Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަރައްޤީގެ މަޝްރޫއު ކުރިއަށް ގެންދިއުން

އުނދަގޫކޮށް، ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން - ރައީސް

ސަރުކާރަކާ އެކީގައި، އެއް ވިސްނުމެއްގައި ތިބޭ ބަޔަކު ތިބީމާ ވަރަށް ބޮޑަށް ފަސޭހަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2022 | އާދީއްތަ 01:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

އުނދަގޫކޮށް، ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ދިއްގަރު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކާއި، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި، ސަރުކާރަކާ އެކީގައި، އެއް ވިސްނުމެއްގައި ތިބޭ ބަޔަކު ތިބީމާ ވަރަށް ބޮޑަށް ފަސޭހަވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ޚިޔާލުތަފާތުވުން ނުހުންނާން ވިދާޅު ނުވާ ކަމަށާއި، އެހެން ނަމަވެސް، އުނދަގޫކޮށް، ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ދިއްގަރުގެ ރައްޔިތުންނަށް ދެވަނައަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަމަކީ، ބިން ފުރިފައި އޮތް އޮތުން ކަމަށެވެ. މި ވާހަކަވެސް ކުރީގެ އެތައް ސަރުކާރެއްގައި ރައްޔިތުން ދައްކާފައިވާ ކަމަށާއި، ހަމަ އެ ސަރުކާރުތަކުން މިއަށް ޙައްލު ގެނެސްދޭނެ ކަމަށް ބުނެ ޕްލޭންތަކާއި، ކުރެހުންތަކާއި، ބަޖެޓު ދައްކާފައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން، މޫދަށްއެރި، ކަތީބުން ރޯނުދަމާ، ގޯތިވެސް ދީފައި ހުންނާނެ ކަމަށާއި، އެކަމެއް އެގޮތަކަށެއް މި ސަރުކާރުން ނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ، ވަޢުދުތައް ފުއްދަވަމުން ގެންދަވާނެ ކަމަށާއި، ސަރުކާރުން ވީ ވަޢުދުތައް ވީވެސް އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތައް އުފެދިފައި ހުރިގޮތުން، ބައެއް ރަށްރަށަކީ ވަރަށް ބިންތިރި ރަށްރަށް ކަމަށެވެ. އެގޮތުން، މެދުރާއްޖެތެރޭގެ ދިއްގަރާއި، އެހިސާބުގެ އެހެން ރަށްރަށަކީ ބިންތިރިކަމުން އުދައަރައި، އޭގެ ގެއްލުންތައް ރައްޔިތުންނަށް ފޯރަމުންދާ ރަށްތަކެއް ކަމަށެވެ. ދިއްގަރަކީ އެގޮތަށް އުދައެރުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް މެދުނުކެނޑި އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި އޮތް ރަށެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް، އިރުވައި މޫސުމުގެ ހަޅައިގެ ތެރޭގައި، އިރުމަތިފަރާތުން އެ އަރާ އުދަ، ރަށުގެ މެދުތެރެއާ ހިސާބަށް ގޮސް، ގޭގޭގައި ގެންގުޅޭ ސާމާނާއި، މުދަލަށް އެ ލިބެމުންދިޔަ ގެއްލުންތަކަކީ، ކޮންމެ އަހަރަކު ދިއްގަރުގެ ރައްޔިތުން ތަޙައްމަލް ކުރަމުން އައި ތަކުލީފެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވާހަކަތައް އެތައް ފަހަރެއްގެ މަތިން އެކި ސަރުކާރުތަކުގައި އެތައް ފަހަރަކު އެރަށު ރައްޔިތުން ދައްކާފައިވާ ކަމަށާއި، ވައުދުތަކެއް ވިޔަސް އެކަމެއް މީގެ ކުރީ ސަރުކާރުތަކުން ކޮށްދީފައި ނުވާކަމަށެވެ.

ރައީސް ވިދާޅުވީ ދިއްގަރުގައި މަސައްކަތްކޮށް ނިންމައިމިލެވުނީ، މީގައި އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނިގެން ކަަމަށެވެ. އެމަނިކުފާނު މީގައި އެންމެ ބޮޑު ކްރެޑިޓެއް ދެއްވާނީ ދިއްގަރުގެ ރައްޔިތުންނަށް ކަމަށާއި، އެއީ މިކަމަށް ބޭނުންވެފައި ތިބި މިންވަރު، ސަރުކާރުގައި ޙިއްޞާކޮށް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އިންތިޚާބުކޮށް، ކައުންސިލެއް އިންތިޚާބުކޮށް، ސަރުކާރާ އެކީގައި މިކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނީ ދިއްގަރު ރައްޔިތުންކަމުގައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު