Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް ކުޅުއްދުއްފުށީގައި

މިސަރުކާރުން ކުޅުދުއްފުށީގެ ސިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވޭ: ކުޅުދުއްފުށީ ސިޓީ ކައުންސިލު

13 އޯގަސްޓު 2022 | ހޮނިހިރު 18:16

ކުޅުދުއްފުށީގައި ޓާރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކުރަން ބޭނުންވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އޯގަސްޓު 2022 | ހޮނިހިރު 18:16
ނައިބު ރައީސް ފައިސަލް ނަސީމު ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން

ނައިބު ރައީސް ފައިސަލް ނަސީމު ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން

މިސަރުކާރުން ކުޅުދުއްފުށީގެ ސިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާކަމުގަައި ކުޅުދުއްފުށީ ސިޓީކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ސިޓީކައުންސިލުން މިކަން ފާހަގަކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެކު ހޮނިހިރު ދުވަހުގެ ހަވީރު ސިޓީކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

Advertisement - newsAdvertisement

މިބަައްދަލު ކުރެއްވުމުގައި ސިޓީކައުންސިލްގެ މެމްބަރުން ވިދާޅުވީ، ކުޅުދުއްފުށީގެ ސިއްޙީހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ ކަމަށެވެ. މިއާއިއެކު ކުޅުދުއްފުށީގައި ޓާރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށް މެމްބަރުން ވިދާޅުވިއެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި ކުޅުދުއްފުށީގައި ޤާއިމްކުރާ ޓާރޝަރީ ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖެހި މިހާރު އެމަޝްރޫޢު އޮތީ ޑިޒައިން ކުރުމުގެ މަރުޙަލާގައެވެ.

މިބައްދަލު ކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެމްބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކުޅުދުއްފުށީ އެއާޕޯޓު ހިމެނޭ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމާއި ލައިޓް ޖެހުމުގެ މަސައްކަތް އަވަހަށް ނިންމައި ރޭގަނޑު އެ އެއާޕޯޓަށް ދަތުރު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. އަދި ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމާއި، ޑިޓޮކްސް ޚިދުމަތްދެވޭނެ އިންތިޒާމް އާއި ޓިވެޓް ސެންޓަރެއް ޤާއިމުކުރުމާ ގުޅޭ ވާހަކަތައް ކައުންސިލް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި މަޝްރޫޢުތައް އަވަސްކޮށްދިނުމަށާއި މިހާރު ހުރި ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީކައުންސިލް އާއި ސަރުކާރުގެ މިނިސްޓްރީތަކާއި ދެމެދު ރަނގަޅު ގުޅުމެއް އޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށީ ސިޓީ ކައުންސިލް އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި ވަނީ ކުޅުދުއްފުށީ ސްކޫލްތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުން ވަނީ މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު މުދައްރިސުންނާއި، ފޮތްތައްވެސް ހަމަކުރެވި، ކުރީ އަހަރުތަކަށްވުރެ ކިޔަވައިދިނުމުގެ ކަންކަން އިތުރަށް ރަނގަޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާކަން ޕްރިންސިޕަލުން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ޕްރިންސިޕަލުން ވަނީ ސްކޫލުތަކަށް ކުރިމަތިވާ ޖާގައިގެ ދަތިކަމާއި މުދައްރިސުންނާއި ވަޞީީލަތުގެ ގޮތުން ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އާއި ހިއްސާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކުުޅުދުއްފުށީ އަފީފުއްދީން ސްކޫލް އާއި ހދ. އަތޮޅު އަތޮޅު ތަަޢުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
03 ޖުލައި 2025

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

03 ޖުލައި 2025
ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

17 ޑިސެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި
06 ޑިސެމްބަރު 2024

ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

06 ޑިސެމްބަރު 2024
ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް
05 ޑިސެމްބަރު 2024

ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

05 ޑިސެމްބަރު 2024
ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް