Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގާ ހަރަކާތް

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ގަރލްސް އިން ޑޭޓާ" ނިންމާލައިފި

29 އޯގަސްޓު 2022 | ހޯމަ 22:14

މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 އޯގަސްޓު 2022 | ހޯމަ 22:14
ދިރާގުން ހިންގި ޕްރޮގްރާމުގެ ބައިވެރިން

ދިރާގުން ހިންގި ޕްރޮގްރާމުގެ ބައިވެރިން

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގި ޑޭޓާ ލިޓްރަސީ ޕްރޮގްރާމް "ގާރލްސް އިން ޑޭޓާ" ނިންމާލައިފިއެވެ.

މިއީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިން ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓުތައް ވަނީ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ހުށަހަޅައިފައެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިން މި ޕްރޮގްރާމް ފުރިހަމަ ކުރިއެވެ. 28 މެއި 2022 ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި، އެއިން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމުގައި އެކިއެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ވަނީ ދަސްކޮށްދީފައެވެ. އެގޮތުން ޤައުމީ ކުތުބުޚާނާއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ޕްރޮގްރާމުގެ ބައިވެރިން ފުރިހަމަކުރިއެވެ.

ހޮނިހިރު ދުވަހު ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައިވެސް މިފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދުކަމަށެވެ. އަދި މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިކަމުގައި ވީނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިންމު ހުނަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބެގެން ދިޔަކަމަށާއި ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަކަމަށް އުންމީދުކުރާކަމަށް ވިމެން އިން ޓެކްގެ ނާއިބު ރައީސާ މަރިޔަމް އަސްނާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމްގައި ދަސްވި މަޢުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި މިދާއިރާއިން ކުރިއަށް ދިޔުމަށް ބައިވެރިންނަށް އޭނާ ވަނީ ގޮވާލާފައެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ބުނާ ގޮތުގައި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ޑޭޓާ ސައިންސްގެ ދާއިރާއަށް ލޯހުޅުވި ދާއިރާއިން މުސްތަގްބަލުގައި ކާމިޔާބުކަމާއެކު ކުރިއަށް ދެވިދާނެކަން އެނގުނެވެ. އަދި ޕްރޮގްރާމްގައި ޑޭޓާ ޕްރޮސެސިންގގެ މުހިއްމުކަން ދަސްވެގެން ދިޔަކަމަށާއި އެކަމަށް ބޭނުންކުރާ އެކިއެކި ޓޫލްތަކުގެ މަޢުލޫމާތު ލިބިގެން ދިޔަކަމަށް ބައިވެރިން ބުނެއެވެ. އަދި ގަރލްސް އިން ޑޭޓާ ޕްރޮގްރާމަކީ ޑޭޓާ ދާއިރާއަކީ އަންހެން ކުދިންނަށް ވެސް ރަނގަޅު ދާއިރާއެއްކަން އަންގައިދިން ޕްލެޓްފޯމެއްކަމަށް ޕްރޮގްރާމުގެ ބައިވެރިން ބުންޏެވެ.

މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރެވެ. މިސީރީސްގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

2019 އިން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ޓެކްނޮލޮޖީގެ ދާއިރާގައި ބާރުވެރިކުރުމަށް، ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާރލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ވެސް ދަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

17 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް