Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގެ ޓްވިންޓަވަރު ވައްޓާލުން

އިންޑިޔާގެ ޓްވިން ޓަވަރ އާދީއްތަދުވަހު ގޮއްވާލަނީ، ދެ ޓަވަރު ވައްޓާލުމަށް ނަގާނީ ބާރަ ވަރަކަށް ސިކުންތު

މި ދެ ޓަވަރު ވައްޓާލަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ޚިލާފަށް ހަދާފައިވާތީ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 އޯގަސްޓު 2022 | ހޮނިހިރު 18:42
އިންޑިއާގެ ޓްވިން ޓަވަރ ސިއޭން އަދި އޭޕެކްސް

އިންޑިއާގެ ޓްވިން ޓަވަރ ސިއޭން އަދި އޭޕެކްސް

އިންޑިޔާގެ ވެރިރަށް ދިއްލީއާ ކައިރި ހިސާބެއްގައި ހުރި އިންޑިޔާގެ "ޓްވިން ޓަވަރު" އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޚާއްސަ ގޮތަކަށް ވައްޓާލުމަށް ނިންމައިފިއެވެ. "އިމްޕްލޯޑް ކުރުން" ކިޔާ ޚާއްސަ ޓެކްނިކެއް ބޭނުން ކޮށްގެން މި އުސް ދެޓަވަރު ވައްޓާލުމަށް ނަގާނެކަމަށް ވަނީ އެންމެ ބާރަވަކަށް ސިކުންތެވެ.

ސިއޭން އަދި އޭޕެކްސް ޓަވަރުގެ ނަމުން ނަންދީފައިވާ މިދެޓަވަރަކީ ސުޕަރޓެކް ކިޔާ އަމިއްލަ ޑިވެލޮޕަރަކު ހެދި ދެ ޓަވަރެވެ. ނަމަވެސް މިތަން އިމާރާތްކުރެވުނީ ގަވާއިދުތަކާ އެއްގޮތަށް ނޫންކަން އެނގުމުން ސުޕްރީމް ކޯޓުން ވަނީ އެ ދެ ތަން ވައްޓާލުމަށް އަމުރުކޮށްފައެވެ.

ތަނެއް ގޮއްވާލުމަށް "އެކްސްޕްލޯޑް" ކުރުމަކީ ގޮއްވާލުމުގެ ޝޮކް އެތެރޭން ބޭރަށް ހުންނަ ގޮތަށް ކަމަށްވާއިރު، އިމްޕްލޯޑް ކުރުމުގައި މި ޝޮކް ހުންނާނީ ބޭރުން އެތެރެޔަށްކަމަށް ވެއެވެ. އެހެން ކަމުން މިދެޓަވަރު ގޮއްވާލާއިރު ބޭރަށް ބުރައިގެން ދިއުމުގެ ބަދަލުގައި އިމާރާތުގެ ބައިތައް ވެއްޓޭނީ އިމާރާތުގެ އެތެރެޔަށެވެ. އަދި ޝޮކް ހިފެހެއްޓުމަށްޓަކައި އިމާރާތުގެ ތިރީ ފްލޯރތަކަށް ހުންނާނީ ބާވަތެއްގެ ހުއި އަދި ލުއި ފިލާ ޒާތުގެ އެއްޗެތި ވައްދާފައިކަމަށްވެއެވެ.

ސިއޭން އަދި އޭޕެކްސް ޓަވަރަކީ 31 ފަންގިފިލާގެ ދެޓަވަރެވެ. އިންޑިޔާގެ ޓްވިން ޓަވަރުގެ ނަމުން މީޑިޔާގައި ނަންދީފައިވާ މިދެ އިމާރާތް ހުންނަނީ ނޮއިޑާގެ ބައިބޯ ހިސާބެއްގައެވެ. މިތަން ވައްޓާލުމަށް 3،700 ކިލޯގެ ގޮވާތަކެތި ބޭނުން ކުރާއިރު، މިކަން ކުރިޔަށް ގެންދާނީ ތިން ގައުމެއްގެ އިންޖިނޭރުންގެ ބެލުމުގެ ދަށުންނެވެ. އެއް އިންޖިނޭރަކު ބުނި ގޮތުގައި މިތަން ވައްޓާލުމަށް ކުރެވޭ މަސައްކަތް ވެގެން ދާނީ އިންޖިނިއަރިންގގެ ދުނިޔޭގައިވެސް ވަރަށް ޚާއްސަ މަސައްކަތަކަށެވެ.

ބައިބޯ ހިސާބުތަކުގައި ހުންނަ މިފަދަ އިމާރާތްތައް ވައްޓާލުމަކީ އާންމުކޮށް ކޮށްއުޅޭ ކަމެއް ނޫނެވެ. މިކަމަށް ހުއްދައެއްވެސް ނުދެއެވެ. ނޮއިޑާގެ ދެޓަވަރު ވައްޓާލުން އެންމެ ޚާއްސަ ވަނީ މިސަބަބަށްޓަކައެވެ.

މިދެޓަވަރާ ތިރީހަކަށް ފޫޓު ދުރުގައި 12 ފަންގިފިލާގެ ބޮޑު ކޮންޑޮމީނިއަމެއް ހުރެއެވެ. އަދި ވަށައިގެން މިފަދަ 45 ވަރަކަށް މަތީފެންވަރުގެ އިމާރާތްތަކުގައި ހަތްހާހެއްހާ މީހުން ދިރި އުޅެއެވެ. މި އެންމެންނާއި އެމީހުން ގެންގުޅޭ އޮޅު ޖަނަވާރުތައް އާދީއްތަ ދުވަހު ހެދުނު އެހެން ހިސާބުތަކަށް ބަދަލުކުރެވޭނެއެވެ. އެމީހުންނަށް އެނބުރި ގެއަށް ދެވޭނީ ދެޓަވަރު ވައްޓާލާތާ ފަސް ގަޑިއިރު ފަހުންނެވެ.

ދެޓަވަރު ވައްޓާލުމުން އަރާ ހިރަފުހާއި ކުނޑިތައް ބިމުން ފެށިގެން 300 މީޓަރު މައްޗަށް އަރާނެކަމަށްވެއެވެ. އެހެންކަމުން އެއާޕޯޓްތަކުގެ ސަމާލުކަމަށްވެސް ވަނީ މިކަން ގެނެސްފައެވެ.

ދެ ޓަވަރު ވައްޓާލުމަށް ގޮއްވާ ގޮއްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން އިމާރާތްތަކަށް ގުޑުން އަރާނެކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި ވަނީ އުފެދިފައެވެ، ނަމަވެސް ނޮއިޑާގެ ގިނަ އުސް އިމާރާތްތަކަކީ ބިންހެލުމުގެ އަސަރު ކުރިޔަސް ގެއްލުން ނުވާގޮތަށް ފަރުމާކޮށްފައިވާ އިމާރާތްތައްކަމުން އެތަންތަނަށް ގެއްލުން ނުވާނެކަމަށް އެކްސްޕަރޓުން ވިދާޅުވެއެވެ.

މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ ޑެލްހީއަށް ކައްކާގޭސް ފޯރުކޮށްދިނުމަށް ބިމު އަޑިން އަޅާފައިވާ ހޮޅިތަކުގެ މައި ހަބް އޮންނަނީ ދެޓަވަރާ ފަންސާހަކަށް ފޫޓު ދުރުގައިކަމުން އެތަނަށް ގެއްލުން ވެދާނެތީއެވެ.

އާދީއްތަ ދުވަހުގެ ގޮއްވުމަށް ތައްޔާރުވުމުގެ މަސައްކަތަށް ޚާއްސަ ޓީމުތަކެއް ނެގިފައިވާއިރު މި މީހުން ދެޓަވަރުގެ ތިރީސް ފަންގިފިލާއަށް އެތައްސަތޭކަ ފަހަރަކު އަރައި ތައްޔާރުވަމުންދާތާ އެތައް ހަފުތާއެއް ވެއްޖެއެވެ. މިގޮތުން ކަރަންޓު ކެޑޭނެކަން ޔަގީންކޮށް އެސްކެލޭޓަރުތައް ކަނޑާލާ އަދި ބޭނުންކުރާ ގޮވާތަކެއްޗާ ގުޅަންޖެހޭ ވިއްސަކަށްހާސް ކަނެކްޝަން ހުރީ ރަގަޅަށްތޯ އެތައްފަހަރަކު ބަލާފައިވެއެވެ.

ޓަވަރު ވައްޓާލެވުމާއެކު 30 ހާސް ޓަނުގެ ގާކުނޑި އުފެދޭނެކަމަށް ވަނީ ބެލިފައެވެ. ގޮއްވާލާނީ 30 ފަންގިފިލާއިން 18 ފަންގިފިލާ ކަމަށް ވެއެވެ. އެހެން ބައިތައް ހަލާކުވެގެން ފައިބާނީ އަމިއްލަ ޒާތުގައެވެ. މި ގާކުނޑިތައް ބުރައިގެން ނުދޭތޯ ބެލުމަށް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ގޮއްވައި ހަމަޖެހުމަށްފަހު ގާތަކާއި ކުނިތައް ނަގައި ސާފުކުރުމަށް 1200 އެއްހާ ޓްރަކް ހަރަކާތްތެރިވާނެއެވެ. މިތަކެތި ގެންދެވޭނީ ރިސައިކަލްކުރާ ތަނަކަށެވެ.

ޓްވިން ޓަވަރ ގޮއްވުމުގެ މަސައްކަތްކުރާ ކުންފުންޏަކީ މިފަދަ ބިޔަ އިމާރާތްތައް ތަޅާލުމުގެ މަސައްކަތް އާދައިގެ ގޮތެއްގައި ކުރަމުން އަންނަ ބައެކެވެ. މިގޮތުން ބާ އެއާޕޯޓް ޓަރމިނަލްތަކާއި ކްރިކެޓް ސްޓޭޑިއަމަކާއި ބައެއް ބްރިޖްތަކުގެ އިތުރުން ދުންހޮޅިތައް ހިމެނެއެވެ. މިތަނުންވެސް އެންމެ އުނދަގޫވީ ބިހާރުގައި ގަންގާ ކޯރުގެ މަތިން އަޅާފައި އޮތް ބްރިޖެއް ތަޅާލުންކަމަށް އެފަރާތުން ބުނެފައިވެއެވެ. އެކަން ކުރަން ޖެހުނީ ކޯރަށް ގާ ނޭޅޭގޮތަށް ކަމަށްވާތީއެވެ.

ޓްވިންޓަވަރުގެ ގާތައް ނެގުމަށްވެސް އެންމެ މަދުވެގެން ވެސް ތިންމަސްދުވަސް ނަގާނެކަމަށްވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓުވިން ޓަވަރަށް ދިން ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ހަ ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން އީރާނުގެ މައްޗައް ހުކުމް ކޮއްފި

ޓުވިން ޓަވަރަށް ދިން ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ހަ ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން އީރާނުގެ މައްޗައް ހުކުމް ކޮއްފި

02 މެއި 2018
ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، އެކަކު މަރުވެއްޖެ

ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، އެކަކު މަރުވެއްޖެ

08 އެޕްރީލު 2018
ލަކުޑިން ހަދާ އެންމެ އުސްޓަވަރުގެ ކުރެހުން ދައްކާލައިފި

ލަކުޑިން ހަދާ އެންމެ އުސްޓަވަރުގެ ކުރެހުން ދައްކާލައިފި

20 ފެބުރުއަރީ 2018
ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

08 ޖެނުއަރީ 2018
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު