Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަންނުވެށި

ފަންނުވެށި - ހުނަރާއި އީޖާދުގެ މަރުކަޒު

ފަންނުވެށީގެ ދަށުން 4 ޕްރޮގްރާމެއް އިފްތިތާހުކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 07:35
ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށީގައި ތަމްރީނުވާ ދަރިވަރުން

ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށީގައި ތަމްރީނުވާ ދަރިވަރުން

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީފައިވާ އެއްކަމަކީ ތައުލީމު ލިބުމާއި އުނގެމުގެ ފުރުސަތު އެއްވެސް ތަފާތު ކުރުމެއް ނެތި، އަދުލުވެރިކަމާއެކު ކޮންމެ ފަރުދަކަށް މުޅި އުމުރު ދުވަހަށް ލިބިދިނުމެވެ. ތައުލީމު ލިބުމާއި އުނގެނުމުގައި އެންމެ ނާޒުކު ހާލަތެއްގައި ތިބި އެއް ބަޔަކީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންކަމަށްވާއިރު، އެދަރިވަރުންނަށް އެކި މަރުހަލާތަކުގައި ކުރިމަތިވާ ހުރަސްތައް ނައްތާލާ، ކުރިން މިދެންނެވި ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި، ދިވެހިރާއްޖެއިން ގައުމީ ފެންވަރުގައި ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން 2020 ވަނަ އަހަރު ތަސްދީގުކުރި ދިވެހިރާއްޖޭގެ ތައުލީމުގެ ގާނުނުގެ މާއްދާ 8ގެ ދަށުން، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ ތައުލީމީ ނިޒާމަކަށް ހެދުންވަނީ ލާޒިމްކޮށްފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގެ ތަސައްވުރާއި އަމާޒަކީވެސް ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ ވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމެވެ. މިއީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ ސެކްޓަރ ޕްލޭނެއްގެ ލަނޑުދަނޑިއެވެ.  

ދިވެހިރާއްޖޭގެ ތައުލީމުގެ ގާނުނުގެ މާއްދާ 8ގެ ދަށުން އުފައްދާފައިވާ ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި، ހަބް ސްކޫލްތައް ތަރައްގީ ކުރުމަށްވަނީ ނިންމާފައެވެ. މި ހަބް ސްކޫލްތަކަކީ، ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްކޫލްތަކެކެވެ. މިރޭ މި އިފްތިތާހް ކުރެވުނީ ހަބް ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށިއެވެ.

ފަންނުވެށީގެ ދަށުން މިހާރު އިފްތިތާޙްކުރެވިގެން މި ދިޔައީ 4 ޕްރޮގްރާމެކެވެ. އެއީ ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި މި 4 ޕްރޮގްރާމެވެ. މީގެ އިތުރުންވެސް މުސްތަގްބަލުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނެވެ. އަދި މި ވެށީގައި އުނގެނޭ ދަރިވަރުންނަށް، މި ހުނަރާއި ފަންނު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އަމަލީގޮތުންވެސް މަސައްކަތްކުރާނެ ފުރުސަތު ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު މި އިންގިލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ އެކި ގިންތީގެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އެންމެ ގިނަ ދުވަސް އެސްކޫލެއްގެ ތާރީހުގައި ލިޔެވިފައިވާ އެއް ސްކޫލްކަމަށްވާ އިމާދުއްދީން ސްކޫލްގައެވެ. 2004 ވަނަ އަހަރުން ފެށިގެން ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލުން ދެމުންގެންދިޔަ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން ސްކޫލްގެ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ވަނީ ފަށާފައިއެވެ. އިމާދުއްދީން ސްކޫލަކީ، ދަރިވަނުންނަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތައް އެކި ފެންވަރުގައި އުނގަންނާދެމުން ދިޔަ ސްކޫލެވެ. އެގޮތުން، ދަރިވަރުންނަށް ފެހުމާއި، ކުރެހުން އަދި ކެއްކުމުގެ ހުނަރުތަކުގެ އިތުރުން، އަތްތެރި މަސައްކަތާއި، ބިއުޓީ ތެރަޕީގެ ހުނަރު ދަސްކޮށްދިނުންވެސް ވޮކޭޝަނަލް އެޑިއުކޭޝަންގެ ސިފައިގައި އިމާދުއްދީން ސްކޫލުން ވަނީ ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ.

ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެއްޓަށް ޢިމާދުއްދީން ސްކޫލް ކަނޑައެޅިގެންދިޔަ މައިގަނޑު ސަބަބަކީވެސް، ސްކޫލުން މިފަދަ ކަންކަމަށް ދޭ އަހަންމިއްޔަތުކަމުންނެވެ. އަދި ދަރިވަރުން މުޖުތަމަޢަށް ނެރުމަށް ކުރަމުންގެންދާ ބުރަ މަސައްކަތުންނެވެ.

ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ކަމާއެކު ކުރުމަށް، ޢިމާދުއްދީން ސްކޫލްގެ ވެރިންނާއި، ފަންނުވެށީގެ ޓީމުން، ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރަނީ ފަހުރުވެރިކަމާއެކުއެވެ. އަދި ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ތަރައްގީ ކުރުމުގައި އެހީތެރިވަމުން އަންނަ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ކަމަށްވާ އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އީވް ގާމެންޓްސް އިން ކުރާ މަސައްކަތްތަކަކީ، ކޮމިއުނިޓީ އެންގޭޖްމަންޓްގެ ގޮތުގައި ނަމޫނާ ދެއްކޭނެ ފަދަ މަސައްކަތްތަކެއްކަން ފާހަގަކުރަމުންދަނީ ނުހަނު އުފަލާއިއެކުއެވެ.

ގުޅިގެންކުރާ މިމަސައްކަތްތައް ކާމިޔާބުކަމާއެކު ދެމެހެއްޓެނިވި ގޮތުގައި ކުރެވި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ނިންމާ ކޮންމެ ދަރިވަރަކީވެސް ޝާމިލުކުރަނިވި މާހައުލެއްގައި ވަށާޖެހޭ ފުރިހަމަ ތައުލީމެއް ލިބިގެން، މުޖުތަމައުއަށް ނިކުމެ، މުޖުތަމައުގައި އަބުރުވެރި، ބާރުވެރި އަދި ހުނަރުވެރި ދިރިއުޅުމެއް އުޅޭނެ ފަރުދަކަށްވުމެވެ.

ފަންނުވެށިމިނިސްޓްރީ އޮފް އެޑިއުކޭޝަން އިމާދުއްދީން ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު