ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ބިދޭސީ 2 ފިރިހެނުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި
17 އޯގަސްޓު 2022 | ބުދަ 16:00މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން

ސިމާހާ ނަސީމް | 17 އޯގަސްޓު 2022 | ބުދަ 16:00

ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ފޯރިމަނީ - ކުރީގެ ފޮޓޯއެއް
ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ބިދޭސީ 2 ފިރިހެނުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ މައުލޫމާތަކާ ގުޅިގެން ފުލުހުން އެކަމަށް އެޓެންޑްވެފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ބަލަންފަށާފައި މިވަނީ، ސޯޝަލް މީޑިއާގައި މިފަދަ ވީޑިއޯއެއް އާންމުވުމާގުޅިގެންނެވެ.











