތައްތަކަކަށް ހައްލު އައިސްފައިވާކަމަށެވެ. އަދި މިގާނޫނުގެ ދަށުން ބާ ކައުންސިލެއް އުފައްދާ އެކައުންސިލުން ގާނޫނީ ދާއިރާއިން ކިޔަވާކުދިން އެދާއިރާއިން މަސައްކަތް ފެށުމުގެ ކުރިން ޚާއްސަ ތަމްރީންތަކެއް އަދި ބާ އެގްޒާމެއް ހެދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

އުޝާމް ވިދާޅުވީ މިހާރު ގާނޫނު އޮތްގޮތުން ވަކީލުކަމުގެ ހުއްދަ ލިބިފައިނުވާ ހުރިހާ ފަރާތްތަކުން ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ޚާއްސަ ތަމްރީނެއް ފުރިހަމަކޮށް ބާ އިމްތިހާނެއް ފުރިހަމަކުރަންޖެހޭކަމަށެވެ. މިއީ އެންމެ އިންސާފުވެރިގޮތް ނޫންކަމަށް ވިދާޅުވެ އުޝާމް ވިދާޅުވީ ގާނޫނީ ދާއިރާއިން ކިޔަވަން ފެށިއިރު ނެތް ޝަރުތުތަކެއް ފަހުން ހެދުނު ގާނޫނެއްގައި ހިމެނިގެންދިޔައީކަމަށެވެ. 2019 ވަނަ އަހަރުގެ މިގާނޫނު ފާސްވުމުގެކުރިން ގާނޫނީ ވަކީލުކަން ކިޔަވަން ފެށި ދަރިވަރުންނަށް ވަކީލުންނަށް ވުމަށް އިތުރު އަހަރުތަކަކާއި އިތުރު ފައިސާތަކެއް ޚަރަދުކުރަންޖެހޭކަން ނޭންގޭކަމަށް އުޝާމް ވިދާޅުވިއެވެ.

އެކަން އެނގޭނަމަ އެނޫން އެހެން ދާއިރާއެއް އިޚުތިޔާރުކުރާނެ ބައިވަރުކުދިން އެބަތިބިކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެއިތުރުން އުޝާމް ވިދާޅުވީ ގާނޫނުގައި ބުނެފައިވަނީ ރާއްޖޭގެ މަތީ ތައުލީމުދޭ ތަންތަނުން ހިންގާ ކޯސްތަކާއި ކިޔަވައިދޭ މުގައްރަރާ ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތައް ކަނޑައަޅަންވާނީ ބާ ކައުންސިލުންކަމުގައެވެ. އޭގެކުރިން މިކަން ކުރަމުން އައީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންނެވެ.

އުޝާމް ވިދާޅުވީ ކޮލިފިކޭޝަން އޮތޯރިޓީން މިކަންކުރަމުން އައިއިރު ކިޔަވައިދޭ އެކި ތަންތަނުގައި ކިޔަވައިދެމުން އައީ އެކި ސިލަބަސްތަކަށްކަމަށެވެ. ބައެއް ތަންތަނުގައި ދިވެހި ބަހުން ކިޔަވައިދެމުން އައިއިރު އަނެއްބައި ތަންތަނުގައި ކިޔަވައިދެމުން ދިޔައީ އިނގިރޭސި ބަހުންނެވެ.

އުޝާމް ވިދާޅުވީ މިހާރު ބާ ކައުންސިލުން ބާ އެގްޒާމް ހެދުމަށްޓަކައި ސިލަބަސް ކަނޑައަޅާފައިވާއިރު މިކަންކަމަށް ފުރިހަމައަށް ރިއާޔަތްކޮށްފައިވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

މީގެއިތުރުން 2019 ވަނަ އަހަރުގެ ކުރިން ގާނޫނީ ދާއިރާއިން ކިޔަވާ ނިމި ހުއްދަ ނުހޯދާ ތިބި ކުދިންވެސް އެބަތިބިކަމަށާއި އެކުދިންވެސް ޖެހެނީ ބާ އެގްޒާމް ހަދާ ތަމްރީން ފުރިހަމަކުރަންކަމަށެވެ. މިގާނޫނުން މިހާރުވެސް ބައެއް ފަރާތްތަކަށް އިސްތިސްނާދީފައިވާއިރު 2019 ވަނަ އަހަރުގެ ކުރިން ގާނޫނީ ދާއިރާއިން ކިޔަވަން ފެށިކުދިންނަށްވެސް އިސްތިސްނާ ލިބެންޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެގާނޫނުގެ 66 ވަނަ މާއްދާގެ ނ ގައި ގާނޫނީ ފަންނުގެ ގާނޫނަށް އަމަކުކުރަން ފެށިއިރު ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދިޔަ ފަރާތްތަކާއި އެގާނޫނަށް އަމަލުކުރަން ފެށިއިރު ކިޔެވުން ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން އެހާތަނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިނުވާ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބާ އިމްތިހާނު އަދި ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާނެ ކަމުގައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމުރައްޔިތުންގެ މަޖިލިސްބާ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު