މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރު، ވިލުންވެރި ރަށްތަކެއް ތައްޔާރުވާންޖެހޭ: ޑރ. ނަސީރު
28 އޯގަސްޓު 2022 | އާދީއްތަ 14:21މި ސެމިނާރގައި އެލްޖީއޭއާއި ކައުންސިލް އަދި ޕްލޭނިން މިނިސްޓްރީން ބައިވެރިވޭ


އައިސީޒެޑްއެމް ޕޮލިސީ އެންޑް ޕްލޭނިންގ ސެމިނާރ
ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރު، ވިލުންވެރި ރަށްތަކެއް ތައްޔާރުވާންޖެހޭ ކަމަށް، އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ޖަޕާން ސަރުކާރާއި، ގްލޯބަލް ކްލައިމެޓް ފަންޑުގެ އެހީގައި ކުރިއަށްދާ މަޝްރޫއެއް ކަމުގައިވާ "ބިލްޑިން ކްލައިމެޓް ރެސިލިއެންޓް ސޭފަރ އައިލެންޑް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ކޮންޕޯނެންޓެއްކަަމަށްވާ އިންޓަގްރޭޓެޑް ކޯސްޓަލް ޒޯން މެނޭޖްމެންޓް ޕޮލިސީ އެންޑް ޕްލޭނިންގ ސެމިނާރގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނަސީރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށެވެ. އެފަދަ ކަންކަމުން ރަށްތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސެމިނާރުގައި އެލްޖީއޭއާއި ކައުންސިލް އަދި ޕްލޭނިންގ މިނިސްޓްރީ ހިމެނޭގޮތުން، ކަމާގުޅޭ އިދާރާތަކާއެކު، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ގޮނޑުދޮށްތައް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.





