Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

ޕްރައިމަރީއަކާ ނުލައި ރައީސްއަށް ޓިކެޓް ދޭ ޚިޔާލެއް ނުގެންގުޅޭ - އިބްރާހިމް ވަހީދު

ކޮންގްރެސް އޮންނާނީ މި މަހުގެ 19-21 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 02:21
އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު

އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު

އެއްވެސް ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއަށް އެމްޑީޕީގެ ޓިކެޓް ދޭން އޫޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ ޚިޔާލެއް ނުގެންގުޅޭ ކަމަށް އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ މަތި އުތުރު ޕްރޮވިންސުގެ ރައީސް އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ގައި ވާހަކަދައްކަވަމުން އިބްރާހިމް ވަހީދު ވިދާޅުވީ އެ ޕާޓީގެ އައު ޗެއަރޕާސަން އިންތިޚާބުގެ ދުވަސްވަރު ވެސް، އެ މަގާމަށް މިހާރުގެ އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއިލް އައްޔަންކުރުމަށް މަސައްކަތް ކުރަނީ ޕްރައިމަރީއަކާ ނުލައި ރައީސްއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމުގެ ބޭނުމުގައި ކަމަށް ތުހުމަތުތަކެއް ކުރި ކަމަށެވެ. ނަމަވެސް ފައްޔާޒުގެ ކެމްޕޭން ޓީމުގެ މެމްބަރެއްގެ ހައިސިއްޔަތުން އެފަދަ އެއްވެސް ޚިޔާލެއް ނުގެންގުޅޭ ކަމަށާއި އަދިވެސް އެފަދަ ޚިޔާލެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ދެވޭނީ ޕްރައިމަރީއެއް ބޭއްވުމަށްފަހުއެވެ. އެ ނޫން ގޮތަކަށް ޓިކެޓް ދޭނަމަ އަސާސީ ގަވާއިދަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް އެ ޕާޓީގެ ކޮންގްރެސްގައި ވެސް އެފަދަ އިސްލާހެއްް ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެކަން ވަރަށަ އަވަހަށް އިއުލާން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މިފަހަރުގެ ކޮންގްރެސްގައި ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ގުޅުން ހުރި ކަންކަން ކުރިއަށްދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް އެފަދަ ކަމެއް ކޮންގްރެސްގައި ތާވަލު ކޮށްފައި ނެތް ކަމަށާއި އެފަދަ ކަމެއް ކޮންގްރެސްގައި ނުހިނގާނެ ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންތައްތައް ތާވަލުކޮށްފައި ނެތް ނަމަވެސް މިއަހަރު ތެރޭގައި އެ ޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ކުރަން ޖެހޭ ކަންކަން ފެށިގެންދާނެ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އެގޮތުން، ޕްރައިމަރީއެއް ބާއްވާ ތާރީހު އެމްޑީޕީ ކޮންގްރެސްގައި މިފަހަރު ތާވަލު ކޮށްފައިވާ ވެރިކަމުގެ ނިޒާމާ ގުޅޭ މަޝްވަރާތަކަށްފަހު އިއުލާނު ކުރެވިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އޮންނާނީ މި މަހުގެ 19-21 އަށް ސޯޝަލް ސެންޓަރުގައެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވާނެ ކޮންގްރެސްއަށް ވެގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން މިހާރުވެސް 1447 ޑެލިގޭޓުން ބައިވެރިވާން ޖެހޭ ކަމަށް އެ ޕާޓީން ބުނެއެވެ.

ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ އެމްޑީޕީގެ އިންތިޚާބީ މަގާމުތަކުގައި ތިބި މެމްބަރުންނަށެެވެ. އޭގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކަށް ވެސް މި ކޮންގްރެސްގެ ދައުވަތުދޭން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ތާވަލުކޮށްފައެވެ. އެއީ އެ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަ ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހަޅައި މަޝްވަރާ ކުރުމެވެ. ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާ ގުޅޭ ބަހުސް އަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

އެމް.ޑީ.ޕީ ކޮންގްރެސްއެމްޑީޕީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު