Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފ.މަގޫދޫ ބިން ހިއްކުމާއި އެއާޕޯޓް މަޝްރޫޢު

މަގޫދޫއަށް އިތުރުވެގެންދާ ބިމާއިއެކު ލޯކަލް ޓޫރިޒަމް ފުޅާވެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު އަންނާނެ: ކައުންސިލް ރައީސް

ރަށަށް އިތުރުވާ ބިން ބޭނުންކުރާނެ ގޮތް މިހާރު ވަނީ ތަރުތީބުކުރެވިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 އޯގަސްޓު 2022 | ހޮނިހިރު 03:25
ފ.މަގޫދޫ

ފ.މަގޫދޫ

ފ. މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 17 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު އިތުރުވެގެންދާ ބިމާއެކު ރަށަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު އަންނާނެކަމަށް ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ ރަށަށް އިތުރުވާ ބިން ބޭނުންކުރާނެ ގޮތް މިހާރު ތަރުތީބުކުރެވިފައިވާކަމަށެވެ. މަގޫދޫ އަކީ މިހާރުވެސް ގެސްޓް ހައުސް ވިޔަފާރި ކުރިޔަށްދާ ރަށަކަށްވާއިރު ރަށުގައި ޖާގަ ނެތުމުގެ ސަބަބުން އެކަން އިތުރަށް ކުރިއެރުވުމަށް ދަތިތަކެއް ހުރިކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. ނަމަވެސް ރަށުގެ ބިން ހިއްކުމާއެކު އެކަމަށް ހައްލު އަންނާނެކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުވެގެންދާނެކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. އެންމެ ފަހުން މީގެ ހަތަރުވަރަކަށް އަހަރު ކުރިން ގޯއްޗަށް ހުޅުވާލިއިރު ޝަރުތުހަމަވާ 275 ފަރާތް ތިބިކަމަށާއި އޭގެތެރެއިން ގޯތި ލިބުނީ 55 ފަރާތަށްކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އިތުރުވެގެންދާ ބިމާއެކު އެކަމަށް ހައްލު އަންނާނެކަމަށް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަޝްރޫޢު ނިމުމާއެކު އެންމެ ފުރަތަމަ ކުރާނެކަމަކީ ގޯތި ދޫކުރުންކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. މީގެއިތުރުން އިތުރުވެގެންދާ ބިމާއެކު ރަށުގައި އިގްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން އެއާޕޯޓެއް އެޅިގެންދިޔުމަކީ މަގޫދޫގެ ރައްޔިތުންގެ އިތުރުން ފ އަތޮޅުގެ ރައްޔިތުންވެސް ނުހަނު ބޭނުންވެފައިވާކަމެއްކަމަށާއި އެކަން ފުރިހަމަވެގެންދާ ދިޔުމަކީ ލިބޭ އުފަލެއްކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މިހާރުވެސް އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަންނަ އަހަރުގެ އޮކްޓޯބަރ ހިސާބުގައި އެއާޕޯޓް ހުޅުވިގެންދާނެކަމަށް ސަރުކާރުން ބުނެފައިވާކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 17 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، އެއަރޕޯޓް ޤާއިމުކުރުމަށްޓަކައި 30.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ޖުމްލަ 47.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެއިތުރުން 3339 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފ. މަގޫދޫއެމްޓީސީސީބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު