Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަސެމީރޯ މެންޗެސްޓަރ ޔުނައިޓެޑަށް

މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވަނީ ފައިސާއަށްޓަކައެއްނޫން- ކަސެމީރޯ

22 އޯގަސްޓު 2022 | ހޯމަ 15:13

ކަސެމީރޯ ރެއާލްއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 22 އޯގަސްޓު 2022 | ހޯމަ 15:13
ކަސެމީރޯ، ރެއާލްއާއެކު ހޯދި ތަށިތަކާއެކު - ފޮޓޯ: ރެއާލް މެޑްރިޑް

ކަސެމީރޯ، ރެއާލްއާއެކު ހޯދި ތަށިތަކާއެކު - ފޮޓޯ: ރެއާލް މެޑްރިޑް

ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދޫކޮށް, ޗެމްޕިއަންސްލީގުގައި ކުޅުމުގެ ފުރުސަތު ނެތް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވަނީ ފައިސާގެ ދަހިވެތިކަމުގައި ނޫންކަމަށް ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ ބުނެފިއެވެ.

ރެއާލް މެޑްރިޑާއެކު ފަސް ފަހަރު ޗެމްޕިއަންސްލީގު ކާމިޔާބުކުރި މިޑްފީލްޑަރ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 30 އަހަރުގެ މިޑްފީލްޑަރ ހިމެނެނީ އެކްލަބްގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައެވެ. މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ކަސެމީރޯ ހޯދުމަށް ރެއާލްއަށް 70 މިލިއަަން ޕައުންޑް ދީފައެވެ. ކަސެމީރޯ ބުނީ ނުވަ އަހަރު ރެއާލް މެޑްރިޑްގައި ހޭދަކުރުމަށްފަހު ބަދަލުވަނީ ދުނިޔޭގެ އެންމެ ބޮޑު ކްލަބަށްކަމަށެވެ. ކަސެމީރޯ ބުނީ އޭނާ ކްލަބް ބަދަލުކުރަނީ ފައިސާއަށްޓަކައި ކަމަށް ބުނާ މީހުންގެ ގަބޫލުކުރުން ގޯސްކަމަށާއި, ފައިސާއަށްޓަކައި ކްލަބް ބަދަލުކުރާނަމަ މީގެ ތިން ހަތަރު އަހަރު ކުރިން އެނިންމުން އޮންނާނީ ނިންމާފައިކަމަށެވެ.

ކަސެމީރޯ ބުނީ ރެއާލްއިން އޭނާއާމެދު ކަންތައްކުރީ ވަރަށް ރަނގަޅަށް ކަމަށާއި, ކްލަބް ބަދަލުކުރުމަކީ އޭނާގެ އަމިއްލަ ނިންމުމެއްކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށްފަހު އެޖެންޓާ ވާހަކަ ދެއްކިކަމަށެވެ. ކްލަބް ބަދަލުކުރަންވީ ވަގުތު ޖެހިއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވޭކަން އެޖެންޓްގެ ސަމާލުކަމަށް ގެނައިކަމަށް، ކަސެމީރޯއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާތަކުން ވަނީ ރިޕޯރޓްކޮށްފައެވެ. ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވާއިރު އޭނާއާއެކު ރެއާލްއަށް ކުޅުނު ދެ ކުޅުންތެރިން ޔުނައިޓެޑްގައި އެބަތިއްބެވެ. އެއީ ރޮނާލްޑޯއާއި ވެރާންއެވެ.

ކަސެމީރޯ ބުނީ ރެއާލްގައި އޭނާކުރި މަސައްކަތް ޔުނައިޓެޑްގައިވެސް ކޮށް, ޔުނައިޓެޑާއެކު ލީގު ހޯދަން ބޭނުންވާކަމަށެވެ. އޭނާ ހުރީ ފިޓްކޮށް ކަމަށާއި, ކްލަބް ބަދަލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވެސް ކަސެމީރޯ ބުންޏެވެ. ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް ވިދާޅުވީ ކަސެމީރޯގެ ނިންމުމަށް އިހުތިރާމް ކުރާކަމަށާއި, ކުޅުންތެރިޔާގެ ނިންމުން ނިންމުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށެވެ. އެކަމަކު ކަސެމީރޯއަކީ ރެއާލްގެ އެމްބެސެޑަރެއްކަމަށާއި, ކޮންމެ ވަގުތަކުވެސް ރެއާލްގައި އޭނާއަށް ފުރުސަތު އޮންނާނެކަމަށް ޕެރޭޒް ވިދާޅުވިއެވެ.

ކަސެމީރޯ ވަނީ މިސީޒަންގައި ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި އަލްމީރިޔާއާ ދެކޮޅަށް ކުޅެފައެވެ. ރެއާލް ދޫކޮށްލަނީ ކްލަބަށް 336 މެޗު ކުޅެދީފައެވެ. ޗެމްޕިއަންސްލީގު ފަސް ފަހަރު, ލީގު ތިންފަހަރު ހޯދިއެވެ. ބްރެޒިލްގެ ސައުޕޯލޯއިން ކަސެމީރޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ
24 އެޕްރީލު 2017

ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!

24 އެޕްރީލު 2017
ޔުނައިޓެޑަށް އުއްމީދެއް، ލިވަޕޫލް އުނދަގޫތަކެއް!
07 އެޕްރީލު 2017

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް