Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯގެ ފްލެޓުތައް ހަވާލުކުރުން

ހަގީގީ ގެދޮރުވެރިކަމަކީ އެމްޑީޕީގެ ސިޔާސަތެއް: ސައީދު

6 އޯގަސްޓު 2022 | ހޮނިހިރު 13:50

ސައީދު ވަނީ ކުރީގެ ރައީސް ނަޝީދާއި ރައީސް ސާލިހު އަށް ތައުރީފުކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޯގަސްޓު 2022 | ހޮނިހިރު 13:50
ފެނަކައިގެ އެމްޑީ ސައީދު ޖަލްސާއެއްގައި ވާހަކަަދައްކަވަނީ

ފެނަކައިގެ އެމްޑީ ސައީދު ޖަލްސާއެއްގައި ވާހަކަަދައްކަވަނީ

ހަގީގީ ބޯހިޔާވަހިޔާވަހިކަމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ސިޔާސަތެއް ކަަމަށް ފެނަކަ ކޯޕަރޭޝަން ޕްރައިވެޓްލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ހިޔާފްލެޓުގެ ދަށުން ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ ތެރެއިން ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސައީދު ވަނީ އެމްޑީޕީ އަކީ ބޯހިޔާވަހިކަމަށް ވަކާލާތުކުރާ ޕާޓީ އެއްކަމަށް ވިދާޅުވެފައެވެ. އެ ސިޔާސަތު ޤާއިމް ކުރުމަށް އެމްޑީޕީ އިން ކުރަމުންދާ މަސައްކަތަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޔާފްލެޓްގެ ދަށުން ކުންފުނިތަކުން ޤާއިމްކުރާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފްލެޓްގެ މަސައްކަތް ނިންމާ، ފެލްޓެތްތައް ހަވާލު ކުރި ކުންފުންޏަކަށް ސްޓެލްކޯވުމުން އެކަމަށްޓަކާ އޭނާ ވަނީ ސްޓެލްކޯ އަށް މަރުޚަބާ ވިދާޅުވެފައެވެ. އެކަން ހާސިލް ކުރުމަށް ފެނަކައިގެ ކުރީގެ އެމްޑީއިންނާއި މިހާރުގެ އެމްޑީ އަހުމަދު ޝަރީފު ކުރެއްވި މަސައްކަތަށް އޭނާ ވަނީ ތައުރީފުވެސް ކުރައްވާފައެވެ.

ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަނީ 18 އަހަރަށް ބަހާލައިގެންކަމަށް ވާއިރު އޭގެ ކުރިން ދައްކަން ޖެހޭ ޑައުންޕޭމަންޓް މިހާރު ދަނީ ދައްކަމުންނެވެ. މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިންވަނީ 2 ޓަވަރު ތަރައްޤީކޮށްފައެވެ. މިދެޓަވަރުގައި ޖުމުލަ 360 ކޮޓަރި ހިމެނޭ އިރު ހަދާފައިވަނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. 1 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި 5622 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ ފްލެޓްތަކަށް ދައްކަންޖެހޭ މިންވަރު އުޅެނީ 10،356 ރުފިޔާއާއި 10،652 ރުފިޔާއާއި ދެމެދުގައެވެ. މީގެ އިތުރުން ފްލެޓްތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަން ޖެހެއެވެ.

މިހާތަނަށް ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރީ 306 މީހުންނެވެ. އަދި އެ އެއްބަސްވުމުގައި ސޮއިނުކުރާ 52 މީހުންނާއި އެކު އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ސޮއިކުރާނެއެވެ. ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 4 ކުންފުންޏަކުން އަންނަނީ ޓަވަރުތައް ތަރައްޤީކުރަމުންނެވެ.

ސްޓެލްކޯފެނަކަ ކޯޕަރޭޝަންފްލެޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް