Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީން ކުރިޔަށްގެންދިޔަ މަޝްވަރާތައްް

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް އޭސީސީން ބުރުނާއީގެ އޭސީސީގެ އިސްވެރިންނާ ބައްދަލުކޮށްފި

23 އޯގަސްޓު 2022 | އަންގާރަ 02:33

އޭސީސީން އެދުނު ފަދައިން އެޤައުމުން އަމަލުކުރާ އުޞޫލުތައް ޙިއްސާކޮށް އެހީތެރިކަން ފޯރުކޯށްދިނުމަށް ތައްޔާރަށް ތިއްބެވިކަމަށް ބުރުނާއީ އޭސީސީން ހާމަކުރި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2022 | އަންގާރަ 02:33
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރުނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރުނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ކޮރަޕްޝާނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޖުރިބާ ހޯދުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރުނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 

މިކަމުގެ މަޝްވަރާ ކުރެވިފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި، ބުރުނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިންގެ މެދުގައި ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ހަރުދަނާކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައިނަލްއަޤްވާމީ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

އަދި ބުރުނާއީ އަކީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް އެ ޤައުމުގެ ރައްޔިތުންނާއި ގުޅިގެން ކުރާ ޤައުމެއްކަން ފާހަގަކުރައްވައި، އެކަމުން އޭސީސީއަށް ތަފާތު ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެކަމަށް ވިދާޅުވިއެވެ. 

މިބައްދަލުކުރެއްވުމުގައި ބުރުނާއީގެ އެންޓި ކޮރަޕްޝަން ބިއުރޯގެ ވެރިޔާ، ހާޖާ އަނީފާ ބިންތި ހާޖީ އަބްދުލްޣަނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ބުރުނާއީ ފަދަ ކުދި ޤައުމުތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުން އެއް ޤައުމު އަނެއް ޤައުމަށް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މިފަދަގޮތަކަށް ބައްދަލުވެ މަޝްވަރާކުރެވިގެން ދިއުމަކީ މުހިއްމުކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި އޭސީސީން އެދުނު ފަދައިން އެޤައުމުން އަމަލުކުރާ އުޞޫލުތައް ޙިއްސާކޮށް އެހީތެރިކަން ފޯރުކޯށްދިނުމަށް ތައްޔާރަށް ތިއްބެވިކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތްކުރުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުން އެޤައުމަށް ދަތުރުފުޅެއް ކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސަށާއި ޓީމަށްވަނީ ދަޢުވަތުދެއްވާފައެވެ.

ބުރުނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލްގެ އިތުރުން، ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު ޠާހާ މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ޝިޔާމާ މުޙައްމަދުގެ އިތުރުން ކޮމިޝާނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޞަލީމް ބައިވެރިވެވަޑައިގެންނެވިއެވެ. 

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް