Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ސަޢީދު މުހައްމަދު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ވާދޫގައި އެއްވުމެއް ބާއްވައިފި

މި ހަރަކާތަކީ ވަދޫގެ ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީ އެއް ވެފައިވާ ފަރާތެއް ކަމުން އެފަރާތައް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 14:10
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައިދުމުނަށް ގޮވާލައި ގދ. ވާދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައިދުމުނަށް ގޮވާލައި ގދ. ވާދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގދ ވާދޫގައި އެއްވުމެއް ބާއްވައިފި އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ކުށް ސާބިތުވުމާ ގުޅިގެން ގާޒީ ވަނީ ސައީދު އަށް 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް ދައުލަތުން އެދުނީ 1 އަހަރާ 7 މަހުގެ ހުކުމެއް އިއްވައި ދިނުމަށެވެ.

Advertisement - newsAdvertisement

ސައީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގދ ވާދޫގައި ބޭއްވި އެއްވުމާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ހިއްސާކުރި އެރަށު މީހަކު ބުނީ، މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާ އަދި ސަރުކާރާއި ދެކޮޅުވެގެން ބާއްވާ އެއްވުމެއް ވެސް ނޫން ކަމަށެވެ. އޭނާ ބުނީ މި ހަރަކާތަކީ ވާދޫގެ ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެފައިވާ ފަރާތެއް ކަމުން އެފަރާތައް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބާއްވާ އެއްވުމެއް ކަމަށެވެ. އަދި އެ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށާއި ސައީދު އަށް އިންސާފު ލިބެންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސައީދު ދޫކޮށްލުމަށް ގޮވާލައި ވާދޫގައި ބޭއްވި އެއްވުން
ސައީދު ދޫކޮށްލުމަށް ގޮވާލައި ވާދޫގައި ބޭއްވި އެއްވުން

މި ހަރަކާތުގައި ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ. އެގޮތުން އަނިޔާވެރިކަން ކާމިޔާބެއް ނުވާނެ އިންޝާﷲ، "އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން އަދި ސައީދަށް އިންސާފު ލިބެންޖެހޭ، އިންސާފެއް ނެތް ނަމަ ސުލްހަވެސް ނޯންނާނެ" ފަދަ އެކި ޝުއޫރު މި އެއްވުމުގައި ވަނީ ފާޅުކޮށްފަ އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައިދުމުނަށް ގޮވާލައި ގދ. ވާދޫގައި ބޭއްވި އެއްވުމުގެ ތެރެއިން
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައިދުމުނަށް ގޮވާލައި ގދ. ވާދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ބޭއިންސާފުން ކޮށްފައިވާ ހުކުމާމެދު ކަންބޮޑުވުން ފާޅުކޮށް، އިންސާފުވެރި ޝަރީއަތެއް ގާއިމުކުރުމަށް ގޮވާލާ އަޑު އުފުލުމުގެ ގޮތުން ވާދޫގައި ބޭއްވި މި ހަރަކާތުގައި ދޮގު ޝަރީޢަތް ހުއްޓާލުމަށާއި، އަދަބު ބޮޑު ކުރުމަކީ ވެސް ބޭ އިންސާފު ކަމަށް ބުނެފައި ވެއެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައިދުމުނަށް ގޮވާލައި ގދ. ވާދޫގައި ބޭއްވި އެއްވުމުގެ ތެރެއިން
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ ސައީދު އަށް އިންސާފު ހޯދައިދުމުނަށް ގޮވާލައި ގދ. ވާދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ގިނަ އަދަދަކަށް މީހުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު އެ އެއްވުމުގެ ބައިވެރިން ވަނީ ސައީދު މިނިވަން ކުރުމަށް ގޮވާލާފައެވެ.

ސައީދުގެ މައްޗަށް ކޮށްފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތު) ގެ 513 ވަަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

ސެޓްލްމަންޓް ހެދި އެއްބަސްވުމަކީ ސައީދު މަގާމާ ހަވާލު ވުމުގެ ކުރިން، ޖެނުއަރީ 30، 2018 ގައި ހެދި އެއްބަސްވުމެކެވެ. އެއްބަސްވުމުގެ މަގްސަދެއް ކަމަށް ވަނީ ފެނަކައިގެ އިމޭޖު ރީތިކޮށް، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރުމެވެ.

ސެޓްލްމަންޓް އެއްބަސްވުމަކާއި ރިޓެއިނާ އެއްބަސްވުމަކަށް ދާން ޖެހުނު ސަބަބު ސާފުކޮށްދެމުން ކޯޓުގައި ސައީދު ބުނެފައި ވަނީ، އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާނީ ގާނޫނީ ލަފާގެ މަތިން ކަމަށާއި، ބްލޭޒަން އަށް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރެވުނީ ފެނަކަ އިން ދޭން ޖެހޭ އެއްބާރުލުން ނުދީގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެއްބަސްވުން އުވާލައިގެން ބްލޭޒަން އިން ކޯޓަށް ގޮސްފި ހާލަތެއްގައި އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ، ފެނަކަ އަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

މި މައްސަލައިގައި ސައީދު ވަނީ ދިފާއި ހެކިންގެ ގޮތުގައި އޭނާ އަށް ގާނޫނީ ލަފާ ދިން ފެނަކައިގެ އޭރުގެ ލީގަލް ހެޑު އަހުމަދު އާރިފާއި އެ ޑިޕާޓުމަންޓުގައި މަސައްކަތް ކުރި އަމްޖަދު އަހުމަދު ހުށަހަޅާފަ އެވެ. މި ދެ މީހުން ވެސް ވަނީ އެ ގޮތަށް ލަފާ ދިން ކަމަށް ކޯޓުގައި ބުނެފަ އެވެ.

އަޙްމަދު ސަޢީދުފެނަކަގދ. ވާދޫކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު