Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ބެންޒިމާގެ ދެ ލަނޑާއެކު އެސްޕަނިޔޯލް އަތުން ރެއާލް މޮޅު

ރެއާލް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކު އެއްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 އޯގަސްޓު 2022 | ހޯމަ 03:25
ލަނޑު ޖެހުމަށްފަހު ބެންޒިމާ އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ބެންޒިމާ އުފާ ފާޅުކުރަނީ

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ކަރީޒް ބެންޒިމާގެ ދެ ލަނޑާއެކު ޗެމްޕިއަން ރެއާލް މެޑްރިޑުން އެސްޕަނިޔޯލް ބަލިކޮށް, ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

މިސީޒަންގެ ލީގުގައި ރެއާލް މެޑްރިޑްގެ ތިންވަނަ ފުޓުބޯޅަ މެޗު އެސްޕަނިޔޯލްއާ ވާދަކޮށް ކާމިޔާބުކުރީ 3-1 ނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ރެެއާލްއަށް ކުރި ހޯދައިދިނީ ވިނީޝިއުސް ޖޫނިއަރއެވެ. އެކަމަކު ހާފް ނިމެން ދެމިނިޓަށް ވެފައިވަނިކޮށް ޖޯސެލޫ ލަނޑު ޖަހާ އެސްޕަނިޔޯލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ރެއާލްއިން ދެވަނަ ފަހަރަށް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް ބެންޒިމާ ޖެހި ލަނޑުންނެވެ. 88 ވަނަ މިނެޓުގައި ބެންޒިމާ ލަނޑު ޖެހީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ރެއާލްގެ ތިންވަނަ ލަނޑު ހިލޭޖެހުމަކުން ބެންޒިމާ ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ގޮތުގައި 10 ވަރަކަށް މިނެޓު ކުޅުނެވެ. ބެންޒިމާ ދެވަނަ ލަނޑު ޖެހުމުގެ ކުރިން އެސްޕަނިޔޯލްގެ ގޯލް ކީޕަރު ލެކޮމްޓޭއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. ސެބަޔޯސްއަށް ކުރި ފައުލަށް ރަތްކާޑް ދެއްކީ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ. ރަތްކާޑް ދެއްކީ ގިނަ އިރުތަކެއް ވަންދެން ވީއޭއާރުން ބެލުމަށްފަހުއެވެ. އޭރު އެސްޕަނިޔޯލްގެ ތިން ބަދަލު ހަމަވެފައިވާތީ މެޗުގެ ބާކީ އޮތް ވަގުތުކޮޅުގައި ކީޕަރަކަށް ކުޅުނީ ޓީމްގެ ކެޕްޓަނެވެ.

ލީގުގައި ރެއާލް ވަނީ ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައެވެ. އެސްޕަނިޔޯލްއަށް ތިން މެޗުން މޮޅެއް ނުލިބެއެވެ. އެކަމަކު އެއް މެޗު އެއްވަރުކޮށް އެއް ޕޮއިންޓް ވަނީ ހޯދާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު