Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް މެމްބަރުންގެ އިނާޔަތް

މެންބަރުކަން ކޮށްފައިވާ މީހަކަށް ލިބޭ މާލީ އިނާޔާތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

22 އޯގަސްޓު 2022 | ހޯމަ 08:35

މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ މާލީ އިނާޔަތުގެ އިތުރުން ބައެއް އިތުރު އިނާޔަތްތައްވެސް އުނިކުރަން ވަނީ ހުށަހަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޯގަސްޓު 2022 | ހޯމަ 08:35
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީޖހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް ލިބޭ މާލީ އިނާޔާތްތަކަށް ބަދަލު ގެންނަން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެމްބަރު އުޝާމު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ 1 ނުވަތަ 2 ދައުރު މެމްބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްތަކެއް ކަނޑައަޅާފައިވާ އިރު، ދައުލަތަށް އެތަކެއް އަހަރު ހިދުމަތްކޮށްފައިވާ ފަރާތަކަށް ލިބޭ އިނާޔަތްތަކާއި ނުބައްދަލު އިނާޔަތްތަކެއް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މީހަކަށް ދިނުމަކީ އިންސާފުވެރިކަމަކަށް ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮލާމުންދާތީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަންޖެހޭ މަޖިލީހެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ދެކޭތީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތަކަށް ލިބޭ ހިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުން ކަމަށެވެ.

މި ގާނޫނުގެ 8 ވަނަ މާއްދާ އުނިކުރުމަށް އުޝާމް ވަނީ ހުށަހަޅުއްވާފައެވެ. ހިދުމަތުގެ އިނާޔަތް އަރިމަތީ ސުރުހީގެ ދަށުން ހިމަނާފައިވާ މި މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ 1 ދައުރު މެމްބަރުކަން ކުރައްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ އަދި 2 ދައުރު މެމްބަރުކަން ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 އިންސައްތަ ދައުލަތުން ދޭންވާނެ ކަމަށެވެ.

އަދި މި މާލީ އިނާޔަތްތައް ލިބޭނީ އެ މެމްބަރަކު މަޖިލީހުން ވަކިކުމަށްފަހު އުމުރުން 55 އަހަރުފުރުމަށްފަހުގައި ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އެއްވެސް އިސް ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށާއި، މާލީ ޢިނާޔަތް ލިބޭކަމުގައިވާނަމަ ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ ޢިނާޔަތެއް ދައުލަތުން ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

މެމްބަރު އުޝާމް ހުށަހެޅުއްވީ މި އިނާޔަތްތައް އުވާލުމަށެވެ. ހޯމަ ދުވަހުގެ ޖަލްސައަށް މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް