Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އަމިއްލަ ދަނޑުގައި ވިލަރެއާލް އަތުން އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެ

އެތުލެޓިކޯ ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ވިލަރެއާލް އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2022 | ހޯމަ 03:15
ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ވިލަރެއާލާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.

ލީގުގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ވެސް ވަނީ މޮޅުވެފައެވެ. އެތުލެޓިކޯގެ ދަނޑުގައި ވިލަރެއާލުން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ވަނީ މަސައްކަތްކޮށްފައެވެ. ވިލަރެއާލުން ލަނޑެއް ޖެހުމަށް ކުރި މަސައްކަޔް ކާމިޔާބުކުރެވުނީ ދެ ވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ޔެރެމީ ޕިނޯ ވަނީ ލަނޑެއް ޖަހައި ވިލަރެއާލަށް ލީޑު ނަގައިދީފައެވެ.

ވިލަރެއާލްގެ ލަނޑަށްފަހު އެތުލެޓިކޯއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ނަހުއެލް މޮލިނާއަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް އެތުލެޓިކޯއިން މަސައްކަތް ކުރަމުން ދަނިކޮށް، ވިލަރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު ޖެރާޑް މޮރޭނޯ ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯ އިން ވަނީ 1-0 އިން ވެލެންސިއާ ބަލިކޮށްފައެވެ.

އެތުލެޓިކޯ ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ވިލަރެއާލް އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް ވިލަރެއާލް ކުރި ހޯދާފައިވަނީ ފައިދާ ގޯލުންނެވެ. ވިލަރެއާލް އަތުން ބަލިވި އެތުލެޓިކޯ އޮތީ ތިން ޕޮއިންޓާއެކު އަށް ވަނަ މަގާމުގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު