Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން

ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހަދަން ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބި ލަސްތަކެއް

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ވިލިމާލޭގައި ކުނި މެނޭޖްކުރުމުގެ އެމަސައްކަތް ކުރިއަށްދާ ވޭސްޓް ޔާޑުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އޯގަސްޓު 2022 | ހޮނިހިރު 03:32
ވިލިމާލެ

ވިލިމާލެ

ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ވިލިމާލޭގައި ޤާއިމްކުރާ ވޭސްޓް ކަލެކްޝަން ސެންޓަރު ޤާއިމްކުރުމަށް ބިން ހަމަޖެއްސުމުގައި މާލެ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެން މަސައްކަތް ލަސްވަމުންދާކަން ހާމަވެއްޖެއެވެ.

މިކަމުގައި ސިޓީ ކައުންސިލް އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގެ ލިޔުންތައް ވަނީ "ރާއްޖެއެމްވީ"އަށް ލިބިފައެވެ. 9 ފަހަރެއްގެ މަތިން މުއާމަލާތްތައް ކޮށްފައިވާއިރު ވިލިމާލެއިން ބިން ހޯދުމަށް 2021 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ މުއާމަލާތްތައް މިއަހަރުގެ ޖުލައި މަހާ ހަމައަށް އައިއިރުވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެންމެފަހުން ކޮށްފައިވާ މުއާމަލާތަކީ ބިން ރަޖިސްޓްރީ ކުރުމަށް ކޮށްފައިވާ މުއާމަލާތެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ވިލިމާލޭގައި ކުނި މެނޭޖްކުރުމުގެ އެމަސައްކަތް ކުރިއަށްދާ ވޭސްޓް ޔާޑުގައެވެ. ވިލިމާލޭ ވޭސްޓް ޔާޑަކީ 2015 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއި އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައިވާ ބިމެއްކަމަށް ބެލެވުނުނަމަވެސް، ބިމުގެ ވެރި ފަރާތް ބަދަލުކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް މިކަމާއި ގުޅިގެން ބަދަލުކުރެވިފައިވާ ސިޓީތަކުން އެނގެން އޮވެއެވެ. އެއީ ކޮން ފަރާތެއްގެ ބިމެއްކަން އެނގެން ނެތްނަމަވެސް، އެއީ މިހާރުވެސް ވެމްކޯއިން ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ސަރަހައްދެވެ. ބިމުގެ ވެރި ފަރާތް އެނގޭނެ ލިޔެލިޔުމެއް ނެތުމުން އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ އެ މަޝްރޫޢުގެ މުއްދަތަށް އެ ބިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭންވެސް ސިޓީ ކައުންސިލުގައި އެދިފައެވެ. ބިމުގެ ވެރި ފަރާތް އެނގޭނެ ލިޔުމެއް ހޯދަން ސިޓީ ކައުންސިލުން އަންގާފައިވާއިރު، އެ ބިމުގެ ވެރި ފަރާތަކީ ކޮން ފަރާތެއްކަން އެނގެން ނެތްކަމަށް ސިޓީ ކައުންސިލުން ފޮނުވާފައިވާ ސިޓީ އިން އެނގެއެވެ.

މިކަމާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ވިލިމާލޭގައި ޤާއިމްކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމް ނުކުރެވިގެން މަސައްކަތް ވަރަށް ބޮޑަށް ލަސްވަމުންދާކަމަށެވެ. އަދި ވޭސްޓް ޓްރާންސްފަރ ސެންޓަރުގެ ޑީޓެއިލް ޑިޒައިން ކުރަހާ ނިމިފައިވާތާ އެތައް ދުވަހެއްވެފައިވާއިރުވެސް، ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެން އެކަން ކުރިއަށްދާ ގޮތް ނުވެފައިވާކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިކަމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ސިޓީ ކައުންސިލުން ލިބެެންޖެހޭ ހުއްދަތައް ނުލިބުންކަމަށެވެ. އެގޮތުން މާލޭ ސިޓީގައި އިމާރާތެއް ކުރާނަމަ ކުރެހުން ފާސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދޭ ފަރާތަކީ ސިޓީ ކައުންސިލަށްވާއިރު، ވިލިމާލޭގައި ޤާއިމްކުރާ ޓްރާންސްފަރ ސްޓޭޝަންގެ ކުރެހުން ކައުންސިލުން ފާސްކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމަށް ފުރިހަމަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކު، އޭޭޑީބީ، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއެންޓް އޭޝިޔާ އެންޑް ދަ ޕެސިފިކް، ޖޭއެފްޕީއާރު ގުޅިގެން ހިންގާ މަޝްރޫޢެކެވެ. ކުނި މެނޭޖްކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަކީ އެ ސަރަހައްދަކަށް ޖަމާވާ ކުނި ވަކިކޮށް ކޮންޓެއިނަރުތަކުގައި ތިލަފުށްޓަށް ފޮނުވާ ސްޓޭޝަންތަކެވެ.

ވޭސްޓް ޓްރާންސްފަރ ސެންޓަރުތަކާއެކު ޤާއިމްކުރެވިގެންދާ ވޭސްޓް ޓު އެނަރޖީ ނުވަތަ ކުނިން ހަކަަތަ އުފެއްދުމުގެ މަޝްރޫޢަކީ ރާއްޖޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމިގެންދާއިރު ރަށްރަށުންނާއި މާލެ ސަރަހައްދުގައި ޤާއިމްކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ތިލަފުށްޓަށް ކުނި ގެންދާނީ މޫދަށާއި ކަނޑަށް ކުނި ނޭޅޭނެހެން ކުނީގެ ބާވަތްތައް ވަކިކުރެވި ކޮންޓެއިނަރތަކުގައި ބަންދުކޮށްގެންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީމާލޭ ސިޓީ ކައުންސިލްކުނި ނައްތާލުމުގެ ޕްރޮޖެކްޓް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް