Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދާ އުފުލުމުގެ ގަވާއިދު އިސްލާހުކުރުން

އެއްގަމު އުޅަނދުތަކުގައި މުދާ އުފުލުމުގެ އައު ގަވާއިދެއް، އަގުތަކަށް ވެސް ބަދަލު ގެނެސްފި

27 އޯގަސްޓު 2022 | ހޮނިހިރު 07:52

750 ކިލޯއިން ދަށުގެ އުޅަނދެއް ނަމަ ގަޑިއިރަކަށް ނަގަން ޖެހޭނީ 150 ރުފިޔާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 އޯގަސްޓު 2022 | ހޮނިހިރު 07:52
ބާޒާރުމަތީގެ ފިހާރަތަކުން ޕިކަޕަކަށް މުދާ ބަރުކުރުމުގެ މަސައްކަތް ކުރަނީ

ބާޒާރުމަތީގެ ފިހާރަތަކުން ޕިކަޕަކަށް މުދާ ބަރުކުރުމުގެ މަސައްކަތް ކުރަނީ

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ އައު ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދުގެ ދަށުން ނަގާނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދާއެކު 2017 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ގަވާއިދާއި، އެ ގަވާއިދަށް ގެނެސްފައިވާ ހުރިހާ އިސްލާހެއް ވަނީ ބާތިލުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައު ގަވާއިދާ އެއްގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އައު އަގުތަކަށް ބަލާއިރު މިހާރު މާލެ ސަރަހައްދުގައި މުދާ އުފުލާ 750 ކިލޯއިން ދަށުގެ އުޅަނދެއް ނަމަ ގަޑިއިރަކަށް ނަގަން ޖެހޭނީ 150 ރުފިޔާ އެވެ. އަދި 750 ކިލޯ އާއި 2000 ކިލޯއާ ދެމެދުގެ އުޅަނދުތަކުން ނަގާނީ ގަޑިއިރަކަށް 200 ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އަގުތަކާއި ޚިލާފަށް ދަތުރުކުރާ ފަރާތްތަކާ މެދު ޤާނޫނާ ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ކަނޑައަޅާފައިވާ އައު އަގުތަކަކީ މީގެ ކުރީގެ ގަވާއިދުގެ ދަށުން ނަގަމުން އައި އަގުތަކާ އަޅާ ބަލާއިރު ބޮޑު އަގުތަކެވެ. އެގޮތުން ކުރިއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 10 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އިތުރުވުމެއް އަގުތަކަށް ވަނީ އައިސްފައެވެ. ކުރީގެ ގަވާއިދުގެ ދަށުން 1000 ކިލޯއަށްވުރެ ކުދި އުޅަނދުތަކުން ނަގަމުން އައީ 140 ރުފިޔާއެވެ. އަދި އެއަށްވުރެ ބޮޑެތި އުލަނދުތަކުން ނަގަމުން އައީ ގަޑިއިރަކަށް 180 ރުފިޔާ އެވެ.

މުދާ އުފުލާ އުޅަނދުތަކުން އެ އުޅަނދަކުން ނަގާނެ އަގު އާއްމުކޮށް ފެންނާނެހެން އުޅަނދުގެ ތެރޭގައި ބަހައްޓާފައި ހުންނަން ޖެހޭނެއެވެ. އަދި އެ އުޅަނދަކީ ކިހާ ބަރު މިނެއްގެ މުދާ އުފުލޭވަރުގެ އުޅަނދެއްކަން ވެސް އާއްމުކޮށް ފެންނާނެހެން ޖަހާފައި ހުންނަން ޖެހޭނެއެވެ. އެގޮތުން އުޅަނދުގެ ރަޖިސްޓަރީގައި އެ އުޅަނދެއްގައި އުފުލޭނެ ކަމަށް ކަނޑައަޅާފައިވާ ބަރުދަން، އުޅަނދުގެ ދެ ފަރާތުގެ ކުރީ ދޮރުފަތުގައި ލިޔެފައި އޮންނަން ޖެހޭނެއެވެ. އެ ބަރުދަނަށްވުރެ އިތުރަށް މުދާ އުފުލުމަކީ މަނާ ކަމެކެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މުދާ އުފުލޭނީ C0 އާއި C1 އާއި C2ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދުތަކަށް އެކަންޏެވެ. އެއީ ޕިކަޕާއި ލޮރީ ފަދަ ބޮޑެތި އުޅަނދުތަކެެވެ. ސައިކަލާއި ބައިސްކަލު ފަދަ އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެއެވެ. ބައިސްކަލާއި ހަމައެކަނި ދެ މީހުންނަށް އެރޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދާ އުފުލޭނީ އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް ލައިގެންނެވެ.

މި ގަވާއިދުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމު އުޅަނދުގައި މުދަލާއި ތަކެތި އުފުލާނެ ގޮތް ވެސް ބަޔާންކޮށްފައެވެ. އެގޮތުން، މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ލަނބާލާ ކަންމަތީގައި، މަގުގެ މެދަށްވާ ގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މަގުމައްޗަށް މަޑުކުރުމަކީ މަނާކަމެކެވެ. އަދި ގުދަނަކުން އުޅަނދަށް މުދާ އަރުވައި ބާލަން ވާނީ، ގުދަނުގެ އެތެރޭގައި ބާއްވައިގެން ނުވަތަ މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާ ގޮތަށް އުޅަނދު ބާއްވައިގެން ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް