Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެން ބޮޑުވުން

ޕާކިސްތާނުގެ ބަލޮޗިސްތާންގައި އަދިވެސް ފެންބޮޑުވެ އެތައްހާސް ބަޔަކު ހާލުގައި ޖެހިފައި

10 އޯގަސްޓު 2022 | ބުދަ 09:51

ފެނާއި ކިސަޑުގެ ސަބަބުން 50ހާހެއްހާ ޖިފުޓި ހަލާކުވެ އެތައްހާސް ބަޔަކުވަނީ ވަންނާނެ ތަނެއް ނެތިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 އޯގަސްޓު 2022 | ބުދަ 09:51
ޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގެ ބަލޮޗިސްތާނަށް މިދިޔަ ޖޫން މަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި ބޮޑުވި ފެންގަނޑު އަދިވެސް ނުހިނދޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި މިހާތަނަށް 500 މީހުން ވަނީ މަރުވެފައެވެ. އަދި އަވަށްތަކުގައި އާދައިގެ ގޮތަކަށް އަޅާފައިވާ ފަންސާސް ހާހެއްހާ ގެ ނުވަތަ ޖިފުޓި މުޅިން ހަލާކުވެ އެތައްހާސް ބަޔަކުވަނީ ވަންނާނެ ހިޔާވަހި ކަމެއް ކާނެ އެއްޗެއް ނެތިފައެވެ.

ޕާކިސްތާންގެ މިހިސާބަށް މޫސުމީ ވިއްސާރަ ކުރަން ފެށީ ޖޫން މަހުގެ މެދެއްހާ ހިސާބުގައެވެ. އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނި ގޮތުގައި މި އަހަރު ވާރޭ ވެހުނު މިންވަރު އެހެން އަހަރުތަކުގައި ވެހޭ ވަރަށް ވުރެ 133 އިންސައްތަ އިތުރު ކަމަށެވެ.

އަނެއްކޮޅުން މޫސުމާބެހޭ ޑިޕާޓްމަންޓުން ބުދަ ދުވަހު ވަނީ އަނެއްކާވެސް ބޯ ވާރޭގެ ކޮޅިގަނޑެއް އަންނަން ތައްޔާރުވެފައިވާކަމަށް ބުނެފައެވެ. ކުރީފަހަރު ބޮޑުވި ފެންގަނޑު ކިރިޔާ ހިނދެން ފަށާފައިވަނިކޮށް އަނެއްކާވެސް އިތުރަށް ބޯވާރޭ ވެހިއްޖެ ނަމަ ގިނަ ބަޔަކު ވަރަށް ބޮޑަށް އިތުރަށް ހާލުގައި ޖެހޭނެއެވެ. މިހާރުވެސް ބަލޮޗިސްތާންގެ މަގުތަކުގައި ފެނާ ކިސަޑު ޖަމާވެފައި ވުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމަށް ވަނީ ދަތިވެފައެވެ. އެހެންކަމުން އެހިސާބަށް އެހީގެ ތަކެތިވެސް ފޯރުކޮށް ދިނުމަށް ވަނީ ދަތިވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ ފޭލިގެތަކެއް އަޅާ ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައެވެ.

ޕާކިސްތާންގެ ރަށް ފުށުގެ ގިނަ މީހުންނަކީ ދަނޑު ހައްދައިގެން ނުވަތަ ގެރިބަކަރިން ލިބޭ އެއްޗަކުން ދިރި އުޅޭ މީހުންނެވެ. އެހެންކަމުން ފެނުގެ ސަބަބުން ދަޑުތައް ހަލާކުވެ ގެރިބަކަރި މަރުވެފައި ވުމުން އެމީހުންގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ.

މިފަހަރު ކުރި ވިއްސާރައިގައި އަވަށްތަކުގެ އިތުރުން ވެރިރަށް ކަރާޗީއަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިގޮތުން ކަރާޗީގެ މަގުތަކުގައިވެސް ވަނީ ފެންބޮޑުވެ ދަތުރު ފަތުރަށް ބުރޫ އަރާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
28 ޖުލައި 2017

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި
25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
17 ޖޫން 2017

ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ

17 ޖޫން 2017
ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ
15 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން

15 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް