Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ ސިޔާސީ މަސްރަހު

އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލައިފި

އިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން އުޅެނީ އޭނާގެ އަޑު ސަޕޯޓަރުންނާ ހަމަޔަށް ފޯރިޔަ ނުދޭން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 22 އޯގަސްޓު 2022 | ހޯމަ 08:19
އިމްރާން ޚާން - ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު

އިމްރާން ޚާން - ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޕާކިސްތާން ފުލުހުން، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ދައުވާ އުފުލައިފި އެވެ. މިކަމާ ގުޅިގެން އިމްރާން ޚާންގެ ސަޕޯޓަރުންގެ އެތައް ހާސް ބަޔަކު ވަނީ އިސްލާމް އާބާދުގައި ހުންނަ އޭނާގެ ގެކޮޅު ކައިރިއަށް އެއްވާން ފަށާފައެވެ. އަދި އިމްރާން ޚާން ހައްޔަރުކޮށްފިނަމަ އެކަމުގެ ބަދަލު ހިފާނެ ކަމަށް އެމީހުން ދަނީ ގޮވަމުންނެވެ.

މިދިޔަ އެޕްރިލް މަހު މަގާމުން ދުރު ކުރެވުނު ފަހުން އިމްރާން ޚާން ގެންދަވަނީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރަށާއި އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ފުލުހުން އިމްރާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާގެ ގާތް އެއިޑްއަކަށް ފުލުހުން ބިރުދައްކާ ޓޯޗަރކޮށްފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. އިމްރާން ޚާންގެ މައްޗަށް އުފުލުނު ދައުވާގެ ކުރިން އެއިޑް ޝަޚްބާޒް ގިލް ހުރީ ގައުމުގައި ބިރުވެރިކަމާ ފަސާދަ އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ހޮނިހިރު ދުވަހު ދެއްވި އާންމު ތަގުރީރެއްގައި އިމްރާން ޚާން ވަނީ އޭނާގެ އެއިޑް ހައްޔަރުކޮށް އޭނާއަށް އަނިޔާކޮށް ބިރުދައްކަމުން ދާކަމަށް ވިދާޅުވެ ޕޮލިސް ޗީފް އަދި އަންހެން ފަޑިޔާރަކު ކުށްވެރި ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އެމީހުންގެ ކިބައިން ބަދަލު ހިއްޕަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ދައުލަތުގެ އިސް ފަރާތްތަކަށް އެގޮތަށް އިންޒާރު ދެއްވާ އިމްރާން ޚާން ވާހަކަފުޅު ދެއްކެވުމަކީ އެންޓި ޓެރަރިޒަމް ގާނޫނާ ޚިލާފް އަމަލެކެވެ.

އިމްރާން ޚާންގެ ތަގުރީރުތަކުގައި ނަފްރަތު އުފެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ، ޕާކިސްތާންގެ މީޑިޔާގެ ކަންތައްތައް ރެގިއުލޭޓް ކުރާ އިދާރާއިން މިހާރު ވަނީ އިމްރާން ޚާންގެ ތަގުރީރުތައް ލައިވްކޮށް ގެނެސްދޭ ޗެނެލްތައް ބަންދު ކުރާނެ ކަމަށް ވެސް އަންގާފައެވެ. މިކަމާ ގުޅިގެން އިމްރާން ޚާން ވިދާޅުވީ ސަރުކާރުން އޭނާގެ މައްޗަށް ސެންސަރުގެ އަމުރު ހިންގަން އުޅޭ ކަމަށާއި އޭނާގެ ސަޕޯޓަރުންނާ ހަމަޔަށް އޭނާގެ އަޑު ފޯރިޔަ ނުދޭން އުޅެނީ ކަމުގައެވެ.

ސަރުކާރުން އޭނާއަށް ޔޫޓިއުބްވެސް ބަންދު ކޮށްލި ކަމަށް އިމްރާން ޚާން ތުހުމަތު ކުރައްވާފައިވެއެވެ.

މިދިޔަ މަހު ޕަންޖާބްގައި ބޭއްވުނު ޕްރޮވިންޝަލް އެސެމްބްލީ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ބަލިކޮށް އިމްރާން ޚާންގެ ޕީޓީއައި ޕާޓީއަށް ވަނީ ވަރަށް ފުރިހަމަ ކާމިޔާބެއް ލިބިފައެވެ. އަދި ގިނަ ބަޔަކު ދުށް ގޮތުގައި އިމްރާން ޚާން ގޮވާލައްވާގޮތަށް ގައުމުގައި އަވަސް އިންތިޚާބެއް ބާއްވައިފި ނަމަވެސް، ނަތީޖާއަކަށް ވާނީ އިމްރާން ޚާން އިންތިޚާބް ކާމިޔާބު ކުރެއްވުމެވެ.

އިމްރާން ޚާން ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވީ 2018 ގައެވެ. އޭނާގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެގައުމުގެ ބާރުގަދަ އަސްކަރިޔާ އޭނާއާއި ފެއަށް ޖެހުނެވެ. އެއަށް ފަހު ޕާޓީއިން މަޖިލިސް މެމްބަރުންތަކެއް ވެސް ވަކިވެފައިވަނިކޮށް، ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓަކުން ބަލިވެވަޑައިގެން މަގާމުން ވަކިވާން ޖެހިވަޑައިގަތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު