Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަމަނުޖެހުން

ޝެއިހް ނިޝާން ބަންދުން ދޫކޮށްލައިފި

ޝެއިހް ނިޝާން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއި އެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2022 | އާދީއްތަ 10:57
ޝެއިހް އާދަމް ނިޝާން

ޝެއިހް އާދަމް ނިޝާން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުގައެވެ. ޝެއިހް ނިޝާންގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން އެދުނީ އިތުރު 15 ދުވަހަށް އޭނާ ބަންދުކޮށް ދިނުމަށެވެ. ނަމަވެސް ގާޒީ ވަނީ ޝަރުތުތަކަކާއެކު ޝެއިހް ނިޝާން ބަންދުން ދޫކޮށްލަން އަމުރު ކޮށްފައެވެ.

Advertisement - newsAdvertisement

އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުއެވެ. އޭގެފަހުން ބަންދުގެ މުއްދަތު އެކި ފަހަރުމަތިން ވަނީ އިތުރުކޮށްފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ބައިވެރިވި މީހުންނަށް ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި ޙަރަކާތުގެ ތެރެއިން ހަމަނުޖެހުން އުފެއްދި ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މީހުން ހައްޔަރުކުރަނީ ޔޯގާއާއި ގުޅިގެން ޚިޔާލުފާޅުކުރާތީ ކަމަށް ބުނެ ޚަބަރު ފަތުރަމުންދާކަމަށާއި، ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މީހުން ހައްޔަރުކުރަނީ ޔޯގާ ހަރަކާތް ކުރިއަށްދިޔައިރު ދައުލަތުން ހިމާޔަތްދޭންޖެހޭ ބަޔަކު ތިބި ތަނަކަށްވަދެ ހަމަނުޖެހުން ހިންގައި ބިރުދެއްކުމާއި އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައިކަމަށެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމަށް، އެކަމުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކުން ބާރުއަޅާފައިވާ ކަމަށާއި، ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އޭގެތެރޭގައި ހިމެނޭކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ 2022މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު