Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ބްރެންޓްފޯޑުން މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނުވާލައިފި

ބްރެންޓްފޯޑް އޮތީ ތިންވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އޯގަސްޓު 2022 | ހޮނިހިރު 21:10
މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު ބްރެންޓްފޯޑުން އުފާ ފާޅުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު ބްރެންޓްފޯޑުން އުފާ ފާޅުކުރަނީ

ފުރަތަމަ 35 މިނެޓުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑު ޖަހައިގެން, ލީގަށް އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނުވާލައިފިއެވެ.

ބްރެންޓްފޯޑުން މެޗު ކާމިޔާބުކުރީ 4-0 ނެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ 10 ވަނަ މިނެޓުގައި ޑަސިލްވާއެވެ. 18 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ ޖެންސެންއެވެ. ތިންވަނަ ލަނޑު ޖެހީ މީއެވެ. އޭނާ ލަނޑު ޖެހީ 30 ވަނަ މިނެޓުގައެވެ. އޭގެ ހަތަރު މިނެޓުފަހުން ހަތަރު ވަނަ ލަނޑު ޖެހީ އެމްބެއުމޯއެވެ.

ރޮނަލްޑޯވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މެޗުގައި ޔުނައިޓެޑް ފެނުނީ އާދައިގެ ކޮށެވެ. ޔުނައިޓެޑް ވަނީ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުންވެސް ބަލިވެފައެވެ. މިއީ ލީގުގެ ފުރަތަމަ ދެ މެޗަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ ދަށް ފެށުމެވެ. ޔުނައިޓެޑް އޮތީ ޕޮއިންޓެއް ނުލިބި ގެއްލުނު ފަސް ގޯލާއެކު 20 ޓީމް ވާދަކުރާ ލީގުގެ ފުލުގައެވެ. މިދިޔަ ސީޒަނުން ފެށިގެން މިމެޗާ ހަމައަށް ލީގުގެ ހަތް މެޗެއްގައި ޔުނައިޓެޑް ކޮޅަށް ވަނީ ހަތަރު ގޯލް ވަދެފައެވެ.

މެޗުން މޮޅުވި ބްރެންޓްފޯޑް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްބްރެންޓްފޯޑު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު