Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަފްޣާނިސްތާނުގެ އަންހެނުން

މި ހިތްދަތިކަމުގައި ކިހާ ދުވަހަކު އަދި އުޅެންޖެހޭނެތަ؟

26 އޯގަސްޓު 2022 | ހުކުރު 16:15

ނޫސްވެރިއަކަށްވުމުގެ އުންމީދު ކުރާ ކެރިޝްމާ މިހާރު ދަނީ ޕްރައިވެޓް އެޑިއުކޭޝަން ސެންޓަރަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އޯގަސްޓު 2022 | ހުކުރު 16:15
ކެރިޝްމާ ރަޝީދީ އާއި މޮނޭސާ މުބާރޭޒް އަދި ގުލެސްތާން ސަފާރީ

ކެރިޝްމާ ރަޝީދީ އާއި މޮނޭސާ މުބާރޭޒް އަދި ގުލެސްތާން ސަފާރީ

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައީ މިދިޔަ އަހަރުގެ އޮގަސްޓްމަހު އެވެ. އެއީ އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން ތިބި އެމެރިކާ ސިފައިން އެގައުމުން ފޭބުމުގެ އެންމެ ފަހު މަރުހަލާގެ ކަންކަން ކުރިޔަށްދަނިކޮށެވެ. އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރަށް އެއް އަހަރުވެފައިވާއިރު ފާއިތުވެދިޔަ އެއްއަހަރުގެ ތެރޭގައި ތާލިބާނުން ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. ބޭނުންނޫންކަމަށް ބުނެ ތާލިބާނުން އަފްޣާނިސްތާނުގެ އިލެކްޝަން ކޮމިޝަން ވެސް ވަނީ އުވާލާފައެވެ. މީގެއިތުރުން އަންހެނުން ތައުލީމު ހާސިލުކުރުމާއި ގެއިން ބޭރުގައި މަސައްކަތް ކުރުން އެއްކޮށް ވަނީ ހުއްޓުވާފައެވެ. މިކަންތައްތަކާއި ދެކޮޅަށް އެ ޤައުމުގެ ބައެއް އަންހެނުން ވަނީ ނިކުމެ މުޒާހަރާ ވެސް ކޮށްފައެވެ. މިއީ މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

އަންހެނުންނަށް އެކަށޭނެ މިންވަރަށް ހައްގުތައް ހޯދައިދޭނެ ކަމަށް ތާލިބާނުން ބުނި ނަމަވެސް އެ ސަރުކާރަށް އެއްއަހަރު ފުރިގެންދިނަމަވެސް މިގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. އަންހެން ކުދިން ކިޔެވުމަށްދާ ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފައެވެ. ކަން މިހެންހުރިއިރު ކޮންމެވެސް ދުވަހަކުން އެމީހުންގެ ހައްޤުތައް ލިބޭނެކަމުގެ އުންމީދުގައި ތިބި އަންހެނުންގެ އަދަދު މަދެއް ނޫނެވެ. ކެރިޝްމާ ރަޝީދީ އާއި މޮނޭސާ މުބާރޭޒްގެ އިތުރުން ގުލެސްތާން ސަފާރީވެސް ތިބީ މި ނޫން ދުވަހެއް ފެންނާނެ ކަމުގެ އުންމީދުގައެވެ.

ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން އުމުރުން އެންމެ 16 އަހަރުގެ ކެރިޝްމާ އަކީ ގްރޭޑް 9 ގައި ތައުލީމު ހާސިލް ކުރަމުން ދިޔަ ކުއްޖެކެވެ. އެހެންނަމަވެސް މިދިޔަ އަހަރު އޮގަސްޓުން ފެށިގެން އޭނަ ހުންނަން ޖެހެނީ ސްކޫލަށް ނުގޮސް ގޭގައެވެ. އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އަންހެނުންނަށް ޚާއްސަ ސްކޫލުތަކެއް ހޯދައިދޭނެ ކަމަށް ތާލިބާނުން ބުނިނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެއެވެ. ސްކޫލަށް ނުދެވުނަސް ކެރިޝްމާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ނޫސްވެރިޔަކަށްވުމުގެ އުންމީދު ކުރާ ކެރިޝްމާ މިހާރު ދަނީ ޕްރައިވެޓް އެޑިއުކޭޝަން ސެންޓަރަކަށެވެ.

ގާތްގަނޑަކަށް ހަތް މަސްކުރިން ހުޅުވާފައިވާ އެ ޕްރައިވެޓް އެޑިއުކޭޝަން ސެންޓަރުން ހިސާބު، އިނގިރޭސި އަދި ލިޓްރޭޗަރ މާއްދާ އެކި އުމުރުގެ އަންހެނުންނަށް ކިޔަވައިދެއެވެ. މަދު މިކަހަލަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ތާލިބާނުން ވަނީ ދީފައެވެ. ނަމަވެސް އެތަންތަން ހިންގެނީ ޖަސްޓިސް މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ. ކޮންމެ ދުވަހަކު ވެސް ކެރިޝްމާ އާއި އޭނާގެ އުމުރުން 14 އަހަރުކޮއްކޮ ދެ ގަޑީއިރު އެތަނުގައި ކިޔެވުމަށް ހޭދަކުރެއެވެ.

މޮނޭސާ މުބާރޭޒް އަކީ ތާލިބާނުން އެ ޤައުމާއި ހަވާލުވީސުރެން އަންހެނުންގެ ހައްޤުތައް ހޯދުމަށް ވަކާލާތު ކުރަމުން އަންނަ މީހެކެވެ. އޭރު އޭނަ މަސައްކަތް ކުރަމުންދިޔައީ ފިނޭންސް މިނިސްޓްރީގައެވެ. ނަމަވެސް ތާލިބާނުން ވެރިކަމަށް އައުމާއެކު އޭނާގެ ވަޒީފާ ވެސް ގެއްލުނެވެ. އުމުރުން 31 އަހަރުގެ މޮނޭސާއަކީ އިންޓަރނޭޝަނަލް ރިލޭޝަންސް އިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ. މިހާތަނަށް އަންހެނުންގެ ހައްޤުތަކަށް ހޯދުމަށް ގޮވާލަމުން އޭނާ ވަނީ 17 މުޒާހަރާއެއްގައި ބައިވެރިވެފައެވެ.

ހަފްތާއަކު އެއްފަހަރު މޮނޭސާ އާއި އޭނާފަދައިން މި ވިސްނުމުގައި ތިބޭ 10 ވަރަކަށް އަންހެނުން ބައްދަލުވުމެއް ބާއްވައެވެ. އަދި މުޒާހަރާތައް ރާވާ ހިންގާނެ ގޮތާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެމީހުންގެ ހައްޤުތައް ހޯދުމަށް މަސައްކަތް ކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއެވެ.

އުމުރުން 45 އަހަރުގެ ގުލެސްތާން އަކީ ކުރިން ފުލުހެކެވެ. ދެ އަހަރު ކުރިން ކެންސަރުގައި އޭނާގެ ފިރިމީހާ މަރުވިނަމަވެސް ހިތްވަރާއެކު އާއިލާގެ މަސްއޫލިއްޔަތުތަކާއިގެން ދިޔައީ ކުރިއަށެވެ. ތާލިބާނުން ވެރިކަމަށް އައުމުން މޮނޭސާއެކޭ އެއްފަދައިން އޭނާގެ ވަޒީފާ ވެސް ގެއްލުނެވެ. ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން އަފްޣާނިސްތާނުގައި 20،000ށްވުރެން ގިނަ އަންހެނުން ދިޔައީ ފުލުހުންގެ ވަޒީފާ އަދާކުރަމުންނެވެ. މީގެތެރެއިން ގިނަ މީހުން ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. ނަމަވެސް އަންހެނުންގެ ޖަލުތައް ބެލެހެއްޓުމަށް ވަރަށް މަދު އަދަދެއްގެ މީހުން ވަނީ ވަޒީފާގައި ބައިތިއްބާފައެވެ. މިހާރު ގުލެސްތާން އާމްދަނީ ހޯދަނީ ގެތައް ސާފުކޮށްގެންނެވެ. އެ މަސައްކަތް ކޮށްގެން ލިބެނީ ވަރަށް ކުޑަ ފައިސާކޮޅެކެވެ. ކުރިން އޭނާ ފުލުހެއްގެ ވަޒީފާގައި އުޅުނުއިރު 132 ޑޮލަރު މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ލިބިއެވެ. މިހާރު ލިބެނީ ރަނގަޅަށް މަސައްކަތު ގޮސްފިނަމަ 3 ނޫނީ 4 ޑޮލަރެވެ.

ގުލެސްތާންގެ ފިރިހެން ދަރިފުޅަކީ ވެސް ފުލުހެކެވެ. ފަސް މަސް ކުރިން ވަޒީފާއެއް ހޯދުމަށް އޭނާ އިރާނަށް ދިޔައެވެ. އޭނާއަށް ލިބޭ މުސާރައިން އާއިލާއަށް ޚަރަދު ނުކުރެވޭނެކަމަށް ނިންމި ހިސާބުން އެފިރިހެން ދަރިފުޅުގެ ޚަބަރެއް ނުވާކަމަށް ވެސް ގުލެސްތާން ބުންޏެވެ. އާއިލާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ގުލެންސްތާން އެކަންޏެވެ. އެ އާއިލާގައި އޭނަގެ 15 އަހަރުގެ އަންހެން ދަރިފުޅާއި ޅީދަރިފުޅާއި ދެ މާމަ ދަރިން ތިބެއެވެ.

ގުލެސްތާންގެ ފުލުސް ޔުނީފޯމް ތާލިބާނުން އަތުލާފައިވާއިރު ވަޒީފާ އަދާކުރަނިކޮށް ނަގާފައިވާ ފޮޓޯތައް ވެސް އާއިލާއިން ވަނީ އަންދާލާފައެވެ. ފުލުހުންގެ ވަޒީފާގައި 6 އަހަރު ދުވަހު އުޅުނު ހަނދާނަކަށް މިހާރު އޭނާގެ އަތުގައި އޮތީ އެތަނުން ލިބުނު ސެޓްފިކެޓްތައް އެކަންޏެވެ. އެ ސެޓްފިކެޓްތައް ވެސް ހުރީ އޭނާ އެ އެއްޗެހި ވަރަށް ފޮރުވައިގެން ގެންގުޅުނީމައެވެ.

ގުލެސްތާންގެ އޮތީ ހަމަ އެންމެ ދެތިން ސުވާލެކެވެ. އަހަރުމެން މިހާރު މިކަމަކާއި ހުރެ ވަރުބަލިވެއްޖެ، މި ހިތްދަތިކަމުގައި ކިހާ ދުވަހަކު އަދި އުޅެންޖެހޭނެތަ؟ އަންހެނުން ގޭގައި ތިބެންވީ ކިހާ މުއްދަތެއް ވަންދެންތަ؟މި ސުވާލުތަކެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

20 ނޮވެމްބަރު 2017
މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟
25 ސެޕްޓެމްބަރު 2017

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!
30 ޖޫން 2017

އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟

30 ޖޫން 2017
އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
24 އެޕްރީލު 2017

ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

24 އެޕްރީލު 2017
ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް