Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލް ޕްރޮޖެކްޓްތައް

ބިލެއްފަހި، ކަނޑިތީމު، ގޮއިދޫ އަދި ނޫމަރާ ސްކޫލްގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް 4 މަސް ފަހުން މިނިސްޓަރު ދެއްވައިފި

23 އޯގަސްޓު 2022 | އަންގާރަ 06:15

ބިލެއްފަހި ސްކޫލްގެ މަލްޓްޕަރޕަސް ހޯލުގެ ބިޑް ނެގި އިވެލުއޭޝަންގެ މަސައްކަތް ވަނީ ނިމިފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޯގަސްޓު 2022 | އަންގާރަ 06:15
ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ

ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ

ށ. ބިލެއްފަހި، ކަނޑިތީމު، ގޮއިދޫ އަދި ނޫމަރާ ސްކޫލްގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހޯދުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއާއި ކުރެއްވި ސުވާލުގެ ޖަވާބު ލިޔުމުން އަންގާރަ ދުވަހު ދެއްވައިފިއެވެ.

25 އެޕްރީލް 2022 ގައި ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަކީ ށ. ބިލެއްފަހި، ށ. ކަނޑިތީމު އަދި ށ. ގޮއިދޫ، މި ތިން ރަށުގެ މަލްޓިޕަރޕަސް ހޯލުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެންދާ ސަބަބަކީ ކޮބައިތޯއާއި އަދި ށ. ނޫމަރާ ސްކޫލްގެ އިތުރު ކްލާސްރޫމްތަކުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބަކީ ކޮބައިތޯއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުގެ ސުވާލަށް މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބު އަމީން އާންމު ވަނީ އިއްވައިދެއްވާފައެވެ. މި ޖަވާބުގައި ވަނީ ށ. ބިލެއްފަހި ސްކޫލްގެ މަލްޓްޕަރޕަސް ހޯލު އިމާރާތުގެ މަސައްކަތް ކުރުމަށް ޓެންޑަރ ބޯޑަށް 19 ޑިސެމްބަރު 2021 ގައި ފޮނުވި 17 ޖެނުއަރީ 2022 ގައި އިއުލާންކުރެވި އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތު ފުރިހަމަވެފައި ނުވާތީ ދެވަނަ ފަހަރަށް 31 މާޗް 2022 ގައި އިއުލާންކުރެވި 26 އެޕްރީލް 2022 ގައި ބިޑް ނެގި އިވެލުއޭޝަންގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި ހަފްތާގައި ޓެންޑަރ ބޯޑަށް ހުށަހެޅޭނެކަމަށެވެ.

ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދުރަސާ މަލްޓިޕަރޕަސް ހޯލު އިމާރާތުގެ މަސައްކަތް ކުރުމަށް ފުރަތަމަ ފަހަރަށް އިއުލާންކުރެވި އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތު ފުރިހަމަ ނުވާތި ދެވަނަ ފަހަރަށް 21 މާޗް 2022 ގައި އިއުލާންކޮށްގެން ވެސް އެއްވެސްފަރާތަކުން ޝަރުތުފުރިހަމަވެފައި ނުވާތީ ސިންގަލް ސޯސްގެ ދަށުން ކުރިއަށް ގެންދިއުމަށް 1 ޖޫން 2022 ގައި ޕްރޮޕޯސަލްއަށް ހުޅުވާލެވި 5 ޖޫން 2022 ގައި ޕްރޮޕޯސަލްތައް ނެގި މިހާރު ކުރިއަށް ދަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި ށ. ގޮއިދޫ 8 ކްލާސްރޫމުގެ މަސައްކަތް އިއުލާން ކުރުމަށް ޓެންޑަރ ބޯޑަށް 19 ޑިސެމްބަރ 2021 ގައި ފޮނުވި 23 ޑިސެމްބަރ 2021 ގައި އިއުލާންކުރެވި އިވެލުއޭޝަންގައި އެއްވެސް ފަރާތަކުން ޝަރުތު ފުރިހަމަވެފައި ނުވާތީ ދެވަނަ ފަހަރަށް 21 ފެބްރުއަރީ 2022 ގައި އިއުލާންކުރެވި 8 މާޗް 2022 ގައި ބިޑް ނެގި އިވެއުލޭޝަން ނިމި ފިނޭންސް މިނިސްޓްރީގެ ކޮމިޓީއަށް ވަނީ ހުށަހެޅިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހަފްތާ ތެރޭގައި ބޯޑުން ނިންމާނެކަމަށް ޓެންޑަރ ބޯޑުން ދަންނަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ށ. ނޫމަރާ 4 ކްލާސް ރޫމްގެ މަސައްކަތް 22 ނޮވެމްބަރ 2021 ގައި އިއުލާންކުރެވި އިވެލުއޭޝަންގައި އެއްވެސް ފަރާތެއް ޝަރުތު ފުރިހަމަވެފައި ނުވާތީ 16 ފެބްރުއަރީ 2022 ގައި ދެވަނަ ފަހަރަށް އިއުލާންކުރެވި، 2 މާޗް 2022 ގައި ބިޑް ނެގި އިވެލުއޭޝަން ނިމި 21 އެޕްރީލް 2022 ގައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ އެވޯޑްކުރެވިފައެވެ. އަދި 10 މެއި 2022 ގައި މި އިމާރާތުގެ މަސައްކަތް 4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 190 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ސޮއިކުރެވިފައެވެ. އަދި 17 ޖޫން 2022 ގައި ބިން ހަވާލުކުރެވި ވަނީ އަމަލީ މަސައްކަތް ފެށިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖޫން 2019

ވައިކަރަދޫ ސްކޫލްގައި ތިން ބުރީގެ 12 ކްލާސްރޫމް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

07 ޖޫން 2019
ވައިކަރަދޫ ސްކޫލްގައި ތިން ބުރީގެ 12 ކްލާސްރޫމް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ
20 މާރިޗު 2019

ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި

20 މާރިޗު 2019
ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި
12 ޖެނުއަރީ 2019

ނޫމަރާ ނެރަށް އެރި ދޯނި ފުނޑުފުނޑުވެ، ބަނދަރަށް ވެސް ގެއްލުން ވެއްޖެ

12 ޖެނުއަރީ 2019
ނޫމަރާ ނެރަށް އެރި ދޯނި ފުނޑުފުނޑުވެ، ބަނދަރަށް ވެސް ގެއްލުން ވެއްޖެ
28 ޖުލައި 2018

އަޅުގަނޑުމެންގެ ސަރުކާރެއްގައި ގޮއިދޫގައި ނަރުދަމާ އާއި ބޯފެނުގެ ނިޒާމް ގާއިމު ކޮށްދޭނަން: އިބޫ

28 ޖުލައި 2018
އަޅުގަނޑުމެންގެ ސަރުކާރެއްގައި ގޮއިދޫގައި ނަރުދަމާ އާއި ބޯފެނުގެ ނިޒާމް ގާއިމު ކޮށްދޭނަން: އިބޫ
02 ޖުލައި 2018

ބިންގާގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ލ. މާވަށު ސްކޫލްގައި ފަށައިފި

02 ޖުލައި 2018
ބިންގާގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ލ. މާވަށު ސްކޫލްގައި ފަށައިފި
08 އެޕްރީލު 2018

ވާނީ ޓްރެއިނިން ސްކޫލްގައި އުޅުނު ފުލުހަކު މަރުވެއްޖެ

08 އެޕްރީލު 2018
ވާނީ ޓްރެއިނިން ސްކޫލްގައި އުޅުނު ފުލުހަކު މަރުވެއްޖެ
04 މާރިޗު 2018

ކަނޑިތީމުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބިންދާލައިގެން ފުލުހުން ގެންގޮސްފި

04 މާރިޗު 2018
ކަނޑިތީމުގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބިންދާލައިގެން ފުލުހުން ގެންގޮސްފި
20 ޖެނުއަރީ 2018

ށ. ނޫމަރާ ސުކޫލްގެ ކުދިން ފާޚާނާ ކުރަން ދާންޖެހެނީ ގެއަށް!

20 ޖެނުއަރީ 2018
ށ. ނޫމަރާ ސުކޫލްގެ ކުދިން ފާޚާނާ ކުރަން ދާންޖެހެނީ ގެއަށް!
08 ޑިސެމްބަރު 2017

ބ. ގޮއިދޫގައި ބަޔަކު ކާނާ ވިހަވެގެން ފަރުވާދެނީ !

08 ޑިސެމްބަރު 2017
ބ. ގޮއިދޫގައި ބަޔަކު ކާނާ ވިހަވެގެން ފަރުވާދެނީ !
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް