Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުން

ފަނޑިޔާރުންނަށް ލިބިދޭ ޢިނާޔަތްތަކުގެ އޮނިގަނޑު އިޞްލާޙުކުރުމަށް ގާނޫނަށް ގެންނަ އިސްލާހު ހުށަހަޅައިފި

ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2022 | އާދީއްތަ 13:19
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ފަނޑިޔާރުންނަށް ލިބިދޭ ޢިނާޔަތްތަކުގެ އޮނިގަނޑު އިޞްލާޙުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިޞްލާޙުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވައިފިއެވެ.

މި ބިލުން ޤާނޫނަށް ހުށަހަޅާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިޞްލާޙުކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ މަދުނުވާނެ ޢަދަދެއް ކަމުގައި ޤާނޫނުގައި ކަނޑައެޅުމާއި، ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ޤާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލު އިޞްލާޙުކޮށް، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ޤާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަޤާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުން އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުން ވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި

15 އޯގަސްޓު 2017
ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި
03 އޯގަސްޓު 2017

ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު

03 އޯގަސްޓު 2017
ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު
26 ޖުލައި 2017

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން

26 ޖުލައި 2017
ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން
23 ޖުލައި 2017

އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، އެންމެން ނިކުންނަވާ: ރައީސް ނަޝީދު

23 ޖުލައި 2017
އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، އެންމެން ނިކުންނަވާ: ރައީސް ނަޝީދު
03 ޖުލައި 2017

މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު

03 ޖުލައި 2017
މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު