Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލެޓްފޯމް ފަރަށް އެރުން

ފަރަށް އަރާފައިވާ ޕްލެޓްފޯމް ފުންކޮށް އެތަނުން ނަގައިފި

27 އޯގަސްޓު 2022 | ހޮނިހިރު 08:09

އެ ޕްލެޓްފޯމް ފަރަށް އަރައި އެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލައާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 އޯގަސްޓު 2022 | ހޮނިހިރު 08:09
ފަރަށް އަރާފައިވާ ޕްލެޓްފޯމު ނެގުން

ފަރަށް އަރާފައިވާ ޕްލެޓްފޯމު ނެގުން

ތިލަމާލެ ބްރިޖްގެ މަސައްކަތްކުރަމުން އަންނަނިކޮށް މީގެ ހަފުތާއެއް ހާދުވަސް ކުރިން ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް ފުންކޮށް އެތަނުން ނަގައިފިއެވެ.

އެންވައިރަންމެންޓް މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ ޕްލެޓްފޯމް ނަގާފައި ވަނީ ހޮނިހިރު ދުވަހުގެ 12:30ހާއިރު ކަމަށެވެ. އަދި އެ ޕްލެޓްފޯމް ފަރަށް އެރުމުން ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ވަރަށް އަވަހަށް ދިރާސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އެ ޕްލެޓްފޯމް ނަގަން ހަމަޖެއްސި ތާރީހު ފަހަނައަޅާ ދިޔަ އިރުވެސް އެ ޕްލެޓްފޯމު ނެގިފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެ މަޝްރޫއު ހިންގަމުންއަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނީ ޕްލެޓްފޯމް ނުނެގި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. ކުންފުނިން ވަނީ ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެފައިވާ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" (އެސްއީޕީ) ވިލިމާލޭ ފަރަށް ބީހެން ދިމާވީ މޫސުން ގޯސްވެ ވައިގަދަވުމާއި ރާޅު ބޮޑު ވުމުގެ ސަބަބުން ކަމަށް ވެސް ބުނެފައެވެ. އަދި އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ޕްލެޓްފޯމް ނެގުން ލަސްވެ ފަރަށް ގެއްލުންވަމުންދިއުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން، ސަރުކާރަށާއި މި މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏަށް ވަނީ ކުރިމަތިވެފައެވެ.

ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެފްކޮންސް ގުޅިގެން، އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ޕްލެޓްފޯމް ފަރަށް އަރައި އެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލައާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވެފައިވަނީ، އެ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔަކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ފެންވަރު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަރަށް ކައިރިން ބަލައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެންނަ ކަމަށް ހުޝާމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޖޫން 2017

ލ ދަނބިދޫ ފަޅަށް ވަންނަން އުޅުނު ބޯޓެއް ފަރަށް އަރައިފި

08 ޖޫން 2017
ލ ދަނބިދޫ ފަޅަށް ވަންނަން އުޅުނު ބޯޓެއް ފަރަށް އަރައިފި
30 މެއި 2017

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

30 މެއި 2017
ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
28 މެއި 2017

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

28 މެއި 2017
މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި
18 މެއި 2017

ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި

18 މެއި 2017
ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި
10 މެއި 2017

އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ

10 މެއި 2017
އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް