Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާ-ޓައިވާން މަސްރަހު

ޓައިވާނާ ގާތުގައި ޗައިނާ އަސްކަރިއްޔާއިން ހިންގި ތަމްރީނުތަކުން 10 ނުކުތާއެއް!

8 އޯގަސްޓު 2022 | ހޯމަ 09:41

ތަމްރީނުތަކުގެ ނަމުގައި ޗައިނާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ޑޮންގްފެންގް މިސައިލްތައް ފެނިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 އޯގަސްޓު 2022 | ހޯމަ 09:41
ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅި 6 ސަރަހައްދުގެ ތެރެއިން 5 ސަރަހައްދެއް އޮތީ، ޓައިވާން ކަނޑުއޮޅި ބައިކުރާ އިމުގެ އުތުރުގައި

ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅި 6 ސަރަހައްދުގެ ތެރެއިން 5 ސަރަހައްދެއް އޮތީ، ޓައިވާން ކަނޑުއޮޅި ބައިކުރާ އިމުގެ އުތުރުގައި

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއިން އެ ގައުމުގެ މިލްކެއް ކަމަށް ދައުވާ ކުރާ ޓައިވާންއަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ވަޑައިގެންނެވުމާއެކުހެން، ޓައިވާން ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ފެށިއެވެ. ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)އިން ޓައިވާން ސަރަހައްދުގައި، އެއްގަމާއި ކަނޑުގެ މަގުން އަސްކަރީ މަގުން ބުރާސްފަތި ދުވަހު ފެށި ތަމްރީންތައް، އާދީއްތަ ދުވަހުވެސް ކުރިއަށް ގެންގޮސްފައި ވާ އިރު، އެ ތަމްރީނުތަކާ ގުޅިގެން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ 10 ކަމެއް ފާހަގަ ކުރެވެއެވެ.

ޗައިނާގެ ކަނޑުގެ އަސްކަރީ މަނަވަރަކަށް ޓައިވާންގެ އަސްކަރީ އުޅަނދެއް ފެންނަ ގޮތް ކަމަށް ބުނެ، 2 ފޮޓޯއެއް އާންމު ކުރީ ހުކުރު ދުވަހުއެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، ދުރުމިއެއް އަޅައިގެން ހުންނަ ސިފައިންގެ މީހަކު، މަނަވަރު ތެރޭގައި ހުއްޓާ ފެނެއެވެ. ޓައިވާންގެ ގޮނޑުދޮށާއި ފަރުބަދަތައް ސާފުކޮށް ފެނެއެވެ. އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕީއެލްއޭގެ ކަނޑުގެ އަސްކަރީ އުޅަނދުފަހަރަކީ އައްސޭރިފަށާ އެހާ ކައިރިން މީގެ ކުރިން ދަތުރުކޮށްފައި ނުވާ އުޅަނދުތަކަކަށް ވުމުން، މިއީ އާދަޔާ ޚިލާފު ކަމެކެވެ.

ހަނގުރާމައެއްގެ ތެރޭގައި ކަން ހިނގާދާ ގޮތުގެ ތަމްރީނުތައް ހެދުމުގެ ނަމުގައި ޕީއެލްއޭ އެއާފޯސްއިން ވަނީ ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި، ބޮންއަޅާ ބޯޓުތަކުގެ އިތުރުން ދުރާލާ އިންޒާރު ދޭ މަތިންދާބޯޓުތަކާއި، އިލެކްޓްރޯނިކް ރެނޮސާންސް އެއާކްރާފްޓްގެ އިތުރުން ހަނގުރާމަ މަތީ އެހެނިހެން ބޯޓުތައް، ޓައިވާން ސަރަހައްދަށް ފޮނުވާފައެވެ. އެކަންވެސް ހިންގީ ހުކުރު ދުވަހުއެވެ. އެތަނުން އެއް ބޯޓުގައި އިން ޕައިލެޓް ވަނީ، ބޯޓު ތެރޭގައި އިނދެގެން ޓައިވާންގެ ގޮނޑޮދޮށްތައް ބަލާފައެވެ. މޫސުން ރަނގަޅު ދުވަހެއްގައި 10 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުރުން ސާފުކޮށް މަންޒަރު ފެންނާނެއެވެ. މިއީ ޓައިވާންގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައި ވާ އެ ގައުމުގެ ވައިގެ ސަރަހައްދުގެ އިން، ޗައިނާއިން ފޫ އަޅުވާލި ހަރަކާތެކެވެ.

ތަމްރީނުތަކުގެ ނަމުގައި ޗައިނާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ޑޮންގްފެންގް މިސައިލްތައް ފެނިފައިވެއެވެ. މިއީ ކޮންމެ މަންޒިލެއްގައި ހުރެގެންވެސް އުދުއްސާލެވޭ ބެލިސްޓިކް މިސައިލްތަކަކަށް ވާ އިރު، މިފަދަ މިސައިލްތަކުގެ ސަބަބުން އަދުއްވުންނަށް ނުރައްކާ ބޮޑެވެ. ޕީއެލްއޭގެ އެއްގަމު ފައުޖުތަކުން ވަނީ ދުރު ރާސްތާ ލައިވް މިސައިލްތައްވެސް ފޮނުވާލާފައެވެ. އެކަމަށް ބޭނުން ކުރީ ޔުއާންހޫއޯ ރޮކެޓް ލޯންޗަރުތައް ކަމަށް ވާއިރު، އެއީ ފަސޭހަ ކަމާއެކު ޓައިވާނަށް ހަމަލާ ދެވޭ ރާސްތާއެއް ކަމަށް 300 ކިލޯމީޓަރު ދުރުމިނުގެ ރާސްތާ ކަވަރު ކުރާ އާލާތެކެވެ.

ޖޭ-20 ފިފްތު ޖެނެރޭޝަން ފައިޓަރ އެއާކްރާފްޓްތަކަކީ، އެމެރިކާގައި އުފައްދާ ލޮކްހީޑް މާޓިން އެފް-22 އާއި އެފް35 އަސްކަރީ މަތިންދާބޯޓުތަކާ އެއް ފަންތީގެ ބޯޓުތަކެކެވެ. މިއީ މިފަދަ ގޮތަކަށް ޗައިނާގެ އަސްކަރީ ޖޭ-20 ބޭނުން ކުރި ފުރަތަމަ ފަހަރެވެ. އެހެން ކަމުން، ޕީއެލްއޭގެ އަސްކަރީ ގާބިލިއްޔަތުކަން، ތާރީޚު ނުދެކޭ ދަރަޖައަކަށް އިތުރުވެފައިވާ ކަމަށް ޤަބޫލު ކުރަން މަޖުބޫރުވެއެވެ.

ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅި 6 ސަރަހައްދުގެ ތެރެއިން 5 ސަރަހައްދެއް އޮތީ، ޓައިވާން ކަނޑުއޮޅި ބައިކުރާ އިމުގެ އުތުރުގައެވެ. ނަމަވެސް 1 ސަރަހައްދު ވަނީ، ބައިކުރާ އިން ފަހަނަ އަޅާފައެވެ. އެހެން ކަމުން، ކުރިއަށް އޮތް ތަނުގައި ޕީއެލްއޭއިން ހިންގާ ތަމްރީނުތަކަކީ އެ އިން ފަހަނައަޅާ ދާނެ ތަމްރީނުތަކެއް ކަމަށް ބަލަންޖެހެއެވެ.

ޗައިނާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި، ޓައިވާންގެ ހުޅަނގުދެކުނު ސަރަހައްދުގައި ރުކުރުވާލި ފައުޖާއި ޓައިވާނާ ދެމެދު ހުންނާނީ އެންމެ 20 ކިލޯމީޓަރެވެ. ޖޭ-20 މަތިންދާބޯޓަކީ މިނެޓަކު 41 ކިލޯމީޓަރު ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓުތަކެކެވެ. އެހެން އިބާރަތަކުން ދަންނަވާނަމަ، ޗައިނާގެ އަސްކަރިއްޔާއިން ތަމްރީނުތައް ކުރިއަށް ގެންދިޔައީ، އެންމެ 30 ސިކުންތުން ޓައިވާނަށް ދެވޭހާ ކައިރި ހިސާބެއްގައެވެ.

ތަމްރީނުތަކުގެ އިރުއުތުރުގެ މަރުކަޒަކީ ޖަޕާނުގައި އެމެރިކާއިން ހިންގާ ވައިގެ އަސްކަރީ ބޭހުގެ މަގުގައި އޮތް ސަރަހައްދެކެވެ. އެއީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ދިއުމަށް މުހިންމު ރާސްތާއެކެވެ. ޕީއެލްއޭއިން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިޔަ ވަގުތަކީ، އެމެރިކާ އަސްކަރިއްޔާގެ މަނަވަރު، ޔޫއެސްއެސް ރޯނާލްޑް ރޭގަންވެސް އެ ސަރަހައްދުގައި ގަދަބަދަވިކަން ދައްކަމުން ދިޔަ ވަގުތެއް ކަން، ސެޓެލައިޓް ފޮޓޯތަކުން ހާމަވެއެވެ.

މިއީ ޓައިވާންގެ އިރުން، ހަނގުރާމަ މަތީ މައިދާނެއް، ޗައިނާގެ އަސްކަރިއްޔާއިން ގާއިމު ކުރި ފުރަތަމަ ފަހަރެވެ. އެ ސަރަހައްދަކީ 2 އަސްކަރީ ބޭހަކަށް ކުރިމަތިވާ ގޮތަށް އޮތް ސަރަހައްދެކެވެ. ޗައިނާގެ އަސްކަރީ ކުރިމަތިލުންތަކުގެ މައިދާން އަޅާފައި އޮތީ، ޓައިވާންގެ ފައުޖުތަކަށް ފިލެން އޮތް މަގު ބެދޭ ގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

ވައިގެ އަސްކަރީ މަތިންދާބޯޓުތައް އުފުލާ ކަނޑުގެ އަސްކަރީ މަނަވަރުތައް ބޭނުންކޮށްގެން، ހަގީގީ މިސްރާބާ ރާސްތާ ނުވަތަ ހަނގުރާމައިގެ އުކުޅުތައް އޮޅުވާލުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، މިއީ ޗައިނާގެ އަސްކަރިއްޔާއިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެފަދަ ގޮތަކަށް އެއަރކްފްރާޓް ކެރިއަރުތަކެއް އެތުރިއްޖެނަމަ، އޭގެ މާނައަކީ، އެއާ ގުޅިގެން ނިއުކްލިއާ ސަބްމެރީންތަކެއް މަސައްކަތް ކުރަމުން ދާ ކަމެވެ.

މީގެ ކުރިން ޗައިނާއިން ކުރިއަށް ގެންގޮސްފައިވާ ތަމްރީނުތަކާ ޚިލާފަށް، ޕެލޯސީގެ ދަތުރާ ދިމާކޮށް ޗައިނާއިން ކުރިއަށް ގެންދިޔަ ތަމްރީނުތަކަކީ، އެ ގައުމުގެ އަސްކަރިއްޔާގެ ޚިދުމަތަށް ނުކުންނަ ހުރިހާ ގޮތްޕެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ތަމްރީނު ކަން ފާހަގަ ކުރުން މުހިންމެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގެންފައި ވަނީ އެކަން އެހެން ނުކުރުމަށް ޗައިނާއިން ވަރުގަދަ އިންޒާރުތަކެއް ދެމުން ދަނިކޮށެވެ. އަދި ޓައިވާންގެ މިލްކުވެރިކަން ކަށަވަރު ކުރުމަށް، އަސްކަރީ ބޭނުން ނުކުރާނެ ކަމަކަށްވެސް ޗައިނާއިން ބުނެފައި ނުވާ އިރު، ޓައިވާންގެ ދިފާއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ލާޒިމު ކުރުމަށް އެމެރިކާގައި ގާނޫނީ ހައިސިއްޔަތުވެސް އޮވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!
18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
13 ޑިސެމްބަރު 2017

ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!

13 ޑިސެމްބަރު 2017
ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!
08 ޑިސެމްބަރު 2017

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟
14 އޮކްޓޯބަރު 2017

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން
01 އޮކްޓޯބަރު 2017

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

01 އޮކްޓޯބަރު 2017
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު،  ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!
18 ސެޕްޓެމްބަރު 2017

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް
12 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް