Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ.ނޫމަރާ

ނޫމަރާ ނެރަށް އެރި ދޯނި ފުނޑުފުނޑުވެ، ބަނދަރަށް ވެސް ގެއްލުން ވެއްޖެ

އެސަރަހައްދަށް ވަނީ ތެޔޮތައް ފެތުރިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖެނުއަރީ 2019 | ހޮނިހިރު 05:22
ނެރުމައްޗަށް އެރި ދޯނި ހަލާކުވެފައި

ނެރުމައްޗަށް އެރި ދޯނި ހަލާކުވެފައި

ށ. ނޫމަރާ ނެރުގެ ފައިކައްޓައް އެރި ދޯނި އެއްކޮށް ހަލާކުވެ، ބަނދަރު ހިމާޔަތް ކުރުމަށް ހަދާފައިވާ ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނޫމަރާ ކުރީގެ ކައުންސިލްގެ ރައީސް އަހްމަދު ވިޝާން ވިދާޅުވީ އެ ދޯންޏަކީ އެރަށުގެ އިންޖީނުގެ ގެއަށް ބޭނުންވާ ތެޔޮ ހިފައިގެން އައި ދޯންޏެއް ކަމަށާއި، ތެޔޮ ހުސްކުރުމަށްފަހު ނުކުންނަން ދިޔަ ވަގުތު މިދިޔަ ހޮނިހިރު ދުވަހު ފައިކައްޓަށް އެރީ ކަމަށެވެ.

Advertisement - newsAdvertisement

ވިޝާން ވިދާޅުވީ ފައިކައްޓަށް އެރިއިރު، ދޯނީގައި މާގިނަ ތެޔޮނެތް ކަމަށާއި، ނަމަވެސް ދޯނީގެ އިންޖީނު ޓޭންކްގައި ހުރި ތެޔޮތައް މުޅި ހިސާބަށް ފެތުރިގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނި ފުން ނުކުރެވި މިހާރު އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، ދޯނީގެ ބައިތައް ނެއްޓި އޮޔާދާ ކަމަށެވެ.

"ރާއްޖެއެމްވީ"އަށް ލިބިފައިވާ ދޯނީގެ ފޮޓޯތަކުން ވެސް ފެންނަނީ ނެރަށް އެރި ދޯނި ހަލާކުވެ، ފުނޑުފުނޑުވެފައިވާތަނެވެ.

ދޯނީގެ ބައެއް ބައިތައް ރަށުގެ ގޮނޑު ދޮށަށް ވެސް ލައްގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދޯނީގެ ޓޭންކްގެ ބައިތަކުން ބަނދަރުގެ ހިމާޔަތް ކުރުމަށް ޖަހާފައިވާ ތޮށިގަނޑުގައި ޖެހި ބޮޑެތި ގެއްލުން ތަކެއްވެފައިވާ ކަމަށެވެ. ވިޝާން ވިދާޅުވީ މިތޮށިގަނޑަކީ ރަށުގެ މާލިއްޔަތުން ހިންގާފައިވާ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި، ތޮށިގަނޑު ހެދުމަށް 700،000 ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ.

ދޯނީގެ ބައިތައް ރަށުގެ ގޮނޑުދޮށަށް ލައްގާފައި

ވިޝާން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު 11:50 ހާއިރު، ދޯނި ފައިކައްޓަށް އެރުމާއެކު އާންމުންނާއި، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުން ކުރުމުގެ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ މޫސުން ގޯސްވެ ރާޅުބޮޑުވުމުން ކަމަށެވެ.

މީގެ އިތުރުން ވިޝާން ވިދާޅުވީ ބަނދަރު ހެދީއްސަރު ނޫމަރާ ކަނޑިމައް އިންނަ ފައިކަށި ނުޖަހާ ކަމަށާއި، އެ ސަބަބާ ހުރެ، މިފަދަ ހިތާމަވެރި ހާދިސާ ހިނގަނީ ކަމަށެވެ.

"ރައްޔިތުންގެ އަގުބޮޑި މުދާ ހަލާކުވެގެންދާތީ ވަރަށް ކަންބޮޑުވޭ. އުންމީދު ކުރަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް ދާދި އަވަސް ހަލެއް ލިބިގެން ދިއުން. ވަރަށް ކުރީއްސުރެ އަޅުގަނޑުމެން މިކަންބޮޑުވުންތައް ހިއްސާ ކުރަމުން އައީ. އެކަމަކު ކުރީގެ ސަރުކާރުން މިކަމަށް އެއްބާރުލުމެއް ނުދިން" ވިޝާން ވިދާޅުވިއެވެ.

50 ފޫޓުގެ އަބާރަނާ ނަމަކަށް ކިޔާ ދޯންޏަކީ ށ. ކޮމަންޑޫ ދޯންޏެވެ. މިދޯންޏަކީ އަބަދު ވެސް އެރަށުގެ އިންޖީނުގެއަށް ތެޔޮ ގެނެސްދޭ ދޯންޏެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

25 މެއި 2017
އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ
18 މެއި 2017

ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

18 މެއި 2017
ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ
30 މާރިޗު 2017

މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

30 މާރިޗު 2017
މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު