Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގެ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް އެޤައުމުން ބުނެފި

29 އޯގަސްޓު 2022 | ހޯމަ 22:34

10 ބިލިއަން ޑޮލަރަކީ އަންދާޒާ ކުރާ އަދަދެއް، އަސްލު އަދަދު އެއަށްވުރެ ބޮޑުވާނެ ކަމަށް ލަފާ ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 އޯގަސްޓު 2022 | ހޯމަ 22:34
ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު

ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު

ބޯކޮށް ވާރޭވެހި ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިން އެމެރިކާ ޑޮލަރަށް އަރާ ކަމަށް އެ ޤައުމުގެ ޕްލޭނިން މިނިސްޓަރ އަހުސަން އިގުބާލް ވިދާޅުވެއްޖެއެވެ.

އިގުބާލް ރޮއިޓަރސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ދަނޑުބިންތަކާއި މަގުތަކާއި ގިނަ އަދަދެއްގެ ގެތަކާއި ބްރިޖުތައް ހަލާކުވެފައިވާ ކަމަށެވެ. އަދި 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އަދަދު 33 މިލިއަނަށްވުރެ ގިނަ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގުބާލު އިތުރަށް ވިދާޅުވީ 10 ބިލިއަން ޑޮލަރަކީ މިވަގުތައް އަންދާޒާ ކުރެވޭ އަދަދެއް ކަަމަށެވެ. އެހެންވެ، މި ކާރީސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަސްލު އަގު އެއަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލު އަގު އެނގޭނީ ފުރިހަމަ ދިރާސާއަކަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަންނަން ފަސް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރ ވަނީ ލަފާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެ ޤައުމުގައި ކާނާގެ ދަތިކަން ދިމާވާނެ ކަމަށެވެ. އެގޮތުން، ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ތަރުކާރީ އާއި މޭވާ އާއި ހަނޑޫ ދަނޑުތައް އެއްކޮށްހެން ހަލާކުވެފައިވާ ކަމަށް އެ ޤައުމުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުން ވަނީ އެ ޤައުމަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ. ބައެއް ޤައުމުތަކުން ވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

29 މެއި 2017

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް