Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާގެ ޔުނިވަރސިޓީއެއްގެ ހޯލް އޮފް ފޭމް ޝަމާލް

އެމެރިކާގެ ޔުނިވަރސިޓީއެއްގެ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ޝަމާލް

މިއީ އެ ޔުނިވަރސީޓީގެ އެންމެ މަތީ ޝަރަފު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2022 | ބުދަ 06:21
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އަށް ޝަރަފު އަރުވަނީ

މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އަށް ޝަރަފު އަރުވަނީ

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު, ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއަށް އަރުވައިފިއެވެ.

އަންގާރަ ދުވަހު ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ރަސްމިއްޔާތުގައި މި ޝަރަފު، ޝަމާލްއަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި، އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މޮމެންޓޯ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިންއެވެ. މި ރަސްމިއްޔާތުގައި މައިކް ޕްލެއިން އަދި ޝަމާލް ވަނީ އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ ފޮޓޯ ދައްކާލާފައެވެ.

Advertisement - newsAdvertisement

އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ މިފަދަ އިސް މަޤާމުތަކާއި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަޤާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން، "އިންޓަރނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީ"އަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް އަރުވާ ޝަރަފެކެވެ. މި ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން އެ ޔުނިވަރސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ އެންމެ މަތީ ޝަރަފެވެ.

ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން މި ޝަރަފު އެރުވުނު އެންމެ ފުރަތަމަ ބޭފުޅަކީ ޝަމާލްއެވެ.

ޝަމާލްއަކީ، 2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ހިންގި މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަންވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މި ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވަރެޖް ހޯއްދަވާފައެވެ. އަދި މި ކޯހުގެ "ޑިސްޓިންގްއިޝްޑް އޮނަރ ގްރެޖުއޭޓްގެ" މަޤާމު ހާސިލުކުރެއްވުމުގެ އިތުރުން "އޮނާޑް ތީސަސް" ގެ ގޮތުގައި މޭއޭނާ ހުށެހެޅުއްވި ތީސިސް ވަނީ ހޮވިފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން، ހަތަރު ޤައުމަކުން ހަތަރު ބޭފުޅަކަށް މި ޝަރަފު އަރުވާފައިވެއެވެ. މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ރައީސް ވަނީ ޝަމާލްގެ އަސްކަރީ ހަޔާތުގެ އިތުރުން އިލްމީ ދާއިރާއިން ހޯއްދަވާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަށްޓަކައި ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީ ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

27 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު