Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވް ގޭސް

މޯލްޑިވްސް ގޭސްއިން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ގާއިމްކޮށްފި

މި ޕްލާންޓާއި އެކު ޚިދުމަތް އަވަސްވެގެންދާނެ

| 17 ޖޫން 2017 | ހޮނިހިރު 20:46
މޯލްޑިވްސް ގޭސް ގެ ފަރާތުން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ތައާރަފްކުރުން

މޯލްޑިވްސް ގޭސް ގެ ފަރާތުން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ތައާރަފްކުރުން

މޯލްޑިވް ގޭސް ގެ ފަރާތުން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ގާއިމްކޮށްފިއެވެ.

މި ޕްލާންޓް ތަޢާރުފުކުރުމަށް ހޮނިހިރު ދުވަހުގެރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ، 2013 ވަނަ އަހަރު އެތާގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ ގޭސް ފުޅިތައް އުކާލާ މަންޒަރު ކަމަށާއި މި ކަންތައްތައް ވެގެން ދިޔައީ އޭނާގެ ޟަމީރަށް ޤަބޫލުކުރަން ދަތިކަމެއްގެ ގޮތުގައެވެ.

މައުމޫން އިތުރަށް ވިދާޅުވީ އެދުވަހުން ފެށިގެން މެނޭޖްމަންޓުން އޮޓަމެޓިކް ގޭސް ފިލިންގް ސިސްޓަމެއް ޤާއިމުކުރަން ނިންމިކަމަށާއި އޮޓަމެޓިކް ގޭސް ފިލިންގް ސިސްޓަމް ޤާއިމުކުރެވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މި އޮޓަމެޓިކް ގޭސް ފިލިންގް ސިސްޓަމްގެ ސަބަބުން ކުރިން 4 ގަޑިއިރުން ކުރަމުން އައި މަސައްކަތް މިހާރު 1 ގަޑިއިރު ތެރޭގައި ނިންމާލެވޭ ކަމަށާއި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ދެމުން ގެންދާ ޚިދުމަތްތައް އަވަސް ސްޕީޑެއްގައި ދިނުން ކަމަށެވެ.

މޯލްޑިވްސް ގޭހުން ފުޅިއަށް ގޭސް އެޅުމުގެ މަސައްކަތް ކުރިން މެނުއަލްކޮށް ކުރަމުން ގެންދިޔަ ނަމަވެސް، މި ޕްލާންޓްގެ އެހީގައި ފުޅިތަކަށް އޮޓަމެޓިކުން ގޭސް އެޅުމުގެ ނިޒާމު ހަމަޖެހިގެންދާނެއެވެ.

މި ޕްލާންޓްގެ އިތުރުން މޯލްޑިވްސް ގޭސް ގެ ފަރާތުން ވަނީ އެ ކުންފުނީގެ ތިލަފުށީ ސައިޓުގައި ކޮންވޭޔަރ ސިސްޓަމެއްވެސް ޤާއިމުކޮށްފައެވެ. މި ސިސްޓަމްގެ ސަބުބުން ގޭސްފުޅިތައް ޑިސްޓިބިޔުޝަން ޔުނިޓްގެ ތެރެއިން ދޯންޏާ ހަމައަށް ފޯރުކުރެވިގެންދެއެވެ.

މި ޚިދުމަތް ތަޢާރުފު ކުރުމަށް ހޮނިހިރު ދުވަހުގެރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
22 ފެބުރުއަރީ 2017

ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި

22 ފެބުރުއަރީ 2017
ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު