Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫއިން ހެލްތު ސެންޓަރުތަކަށް އެހީވުން

އުރީދޫއިން އައްޑޫގެ 4 ހެލްތު ސެންޓަރަކަށް ހެލްތު ކިޓު ހަދިޔާކޮށްފި

އުރީދޫ އިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތު ސެންޓަރު އަދި ހެލްތު ޕޯސްޓްތަކަށް ހެލްތު ކިޓް ހަދިޔާ ކުރަން ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޯގަސްޓު 2022 | ބުރާސްފަތި 02:13
އުރީދޫއިން ހެލްތު ކިޓު ހަވާލު ކުރުމުގެ ތެރެއިން

އުރީދޫއިން ހެލްތު ކިޓު ހަވާލު ކުރުމުގެ ތެރެއިން

އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގެ 4 ހެލްތު ސެންޓަރަކަށް ހެލްތު ކިޓުތަކެއް ހަދިޔާކޮށްފިއެވެ.

މިއީ ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް، ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫ އިން ރާއްޖޭގައި ހިންގާ ހުރިހާ ހެލްތު ސެންޓަރަކަށް ދޭ ހެލްތު ކިޓުތަކެއް ކަމަށް އުރީދޫ އިން ބުނެއެވެ. އެ ކުންފުނިން މި އެހީތެރިކަން ދޭން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ބޭއްވި ބައްދަލުކުރެއްވުމަށްފަހުއެވެ.

އުރީދޫގެ އެހީގެ ދަށުން ހެލްތު ކިޓުތައް މިދިޔަ އަންގާރަ ދުވަހު ހަދިޔާކޮށްފައިވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫ އާއި ހުޅުމީދޫ އާއި މަރަދޫ ފޭދޫ ހެލްތު ސެންޓަރުތަކަށެވެ. މި ހެލްތު ސެންޓަރުތަކާ ކިޓުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ޚާލިދުއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތު ސެންޓަރު އަދި ހެލްތު ޕޯސްޓްތަކަށް މި ކިޓްތައް ހަދިޔާ ކުރުމަށް އުރީދޫ އިން ވަނީ ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އުރީދޫއިން ހަދިޔާ ކުރާ ހެލްތު ކިޓުގައި ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނެއެވެ.

އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަނޑުދަނޑި “ގުޑް ހެލްތު އެންޑް ވެލްބީންގް” ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އުރީދޫ އިން ބުނެއެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް އުރީދޫއިން މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވޭ އުރީދޫ ކަލަރ ރަންއަކީ ވެސް މި ބޭނުމުގައި ބާއްވާ ހާއްސަ އިވެންޓެއް ކަމަށް އުރީދޫއިން ބުނެއެވެ.

އިތުރަށް ކިޔާލަން

19 އޯގަސްޓު 2018

ހެކަތަންއަށް ރަޖިސްޓަރީވުމަށް އުރީދޫއިން ހުޅުވާލައިފި

19 އޯގަސްޓު 2018
ހެކަތަންއަށް ރަޖިސްޓަރީވުމަށް އުރީދޫއިން ހުޅުވާލައިފި
07 އޯގަސްޓު 2018

ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫއިން ރަން ވަނަތަކެއް ހޯދައިފި

07 އޯގަސްޓު 2018
ބައިނަލްއަޤްވާމީ އެމްޕްލޮޔަރ ބްރޭޑިންގ އެވަރޑްސްގައި އުރީދޫއިން ރަން ވަނަތަކެއް ހޯދައިފި
28 އޮކްޓޯބަރު 2017

އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި

28 އޮކްޓޯބަރު 2017
އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި
14 ޖުލައި 2017

އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

14 ޖުލައި 2017
އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
17 އެޕްރީލު 2017

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު