Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަފްޣާނިސްތާނުގެ އާޘާރުތައް

އަފްޣާނިސްތާނުގެ އާޘާރުތައް އެ ޤައުމާ ހަވާލު ކުރަން ގޮވާލައިފި

އެ ދާރުލްއާޘާރުގެ އެންމެ ގަދަފަދަ ދުވަސްވަރުގައި، ޘަޤާފީ އަދި ތާރީޚީ ގޮތުން އަގުހުރި 1 ލައްކައެއްހާ އައިޓަމް ހުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2022 | އާދީއްތަ 05:12
ލޫޓުވުމުގެ ޝިކާރައަކަށް ވެފައިވާ އެ ދާރުލްއާޘާރުން 70 ޕަސެންޓް ސާމާނު ގެއްލިފައިވޭ، ނަމަވެސް ފަހުން މަސައްކަތްކޮށް މުޅިން އަލަށް އިތުރު 35000 އައިޓަމެއް، 2003 ވަނަ އަހަރުގެ ފަހުން ހޯދާފައިވޭ

ލޫޓުވުމުގެ ޝިކާރައަކަށް ވެފައިވާ އެ ދާރުލްއާޘާރުން 70 ޕަސެންޓް ސާމާނު ގެއްލިފައިވޭ، ނަމަވެސް ފަހުން މަސައްކަތްކޮށް މުޅިން އަލަށް އިތުރު 35000 އައިޓަމެއް، 2003 ވަނަ އަހަރުގެ ފަހުން ހޯދާފައިވޭ

ވަރުގަދަ ހަނގުރާމައެއް ދިގުލާދިޔަ އަފްޣާނިސްތާނުގެ ހައިޖާނުގަނޑުގެ ތެރޭގައި އެކި ފަރާތްތަކުން ޤަވައިދާ ޚިލާފަށް ކޮނެގެންނާއި ލޫޓުވައިގެން އަތުލާ، ނަގާފައިވާ އާޘާރުތައް، ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރުމަށް، އަފްޣާނިސްތާނުގެ ޤައުމީ ދާރުލްއާޘާރު ބަލަހައްޓާ ފަރާތުން ގޮވާލައިފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ކާބުލްގެ ދެކުނުގައި، އެ ޤައުމުގެ ޤައުމީ ދާރުލްއާޘާރު ބިނާ ކުރީ 1919 ވަނަ އަހަރުއެވެ. އަދި ރަސްމީކޮށް އެ ދާރުލްއާޘާރު ހުޅުވީ 1924 ވަނަ އަހަރުގެ ތެރޭގައެވެ.

އަފްޣާނިސްތާނުގެ ޤައުމީ ދާރުލްއާޘާރަކީ މުއްސަނދި ދާރުލްއާޘާރެކެވެ. މީގެ 50000 އެތައް އަހަރެއް ކުރީގެ ސާމާނުވެސް އެ ދާރުލްއާޘާރުގައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ވަގުންގެ ނުބައި ކަމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ލިބުނު ސުންނާފަތިކަމުގެ ސަބަބުން، އަގުހުރި އެތައް އާޘާރެއް މިއަދު ލޮލަށްވެސް ފެންނާކަށް ނެތެވެ.

އަފްޣާނިސްތާނުގެ ޤައުމީ ދާރުލްއާޘާރަކީ، އެ ދާރުލްއާޘާރުގެ އެންމެ ގަދަފަދަ ދުވަސްވަރުގައި، ޘަޤާފީ އަދި ތާރީޚީ ގޮތުން އަގުހުރި 1 ލައްކައެއްހާ އައިޓަމް ހުރި ތަނެއް ކަމަށް، އަފްޣާނިސްތާނުގެ ޤައުމީ ދާރުލްއާޘާރުގެ ކިއުރޭޓަރ، މުޙައްމަދު ފަހީމް ރަހީމީ ވަނީ ޗައިނާ ސެންޓްރަލް ޓެލެވިޜަންއަށް ވިދާޅުވެފައެވެ. ނަމަވެސް ލޫޓުވުމުގެ ޝިކާރައަކަށް ވެފައިވާ އެ ދާރުލްއާޘާރުން 70 ޕަސެންޓް ސާމާނު ގެއްލިފައި ވާ ކަމަށްވެސް ރަހީމީ ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް އަފްޣާނިސްތާނުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން އުއްމީދާއި އަޒުމް ނަގާލާފައެއް ނުވެއެވެ. ކުރަމުން ދިޔަ ބުރަ މަސައްކަތުގެ ސަބަބުން، މުޅިން އަލަށް އިތުރު 35000 އައިޓަމެއް، 2003 ވަނަ އަހަރުގެ ފަހުން ހޯދާފައި ވެއެވެ. އަދި ވަގަށް ނަގާފައި ވާ 15000 އެއްހާ އައިޓަމްވެސް، އޭގެ ޙައްޤު ފަސްގަނޑަށް ގެންގޮސްދީފައިވެއެވެ.

ރަހީމީ ވަނީ ތާރީޚީ އާޘާރުތަކުގައި ބަވަނަވަންތަކަމުގެ ކުލަ ޖެއްސުމުގެ ފިކުރާ އޭނާގެ ޚިޔާލު ތަފާތު ވާ ކަން ހާމަކޮށްފައެވެ. އާޘާރުތަކަށް ބަވަނަވަންތަ ސިފަ ޖެއްސުމަކީ، އެ އާޘާރާ ނިސްބަތްވާ ޤައުމަކާ ހަވާލު ކުރުމަށް ދެކޮޅު ހަދާ ފިކުރަކަށް ވާ އިރު، އެއީ ޒަމާނީ ޙަޟާރާތުގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް ރަހީމީ ވިދާޅުވެއެވެ.

ހަނގުރާމަ ނިމިފައި އޮތެއް ކަމަކު، އަފްޣާނިސްތާނުގެ ތާރީޚީ ހަނދާންތައް ނަގަހައްޓަން މަސައްކަތް ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަށް އަދިވެސް ނިމުން ނެތެވެ. އެންމެ ބޮޑު މައްސަލައަކީ ފަންޑުގެ މައްސަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށަށް އުފަންވި ކުއްޖާ، ދެމަފިރިއަކާ ހަވާލުކޮށްފި

ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށަށް އުފަންވި ކުއްޖާ، ދެމަފިރިއަކާ ހަވާލުކޮށްފި

19 ފެބުރުއަރީ 2023
އަވައްޓެރިޔަކާ ދަރިފުޅު ހަވާލުކޮށްފައި މަންމަ ދިޔައީ ބާޒާރަށް، އަދިވެސް އެނބުރި ނާދޭ

އަވައްޓެރިޔަކާ ދަރިފުޅު ހަވާލުކޮށްފައި މަންމަ ދިޔައީ ބާޒާރަށް، އަދިވެސް އެނބުރި ނާދޭ

15 މެއި 2021
ޕީޕީއީ ކިޓު ހަދިޔާ ކުރުމަށް ސޮނާކްޝީ ގޮވާލައިފި

ޕީޕީއީ ކިޓު ހަދިޔާ ކުރުމަށް ސޮނާކްޝީ ގޮވާލައިފި

02 މެއި 2020
ޕީއެސްއެމް އިން އޮލިމްޕަސް ހިންގުމާ ހަވާލުވެއްޖެ

ޕީއެސްއެމް އިން އޮލިމްޕަސް ހިންގުމާ ހަވާލުވެއްޖެ

02 އެޕްރީލު 2018
ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި

ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި

30 ޖުލައި 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު